Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށް ލޯނު ލިބޭނެ: ރައީސް ސާލިހު

31 މެއި 2023 | ބުދަ 16:17

ފޯރުންތެރިކަން ނެތިގެން މަތީ ތައުލީމު ހާސިލުނުކުރެވިފައި މިހާރު ތިބޭކަށް ނުޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2023 | ބުދަ 16:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށް ލޯނު ދޭން ނިންމާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކުފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފޯރުންތެރިކަން ނެތިގެން ނުވަތަ އާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ މަތީ ތައުލީމު ހާސިލުނުކުރެވިފައި މިހާރު ތިބެންނުޖެހޭނެ ކަމަށާއި، ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ހާސިލުކުރަން ބޭނުންވާ ކުދިންނަށް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް މިއަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން ނިންމާފައިވާކަމަށާއި، މިއަހަރު މި ދޭ 1225 ލޯނާއެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211އަށް އަރާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދަރިވަރުންގެ ސާނަވީ މަރުހަލާގެ އެންމެ މުހިންމު ދުވަސްތައް ހޭދަކުރީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެ ބަނަކޮށްފައި އޮތް ދުވަސްވަރުކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެ ދުވަސްތަކުގެ ކިޔެވުން ފުރިހަމަކުރީ ބައެއް ދުވަސްވަރު ސްކޫލަށް ހާޒިރުވެ، ގައިދުރުކޮށް ތިބެ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އަދި ބައެއް ދުވަސްވަރު ގޭގައި ތިބެ އޮންލައިންކޮށް ކަމަށާއި، އެއީ ކުދިންނަށާއި ބެލެނިވެރިންނަށާއި ޓީޗަރުންނަށްވެސް ފަސޭހަ ދުވަސްތަކެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ދަތި އުނދަގޫތަކާ ކުރިމަތިލައި، ކެރުމާއި ހިތްވަރާއި ސާބިތުކަން ދައްކައިދީފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހި ދައުލަތް އޮތީ ކުދިންނާއެކު ކަމަށާއި، ސަރުކާރު އޮތީ، ކުދިން ތައުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމަށެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ ރަށެއް މިހާރަކު ނޯންނާނެ ކަމަށާއި، ސާނަވީ ނިންމުމަށްފަހު، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަނަވަސްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ ކުދިންނަށް ކިޔަވައިދީ، ސާނަވީ މަރުހަލާތައް ފުރިހަމަކޮށް މަތީ ތައުލީމާ ހަމައަށް ކުދިންގެ އަތުގައި ހިފައިގެން ގެނެސްދިނީތީ، ލޮބުވެތި ބެލެނިވެރިންނަށާއި ޓީޗަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
02 އެޕްރީލު 2017

ގެޓްސެޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

02 އެޕްރީލު 2017
ގެޓްސެޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް