Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޯސޭ މޮރީނިއޯ

އަންނަ ސީޒަނުގައި ޕީއެސްޖީގެ ކޯޗަކަށްވާނީ މޮރީނިއޯތަ؟

އޭނާގެ އެޖެންޓާއި ޕީއެސްޖީ އާއި އޮތީ ވަރަށް ގާތް ގުޅުމެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 04:37
ކޯޗު ހޯސޭ މޮރީނިއޯ: ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އޭނާގެ ހުވަފެނެއް

ކޯޗު ހޯސޭ މޮރީނިއޯ: ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އޭނާގެ ހުވަފެނެއް

ހޯސޭ މޮރީނިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ކޯޗެވެ. ހުސްވި އަހަރުން ފެށިގެން އޭނާ ކޯޗުކޮށްދެމުން އަންނަނީ އިޓަލީގެ ރޯމާ އަށެވެ. އެކުލަބަށް 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ގޮސް ތައްޓެއް ހޯދައިދިނެވެ. އެއީ އަލަށް ފެށި ޔޫއޭފާ ކޮންފަރެންސް ލީގެވެ. މިއާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ކުލަބު ލެވެލްގެ ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކޯޗަށެވެ. ޗެމްޕިއަންސް ލީގު ހޯދީ ޕޯޓޯ އާއި އިންޓަމިލާނުގަ އެވެ. ޔޫރޮޕާ ލީގު ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑްގަ އެވެ.

މޮރީނިއޯ އަކީ ޗެލްސީގެ ތާރީހުގައި އެޓީމުގެ އެންމެ ކާމިޔާބު ކޯޗެވެ. ސްޕޭނުގެ ރެއާލް މެޑްރިޑުގައި ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މިހެންވެ ރޯމާ ކަހަލަ ކުޑަ ކުލަބެއްގައި އޭނާ ހުރުން އެހާ ހިތްގައިމުކަމަށް ދުރުތިބީންނާއި މޮރީނިއޯ ވެސް ނުދެކެއެވެ.

ޑިފެންސިވް ޓެކްޓިކްސްގެ ސަބަބުން އިނގިރޭސި އަދި ސްޕޭނުގެ ކުލަބުތަކުން މޮރީނިއޯއާ މެދު އެހާބޮޑު ޝައުގެއްނެތެވެ. ނަމަވެސް އިޓަލީގެ ޓީމުތަކުން އޭނާ އަށް އޮތް ޑިމާންޑް ބޮޑެވެ. މިވަގުތު އޭނާގެ އެހީތެރިކަމަށް އެންމެ ބޮޑަށް އެދެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީ އިންނެވެ.

މޮރީނިއޯ އާއި ރޯމާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2024 އަށެވެ. މި ކޮންޓްރެކްޓް އާކުރާނެ ކަމަށް މިހާރު އެއްވެސް ފުރުސަތެއްނެތެވެ. ފުރަތަމަ ސަބަބަކީ މޮރީނިއޯގެ ހިޔާލާއި ވިސްނުމާ އެއްވަރަށް ރޯމާ ކުރިއަށްނުދާތީ އެވެ. ކުލަބުގެ މާލީ ހާލަތު އެހާ ފުދުންތެރިއެއްނޫނެވެ. ރަނގަޅު ކުޅުންތެރިންތަކެއް ބެންޗުގައި ތިބިނަމަ ރޭ ނިމުނު ޔޫރޮޕާ ލީގު އޭނާ އަށް ކާމިޔާނު ކުރެވޭނެ ކަމަށް މޮރީނިއޯ ގަބޫލުކުރެ އެވެ.

ދެވަނަ ސަބަބަކީ ޓީމުގެ ޒުވާން ކުޅުންތެރިންގެ ކުރިއެރުން ލަސްވުމެވެ. އަދި ބޮޑު ހުށަހަޅުމެއް އަތުވެއްޖެނަމަ މޮރީނިއޯ ދެ އަހަރުން ބިނާކުރި ޓީމުގެ މައިބަދަތައް ޓީމު ދޫކޮށް ދިއުމުގެ ބިރު އޮތުމެވެ. މީގެ ތެރޭގައި ޕައުލޯ ދީބާލާ އާއި ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ތިން ވަނަ ސަބަބަކީ ރޯމާގައި އޭނާ އެކަނިވުމެވެ. ކުޅުންތެރިންނާ މެދު ބޭއިންސާފުން ނިންމާ ނިންމުންތަކަށް އެކަނިމާއެކު މަސައްކަތް ކުރަންޖެހޭތީވެ މޮރީނިއޯ ބުނީ "އަހަރެން އެކަނިމާއެކަނި އެމީހުންނަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން،" ކަމަށެވެ. އަދި "ގިނަ ފަހަރު އެކަނި ކުރެވެނީ ބޭކާރު ކަމެއްހެންހީވާ،" ކަމަށެވެ.

އެންމެ ފަހު ސަބަބަކީ އޭނާއަށް ބޮޑެތި ކުލަބުތަކުން ލިބެމުން އަންނަ އޮފާތަކެވެ. ޕީއެސްޖީ އާއި ރެއާލް މެޑްރިޑުން އޭނާ އަށް ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް ފެތުރެމުންދާ އަޑުތަކަށް ބާރު ލިބެނީ މޮރީނިއޯ ހުސްވި ހަފުތާގައި ރޯމާގެ ވެރިންނާއި އޭނާގެ އެޖެންޓާ ވަކިވަކިން ބައްދަލުކުރުމުންނެވެ. ނަމަވެސް ޕީއެސްޖީގެ އޮފާއާމެދު ނޫސްވެރިން ސުވާލުކުރުމުން މޮރީނިއޯ ބުނީ "އެމީހުން އަހަރެން ހޯދަން ގުޅިޔަސް އަހަރެން ނުފެންނާނެ،" ކަމަށާއި ވިސްނުންނީ ހުރީ ރޯމާ އަށް އެކަނި ކަމަށެވެ. ފަހަރުގައި މިއީ ސީޒަން ނުނިމޭތީ އާއި ހާއްސަކޮށް ޔޫރޮޕާ ލީގުގެ ތަށި ލިބޭ ފަށުގައި ޓީމު އޮތުމުން އޭނާ ދެއްކި ވާހަކައަކަށް ވެދާނެ އެވެ.

މޮރީނިއޯ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ކާމިޔާބު ހޯދުމަށް ބޭނުންވާ، އެފަދަ ތާރީހެއް އޮތް ކޯޗެވެ. އޭނާގެ އުމުރުން މިހާރު 60 އަހަރުވެފައިވުމާ ވެސް އެކު ގައުމީ ޓީމަކަށް އެނބުރިގަތުމުގެ ކުރިން އޭނާ އަށް ބޮޑު ކުލަބެއްގައި ތަށިތަކެއް ހޯދަން ދެން މާގިނަ ދުވަހެއްނެތް ކަމަށް ބެލެވެ އެވެ.

ފްރާންސަކީ މޮރީނިއޯ ކޯޗުކޮށްނުދޭ ގައުމެކެވެ. އެކަމަކު ޕީއެސްޖީގައި ތަށިތަކެއް ހޯދަން އޭނާ ބޭނުންވާ ފަދަ ވަރުގަދަ ސްކޮޑެއް އެބައޮތެވެ. ކުލަބުގައި އޭނާ ބޭނުންގޮތަކަށް ހޭދަކުރާނެ ފައިސާ އެބަހުއްޓެވެ. ޕީއެސްޖީ ބޭނުންވާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އޭނާގެ ކިބާގައި ތަޖުރިބާ އާއި ހިޔާލު އެބަހުއްޓެވެ. މިއީ ޕީއެސްޖީ އަށް ބަދަކުވުން ގާތް ސަބަބުތަކެވެ.

އެންމެ ފަހު އަދި އެންމެ ޝައުގުވެރިކުރުވަނިވި ސަބަބަކީ އޭނާގެ އެޖެންޓާ ޕީއެސްޖީއާ އޮތް ގުޅުމެވެ. މޮރީނިއޯގެ އެޖެންޓަކީ މަޝްހޫރު ޖޯޖް މެންޑޭޒް އެވެ. ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޑީލްތައް ނިންމަމުންދާ މަޝްހޫރު އެތައް ކުޅުންތެރިންނެއްގެ ސުޕަ އެޖެންޓެވެ. އޭނާގެ އެންމެ ގާތް އެއް ރަހުމަތްތެރިއަކީ ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކަމްޕޯސް އެވެ. ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ހަލީފާގެ ސިނކުޑިއަށް މޮރީނިއޯގެ ނަން ވައްދައިދޭ އެންމެ އިސް މީހަކީ ވެސް ކަމްޕޯސް އެވެ. އަންނަ ސީޒަނުގައި ޕީއެސްޖީގެ ކޯޗަކަށް ކަމްޕޯސްގެ އެއްވަނަ ހޮވުމަކީ ވެސް މޮރީނިއޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

11 އޮކްޓޯބަރު 2018
ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

11 ސެޕްޓެމްބަރު 2018
ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

06 ޖޫން 2018
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

19 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު