Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާންއަށް ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުން

ސޫދާންއަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ގޯހުން ގޯހަށް!

ސޫދާންއިން 2.5 މިލިއަނެއްހާ މީހުން ބަނޑަށް ޖެހޭނެ ކަމަށް ޑަބްލިއުއެފްޕީއިން އަންދާޒާ ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 14:32
ސޫދާންއަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ގޯހުން ގޯހަށް

ސޫދާންއަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ގޯހުން ގޯހަށް

ސޫދާންގެ އަސްކަރިއްޔާއާއި އެ ޤައުމުގެ ޕެރަމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)އާ ދެމެދު އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަނގުރާމަގަނޑު ދޮޅުމަހަށް ވުރެ ދިގުލާ ގޮސްފައި ވާ އިރު، ސޫދާންގެ މަސްރަހަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ އަލި މަގެއް އަދި ނުފެނެއެވެ. ސޫދާންގައި ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެކަންވެސް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެއެވެ.

ސޫދާންގައި ހުންނަވާ ވަރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޑައިރެކްޓަރ، އެޑީ ރޯވް ވިދާޅުވި ގޮތުގައި، މީގެ 6 ހަފުތާ ކުރިން، ސޫދާންގައި ހަމަލާ ބަދަލު ކުރުންތައް ފެށިފަހުން، އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ 17000 މެޓްރިކް ޓަނުގެ ކާބޯތަކެތި ވަނީ ލޫޓުވާލާފައެވެ.

ސޫދާންއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އދއާއި އެހީދޭ އެހެނިހެން ޖަމާޢަތްތަކުން ފާހަގަ ކޮށްފައި ވާ ގޮތުގައި، ހަމަލާ ބަދަލު ކުރުންތައް މަޑުޖައްސާލުމުގެ އެއްބަސްވުމެއް އޮތް ކަމުގައި ވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެއެވެ. ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމުގައި ދަތިތައް ކުރިމަތިވާއިރު، ސަލާމަތްތެރި ކަމާއި ރައްކާތެރިކަމާއެކު އެހީގެ ސަޕްލައި ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ ސަލާމަތްތެރިކަންވެސް ކަށަވަރު ކުރެވޭނެ ގޮތް ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޑަބްލިއުއެފްޕީ އިން ވަނީ ސޫދާންގެ އަސްކަރިއްޔާއިން ކޮންޓްރޯލް ކުރަމުން ދާ ސަރަޙައްދުތަކާއި، އާރްއެސްއެފްއިން ކޮންޓްރޯލް ކުރަމުންދާ ސަރަޙައްދުތަކުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް، މިދިޔަ ހޮނިހިރު ދުވަހު ފަށާފައެވެ. 3 ދުވަހުގެ ތެރޭގައި 12000 އަށް ވުރެ ގިނަ މީހުންނަށް އެހީ ދީފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ޑަބްލިއުއެފްޕީގެ އަމާޒަކީ، ހަނގުރާމަ ގަދަވެފައި ވާ ޚާރްތޫމްގެ 5 ލައްކައެއްހާ މީހުންނަށް އެހީ ފޯރުކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި، ސޫދާންއިން 2.5 މިލިއަނެއްހާ މީހުން ބަނޑަށް ޖެހޭނެ ކަމަށް ޑަބްލިއުއެފްޕީއިން އަންދާޒާ ކުރެއެވެ. މިއާއެކު، ސޫދާންގައި ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައިވާ މީހުންގެ ޢަދަދު 19 މިލިއަނަށް އިތުރުވެގެންދާނެއެވެ. އެއީ ސޫދާންގެ ޖުމުލަ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނެވެ.

ޔުނިސެފްގެ ތަރުޖަމާނު، ޖޭމްސް އެލްޑަރ ވިދާޅުވީ، ސޫދާންގައި މިހާރުން މިހާރަށް އެހީ ބޭނުންވެފައި ތިބި ކުޑަ ކުދިންގެ ޢަދަދު 13.6 މިލިއަނަށް އަރާ ކަމަށެވެ. ސޫދާންގެ ހަނގުރާމަގަނޑުގެ ތެރޭގައި އެތައް ސަތޭކަ ކުޑަކުދިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެތައް ހާސް ކުދިންނެއް، ނުކުޅެދޭ ކުދިންނަށް ވެފައި ވާ ކަމަށްވެސް އެލްޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަނުޖެހުންތަކާއި ހަމަލާ ބަދަލު ކުރުންތަކުގެ ދިގު ތާރީޚެއް އޮތް ސޫދާންގައި އެންމެ ފަހުގެ ހަނގުރާމަގަނޑު ފެށިފަހުން އެކަނިވެސް، 1.4 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މެއި 26 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 3 ލައްކައަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

31 ޖުލައި 2020
އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

14 މާރިޗު 2020
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

12 އޮކްޓޯބަރު 2019
ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

01 އެޕްރީލު 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު