Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޫޑެންޓް ލޯނުން ފައިސާ ނުލިބޭ މައްސަލަ

ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި

5 އެޕްރީލު 2025 | ހޮނިހިރު 08:33

ދިވެހި ދަރިވަރުންނަށް ސަރުކާރުން އިސްކަން ދެއްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 އެޕްރީލު 2025 | ހޮނިހިރު 08:33
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ލޯނުގެ އެހީގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

މިޔަގީންކަން ދެއްވީ ރައީސް މުއިއްޒު އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ތައުލީމު ހާސިލު ކުރުމަށް ރާއްޖޭއިން ބޭރުގެ ގައުމުތަކުގައި ތިބޭ ދަރިވަރުންނަށް ދިމާވާ ދަތިތަކުގައި ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި، ދިވެހި ދަރިވަރުންނަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ.

އެހެންވީމަ އަޅުގަނޑު ހަމަ ޔަގީންކަން ދެން އިރާދަކުރެއްވިއްޔާ އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންނަށް ވެސް ސަރުކާރުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ދޭނަން. އެ ޔަގީންކަން ދެން. މިސާލަކަށް ސްކޮލަރޝިޕްގައި އައިސް ތިބި ކުދިިން އަދި ލޯނު ނަގައިގެން އައިސްތިބި ކުދިން އަދި އަމިއްލަ ހަރަދުގައި އައިސްތިބި ކުދިން އެއްވެސް ކަމެއްގެ ތެރެއިން ކަމެއް ކޮށްދިނުމުގައި އެހީތެރިކަމެއް ބޭނުންވަންޏާ އަދި ނުވެ އޮތް ކަމެއް ވިޔަސް އެކަމެއް އަޅުގަނޑު ކޮށްދޭނަން. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ނިޒާމުގެ ތެރެއިން އަވަސް ކޮށްދިނުމާއި ފަހިކޮށްދިނުމުގައި. އެހެންވީމަ އެކަންކަން ވަރަށް ސަމާލުކަން ދީގެން ކުރިއަށް ގެންދާނަން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ލޯނުގެ އެހީގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދިމާވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ޖަވާބު ނުދިނުމާއި އެ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަންކަން މީގެ އަހަރުތަކެއް ކުރިން އެމަނިކުފާނު ތަޖުރިބާ ކުރެއްވި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކަމާބެހޭ އިދާރާތަކަށް ފޮނުވާ އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވުމަކީ އެންމެ ގިނައިން ލިބިފައިވާ ޝަކުވާ ކަމަށާއި، އެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އިނގިރޭސިވިލާތުގެ އިތުރުން ބޭރުގެ ގައުމުތަކުގައި ކިޔަވާ ދިވެހި ހުރިހާ ދަރިވަރުންނަށް ވެސް ސަމާލުކަންދީގެން އެއްހަމައެއްގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޓިއުޝަން ފީ ވިޔަސް ޖަމާކޮށްދިނުމުގައި ވިޔަސް ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ އިންފެޝިއަންސީތައް. އަޅުގަނޑަށް އެންމެ ގިނައިން އައިސްފައި ހުރީ ވަރަށް ޖެނުއިން ކޮންސާން. ސަރުކާރުގެ ކަމާބެހޭ އިދާރާގެ ރެންސްޕޮންސް ދަށްވުމާ މިކަހަލަ ކަންތައްތަކަކީ. އީމެއިލްއަށް ޖަވާބުދިނުން ލަސްވުން ކަހަލަ ކަންތައްތައް. އެކަންކަން ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެޑްރެސްކުރާނަން. ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އިފެޝިއެންޓް ކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބު ދިނުމާ އޮން ޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމާ މިކަންކަން ރަނގަޅު ކޮށްދިނުމުގެ ކަންތައް ކޮށްދިނުމުގެ ކަންކަން ކޮށްދޭނަން. އެއީ އަޅުގަނޑަށް އެނގޭ އޭގެ މުހިންމުކަން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޚު ދައްކަވާފައިވާއިރު، ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވުމާއި، އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލުކުރުމުން ޖަވާބު ނުލިބޭ ކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށްށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް