Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޯވިޑް-19

އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

ޗައިނާއިން ވަނީ ޑޮކްޓަރުންގެ ޓީމަކާއި 31 ޓަނުގެ މެޑިކަލް ސަޕްލައި ފޮނުވާފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 14 މާރިޗު 2020 | ހޮނިހިރު 05:03
ކޯވިޑް-19 އާ ގުޅިގެން އިޓަލީގެ ބިނާތައް ޑިސްއިންފެކްޓް ކުރަނީ

ކޯވިޑް-19 އާ ގުޅިގެން އިޓަލީގެ ބިނާތައް ޑިސްއިންފެކްޓް ކުރަނީ

އިޓަލީވިލާތަކީ މި ވަގުތު ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ ޤައުމެވެ. އެގޮތުން އެ ޤައުމުގެ އައިސީޔޫގެ އާލާތްތަކާއި އެނދުތައް ފުރުމާއި ގުޅިގެން، އެ ޤައުމުގެ ސަރުކާރުން ވަނީ ފަރުވާ ދީގެން ރަނގަޅުވާނެ ބަޔަކަށް އިސްކަން ދިނުމަށް ޑޮކްޓަރުންނަށް އަންގާފައެވެ.

މި ޙާލަތު ކުރިމަތިވުމާއި ގުޅިގެން އެ ޤައުމުގެ ޞިއްޙީ ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ވުޒާރާތަކާއި ޑޮކްޓަރުން ވަނީ އެހީގެ އަތެއް ދިއްކޮށްލުމަށް އެކުވެރި ޤައުމުތަކަށް ގޮވާލާފައެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ފަރުވާ ދޭން ހޮވުމަކީ، ފަސޭހަ އަދި ކުރަން ބޭނުންވާނެ ކަމަކަށް ވެސް ނުވާތީއެވެ.

މި ދަނޑިވަޅުގައި އެ ޤައުމަށް އެހީގެ އަތެއް ދިއްކޮށްލީ މި ބަލީގެ ނުރައްކަލާ އެންމެ ބޮޑަށް ކުރިމަތިލާ، އެ ބަލި ދިފާޢުކުރުމުގައި ދުނިޔެއަށް މިސާލު ދައްކާފައިވާ ޗައިނާއިންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޗައިނާއިން ވަނީ، ޗައިނާ އީސްޓަރން ފްލައިޓެއްގައި މެޑިކަލް ޓީމަކާއި 31 ޓަނުގެ ޞިއްޙީ އާލާތްތައް ފޮނުވާފައެވެ. އޭގެ ތެރޭގައި އިޓަލީގެ އައިސީޔޫތަކަށް ބޭނުންވާ ވެންޓިލޭޓަރު ފަދަ އާލާތްތައް ވެސް ހިމެނެއެވެ.

ޗައިނާ ސަރުކާރުން މި ފޯރުކޮށްދިން އެހީއާއެކު އިޓަލީ ރައްޔިތުންގެ މެދުގައި ވަނީ ޔޫރަޕުގެ އިއްތިހާދުގެ ބައިވެރިންނާ މެދު ކޮންމެވެސް ވަރެއްގެ ނަފްރަތެއް އުފެދިފައެވެ. އެހީއަށް ބޭނުންވެގެން ސަލާން ޖެހި ވަގުތު އަޅާ ނުލީމައެވެ. އޭގެ ބަދަލުގައި އެ ޤައުމުތަކުން ދިނީ ބީރު ކަންފަތެކެވެ.

މިސާލަކަށް ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ ޖަރުމަންވިލާތާއި ފަރަންސޭސްވިލާތުން ކަންކުރި ގޮތާއި މެދު އިޓަލީ ރައްޔިތުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިޓަލީވިލާތުން އެހީއަކަށް އެދުމުން ޖަރުމަންވިލާތާއި ފަރަންސޭސްވިލާތުން ކަންކުރީ ދިމާ އިދިކޮޅަށެވެ. އެ ދެ ޤައުމުން ނިންމީ ފޭސް މާސްކާއި، ހަޒްމަތް ސޫޓް ފަދަ އާލާތްތައް އެ ޤައުމުން ބޭރުކުރުން މަނާ ކުރުމަށެވެ.

ޖަރުމަނުވިލާތުގެ އެ ނިންމުން މިހާރު މުރާޖަޢާކޮށް އިޓަލީވިލާތަށް މުދާ ބޭރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، ފުރަތަމަ ކަންކުރި ގޮތް އިޓަލީ ރައްޔިތުން ހަނދާނުން ފިލައި ނުދާނެކަން ކަށަވަރެވެ. މިއީ އެ އިއްތިހާދެއްގެ ބައިވެރިއެއްގެ ގޮތުގައި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިވާން ބޮޑެތި އެއްބަސްވުންތަކުގައި ސޮއިކޮށްގެން ތިބި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން އިޓަލީއަށް ދިން ކެއްސެއް ކަމަށް އެ ޤައުމުގެ ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ޖަރުމަނާއި ފަރަންސޭސިވިލާތުން މިހެން ކަންކުރީ، ޔޫރަޕުގެ އެއްވެސް ޤައުމެއް ޙާލުގައި ޖެހޭ ވަގުތު ނުވަތަ ކާރިޘާއެއް ކުރިމަތިވާ ވަގުތު އެހީއަށް އެދެން އޮންނަ ނިޒާމުގެ ތެރެއިން އިޓަލީން އެހީއަށް އެދިފައި ވަނިކޮށެވެ. ހަމަ އަޑުއަހާލާނެ އެއްވެސް ޤައުމެއް ނުވިއެވެ. އޭގެ ބަދަލުގައި އޮސްޓްރިއާ، އަދި ސްލޮވީނިއާ ފަދަ އިއްތިހާދުގެ ބައިވެރިން ނިންމީ އިޓަލީ ރައްޔިތުންނަށް އެތެރެ ވިޔަ ނުދިނުމަށް ބޯޑަރުތައް ބަންދުކުރުމަށެވެ.

އިޓަލީވިލާތުގެ ސަރުކާރުން ވަނީ އެ ޤައުމަށް އެހީ ފޯރުކޮށްދިނުމުގައި އިއްތިހާދުގެ ޤައުމުތަކުން ލަސްކަމަށާއި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުކޮށްފައެވެ. ބްރަސެލްސް ގައި ހުންނަވާ ވާހަކަ ދައްކަވަމުން އިޓަލީވިލާތުން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައުރީޒިއޯ މަސާރީ ވިދާޅުވީ، ވާހަކަތަކާއި މަޝްވަރާތަކުގެ އިތުރަށް ކުއްލި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އަޅާ ފިޔަވަޅުތަކަކީ އަވަސް، ސާބިތު އަދި އޭގެން ފައިދާކުރާނެ ފިޔަވަޅުތަކަކަށް ވުން މުހިންމު ކަމުގައި މަސާރީ ވިދާޅުވިއެވެ. އަދި މިއަދު އިޓަލީއަށް މި ޙާލަތު ދިމާވިޔަސް، މާދަމާ އެހެން ޤައުމަކަށް ހަމަ މި ޙާލަތު ދިމާވެދާނެ ކަން ދަނެގެން ކަންކަން ނިންމުމަށް ގޮވާލެއްވިއެވެ. އޭގެ އިތުރުން ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އެހީއަކަށް ގޮވާލުމުން، އެކަމަށް އިއްތިހާދުގެ ޤައުމަކުން އިޖާބަނުދިންކަމީ ޔޫރަޕުގެ އިއްތިހާދުގެ ބަދަހި ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ޙާލަތާއި ގުޅިގެން ވިލާތުގެ އިއްތިހާދުގެ ތެރޭގައި އޮތް ޚާރިޖީ ގުޅުންތަކަށް ބުރޫއަރާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ. އަދި މިކަމުގައި އިއްތިހާދުގެ ޤައުމުތަކުން ޢަމަލުކުރާ ގޮތަކުން، އިއްތިހާދަށް ލޮޅުންތަކެއް އަރާފާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިއްތިހާދުން އިޖާބަނުދިން ހިނދު، އިޓަލީގެ ޙާލަތަށް އިޖާބަދިން ޗައިނާއަށް ފަށްފަށުން އެ ޤައުމުގެ ރައްޔިތުންގެ ޝުކުރު އަދާކުރަމުން އަންނައިރު، ޗައިނާގެ ޢަމަލު ދުވަހަކުވެސް ހިތަކުން ފޮހެވިގެން ނުދާނެ ކަމަށް އަންނަނީ ބުނަމުންނެވެ. ޗައިނާއިން ވަނީ މިކަމުގައި ވެސް ޤައުމުތަކަށް މިސާލު ދައްކާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު