Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމް

ޕައިލެޓުކަން ކިޔަވަން ސަރުކާރަކުން ދެން ލޯނު ނުދޭނެ ކަމަށް އަމީން ވިދާޅުވި ވާހަކަ އަށް ހައިދަރުގެ ޖަވާބެއް ނެތް

23 ޖޫން 2025 | ހޯމަ 05:56

މިނިސްޓަރ ހައިދަރު ވަނީ މައުޟޫއާއި ނުގުޅޭ ސުވާލެއް ކަމަށް ފާހަގަކުރައްވާ އެކަމަށް ޖަވާބެއް ދެއްވުމަށް އިންކާރުކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖޫން 2025 | ހޯމަ 05:56
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ހައިދަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ހައިދަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އަމީން

މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫ ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން، މަޖިލީހުގައި ސުވާލުކުރުމުން މައުޟޫޢު އާއި ގުޅޭ ވާހަކަ އެއް ނޫން ކަމަށް ފާހަގަކުރައްވާ ޖަވާބު ދެއްވުމަށް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ދެކޮޅުހައްދަވައިފިއެވެ.

ދާދި ފަހުން މިނިސްޓަރ އަމީން ވިދާޅުވީ އަލަށް ޕައިލެޓުކަން ކިޔަވައިގެން އަންނަ މީހުން ނުވަތަ ކެޑޭޓު ޕައިލެޓުން ރާއްޖެއަށް ދެން ބޭނުން ނުވާ ކަމަށެވެ. އެފަދައިން އަމީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަމީން ވިދާޅުވެފައި ވަނީ ވަޒީފާ އުފެދޭ މިންވަރަށްވުރެ އެތައް ގުނައެއް ގިނައިން ޕައިލެޓުކަން ކިޔަވަމުންދާ މީހުން އެބަތިބި ކަަމަށެވެ. އަދި މިއީ ރާއްޖެ ފިޔަވާ އެހެން ޤައުމުތަކަށް ވެސް ދިމާވެފައިވާ ކަމަށް އަމީން ވިދާޅުވިއވެެ.

މި ސަރުކާރުގައި ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް ފުރުސަތު، މިވަގުތަކަށް ހުޅުވާލެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.

އަމީން އެފަދައިން ވިދާޅުވެފައިވާތީ ހޯމަ ދުވަހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވަނީ އެއީ މިނިސްޓަރ އަމީން މިނިސްޓަރ ހައިދަރުގެ މެންޑޭޓަށް އަރައިގަތުން ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި އެކަމާއި މެދު މައުލޫމާތު އޮޅހޯދުމަށް ސުވާލު ކުރައްވާފައިވެއެވެ.

ނަމަވެސް މިނިސްޓަރ ހައިދަރު ވަނީ މައުޟޫއާއި ނުގުޅޭ ސުވާލެއް ކަމަށް ފާހަގަކުރައްވާ އެކަމަށް ޖަވާބެއް ދެއްވުމަށް އިންކާރުކުރައްވާފައެވެ. މިނިސްޓަރ ހައިދަރު މަޖިލީހަށް ހޯމަ ދުވަހު ހާޒިރުކޮށްފައި ވަނީ މިނިމަމް ވޭޖާއި ގުޅުން ހުރި ބައެއް ސުވާލުތައް ކުރުމަށްޓަކައެވެ.

އަމީން ދެން މި ސަރުކާރުން ޕައިލެޓްކަން ކިޔަވަން ލޯނު ނުދޭނެ ކަމަށް ވިދާޅުވެފައިވާ އިރު އެކަމާއި މެދު ސަރުކާރުން މަޝްވަރާކުރުކަން ނުވަތަ އެފަދަ ނިންމުމެއް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފަ އެއް ނެތެވެ. އެހެންނަމަވެސް ލޯނު ދިނުމުގެ ކަންކަމަކީ މިނިސްޓަރ ހައިދަރުގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

މަތީ ތަޢުލީމުގެ ލޯނު އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 އޯގަސްޓު 2017
މަތީ ތަޢުލީމުގެ ލޯނު އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 އޯގަސްޓު 2017

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

21 އޯގަސްޓު 2017
ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި
11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
08 ޖުލައި 2017

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި
06 ޖުލައި 2017

ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

06 ޖުލައި 2017
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު
26 އެޕްރީލު 2017

ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ

26 އެޕްރީލު 2017
ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ
01 އެޕްރީލު 2017

ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ

01 އެޕްރީލު 2017
ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް