Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕު

ކުރިން ބަލިކުރި ޓިމަށްވުރެ މިހާރުގެ ޔުނައިޓެޑް މާ މޮޅު: ގާޑިއޯލާ

ސިޓީ ވަނީ އޮކްޓޯބަރު މަހު 6-3 ން ޔުނައިޓެޑު ކައިރިން މޮޅުވެފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 05:17
ގާޑިއޯލާ އަދި ޓެން ހާގް

ގާޑިއޯލާ އަދި ޓެން ހާގް

މި ސީޒަނުގެ ކުރީކޮޅު މެންޗެސްޓާ ސިޓީއިން ބަލިކުރި ޔުނައިޓެޑުގެ ޓީމަށްވުރެ މިހާރުގެ ޔުނައިޓެޑް މާ މޮޅުކަމަށް ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެފްއޭ ކަޕު ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ އޮކްޓޯބަރު މަހު 6-3 ން ޔުނައިޓެޑު ކައިރިން މޮޅުވެވުނު ނަމަވެސް، މިހާރު އެއީ ތަފާތު ޓީމެއް ކަމަށެވެ. ގާޑިއޯލާގެ ސިޓީ އިން ޓެން ހާގްގެ ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗަކީ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްއޭ ކަޕު ފައިނަލުގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާ ފަހަރެވެ.

ގާޑިއޯލާ ބުނީ ފާއިތުވި ހަ މަސް ދުވަސްތެރޭގައި ޔުނައިޓެޑުގެ ޓީމު ވަރަށް ބޮޑަށް ރަނގަޅުކުރިކަމަށެވެ. މިއާއެކު ގާޑިއޯލާ ވަނީ ޓެން ހާގްއަށް ތައުރީފުކޮށްފައެވެ. އޭނާ އިތުރަށް ބުނީ ޓީމު އޮތީ ފިޓުކޮށްކަމަށާ، ޑިބްރައިނާ އާއި ގްރީލިޝްވެސް ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިވިކަމަށެވެ. އަދި ގޯލްކީޕަރެއްގެ ގޮތުގައި ފެންނާނީ އެފްއޭ ކަޕު މެޗުތަކުން ފެނުނު ސްޓެފަން އޮރްޓެގާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ހޮނިހިތު ދުވަހު ސިޓީއިން ނިކުންނާނީ ހަތް ވަނަ އެފްއޭ ކަޕު ކާމިޔާބުކޮށް، "ޓްރެބަލް" ނެގުމާ ފިޔަވަޅަކަށް ގާތަށް ޖެހިލުމަށެވެ. އަދި ޔުނައިޓެޑު ނިކުންނާނީ 13 ވަނަ އެފްއޭ ކަޕު ނަގާ، ތާރީހުގައި "ޓްރެބަލް" ނެގި ހަމައެކަނި ޓީމުގެ ގޮތުގައި ދެމިއޮތުމަށެވެ.

އިނގިރޭސި އެފްއޭ ކަޕްމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު