Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ އަންހެން ޗެމްޕިއަންސް ލީގު

ސަޕޯޓަރުންގެ ސަޕޯޓާއެކު ބާސެލޯނާ އަށް ތަށި ހޯދޭނެ: ގިރާލްޑޭޒް

3 ޖޫން 2023 | ހޮނިހިރު 05:34

މިދިޔަ ސީޒަނުގެ ފައިނަލްގައި ބާސެލޯނާ ވަނީ ލިއޯން އަތުން ބަލިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2023 | ހޮނިހިރު 05:34
ބާސެލޯނާގެ ކުޅުންތެރިން ފަރިތަކުރުމުގައި

ބާސެލޯނާގެ ކުޅުންތެރިން ފަރިތަކުރުމުގައި

ކުލަބުގެ ސަޕޯޓަރުންގެ ސަޕޯޓާއެކު ބާސެލޯނާ އަށް ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޖޮނަތަން ގިރާލްޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ވުލްވްސްބާގާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންްސްގަ އެވެ. އޭނާ ބުނީ ނެދަލެންޑްސްގެ ފިލިޕްސް ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗު ބެލުމަށް ބާސެލޯނާގެ ސަޕޯޓަރުން އައި ރޫހު ފެނިފައި ވެސް ޓީމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ. އޭނާ ބުނީ ކާމިޔާބު ސީޒަނެއް ނިންމާލުމަށް ސަޕޯޓަރުންގެ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ބާސެލޯނާ އިން ބޭނުންވަނީ ފައިނަލް މެޗުން މޮޅުވެ ތަށި އުފުލާލަންކަން ފާހަގަކޮށް ގިރާލްޑޭޒް ބުނީ، ބޭނުންވަނީ މިއީ ސަޕޯޓަރުންނަށް ރަނގަޅު ހަދިޔާއެއް ދެވޭނެ ފުރުސަތަކަށް ވެސް ހަދަން ކަމަށެވެ. އިތުރަށް ގިރާލްޑޭޒް ބުނީ ފައިނަލްގައި ކުޅެން ޖެހޭނީ ހަމައެކަނި ދަނޑު މަތީގައި ތިބޭ 11 ކުޅުންތެރިންގެ ރޫހުގައި ނޫން ކަމަށާއި، އެކަމުގައި ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދައުރު ވެސް ބޮޑުވާނެ ކަމަށެވެ.

ގިރާލްޑޭޒްގެ އިތުރުން އެ ޕްރެސްގައި ވާހަކަ ދައްކަމުން ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަލެކްސިއާ ޕުޓޭޔާސް ބުނީ ޓިއުރިންގައި ކުޅުނު ފައިނަލް މެޗުން މޮޅުވާން ކުޅުންތެރިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފައިނަލުން ނާކާމިޔާބު ވުމަކީ ޓީމަށް ލިބުނު ހިތާމައެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު އެއީ މިހާރު ލިބިފައި އޮތް ފުރުސަތުގައި މުބާރާތް ކާމިޔާބުކޮށް، ތަށި އުފުލާލަން ބޭނުންވާ އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ. މިދިޔަ ސީޒަނުގެ ފައިނަލްގައި ބާސެލޯނާ ވަނީ ލިއޯން އަތުން ބަލިވެފަ އެވެ. އިތުރަށް ވާހަކަ ދައްކަމުން ޕުޓޭޔާސް ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ކޮންމެ ކުޅުންތެރިޔެއްގެ ވެސް ޒިންމާ އަކީ އަމިއްލަ އަތް މަތިން ކަންކަން ދޫވިޔަ ނުދިނުން ކަމަށެވެ. އަނިޔާގައި ހުރުމަށް ފަހު އެނބުރި އައިސް ފައިނަލުން ފެންނާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ އެއީ ކޯޗުގެ ނިންމުމެއް ކަމަށެވެ. އެގޮތުން މެޗުގައި ކުޅުންތެރިޔަކު ކުޅޭނެ ވަގުތު ވެސް ކަނޑައަޅާނީ ކޯޗު ކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާ އާއި ވުލްވްސްބާގް ބައްދަލު ކުރާ ފައިނަލް މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 19:00ގައެވެ.

ޔުއެފާ އަންހެނުންގެ ޗެމްޕިއަންސް ލީގުބާސެލޯނާޖޮނަތަން ގިރާލްޑޭޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް