Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ އަހަރީ ދުވަސް

އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު

އެ ޕާޓީއަށް ވެރިކަމަށް އައުމަށް ހުރަސްތަކެއް އެބަހުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 26 ޖޫން 2018 | އަންގާރަ 12:47
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން:- އެ ޕާޓީން މިއަހަރު ފާހަގަ ކުރަނީ 13 ވަނަ އަހަރީ ދުވަސް

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން:- އެ ޕާޓީން މިއަހަރު ފާހަގަ ކުރަނީ 13 ވަނަ އަހަރީ ދުވަސް

އެތައް ބައެއްގެ ޤުރުބާނީއަށް ފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދަށް މިވީ 13 އަހަރެވެ. އެމްޑީޕީން ދައްކަދިން އެއް ހަގީގަތަކީ އެ ޕާޓީއަކީ ކޮންމެ ކަނޑަކަށް ވެސް ހަމަ ހެޔޮވަރުގެ އޮނޑިއެއް ކަމެވެ. އެމްޑީޕީން ވެރިކަމަށް އައުމަށް ކުރާ އުއްމީދުގައި އެތައް ދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކޮށްފިއެވެ. ވެރިކަންކުރާ ޕާޓީގެ ގޮތުގައި އޮވެ އެ ޕާޓީ "އަމާން އޮމާން ކަނޑުގައި" ދަތުރު ކުރުމަށް ފަހު 2012 އަހަރު ވެރިކަން ވައްޓާލުމުން އަނެއްކާ ވެސް އެމްޑީޕީން ދަތުރުކުރީ ގަދަ ކަނޑުގައެވެ. އެހެން ނަމަވެސް މިއަދު 13 ވަނަ އަހަރީ ދުވަސް އެ ޕާޓީން ފާހަގަ ކުރަނީ، އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ވެރިކަން ކުރާނެ މިއީ އެންމެ ފަހު އަހަރު ކަމަށް ބަލައިގެންނެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ލަނގިރި ޖަހައި، ނަށައި ހަދަން މަގު މައްޗަށް ނިކުމުމެވޭ ވަރަށް ވުރެ އެ ޕާޓީން މިއަދުވެސް އުޅެނީ މާ ބުރަކޮށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީން މަސައްކަތްކުރާ އިރު އެ ޕާޓީއަށް ކޯލިޝަން ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ފިއްތުންތައް އެބަ ހުއްޓެވެ.

ސަރުކާރުން އޮތީ ސިޔާސީ އިދިކޮޅު ހަރަކާތްތަކަށް ފުރުސަތުދޭ ގޮތަކަށް ނޫނެވެ. ވަކިން ހާއްސަކޮން މަޖިލީހުގައި މިވަގުތު ބާރު ހިންގަމުންދާ ސަރުކާރަށް ތާއިދުކުރާ މެމްބަރުން ތިބީ މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް "ވައި ވެސް އެޅުނަ ނުދިނުމަށް" ކުރަން ޖެހޭ ކަމެއް ކުރުމަށެވެ. އެމްޑީޕީގެ އެންމެ އުއްމީދު ބޮޑު ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވިއަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމްގެ ހުރަސް ގިރާ ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

އެމްޑީޕީން ރިޔާސީ ކެމްޕެއިނަށް ހަރުކުރާ ޕޯސްޓަރުތައް ފުލުހުން ނައްޓަނީ:- އެ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގަން ހުރަސްތަކެއް އެބަހުރި

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ ފަސޭހަ އިން އޮތް މަގަކަށް ވާނީ ބޮޑު ކޯލިޝަނުގެ ތެރެއިން ކެންޑިޑޭޓެއް ނެރުމެވެ. މިހާރު އޮތް ސަރުކާރާ އިދިކޮޅު ކޯލިޝަނުން އެއްބަސްވެގެން އެމްޑީޕީގެ ކެނޑިޑޭޓެއް ނެރެފި ނަމަ ރައީސް ޔާމިން "ކިހިލިޖަހާލައިގެން" އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ގިނަ މީހުން އެއްބަސްވެއެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ވެސް ހުރަސްތަކެއް އެބަ ހުއްޓެވެ. އެމްޑީޕީއަކީ ކޯލިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީއަށް ވިއަސް އަދި އެ ޕާޓީއާ އެއްވަރުގެ އެހެން ޕާޓީއެއް ނެތަސް ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ކެނޑިޑޭޓެއް ނެރެން ބޭނުންވެއެވެ. ކޯލިޝަނުގެ ތެރެއިން އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންވާ ވަރަށް ޖުމްހޫރީ ޕާޓީން ވެސް ދެން އޮންނަ ވެރިކަމެއްގެ ބޮޑު ބައެއްގައި ހިއްސާވާން ބޭނުންވެއެވެ. އޭގެ ސަބަބުން އެމްޑީޕީން ހުއްޓުމެއް ނެތި ފާއިތުވި ފަސް އަހަރު ކުރި މަސައްކަތައް ފަހު ވެރިކަމަށް އައުމަށް މި ފަހަރު ވެސް ގާސިމް އިބްރާހިމް ހުރަކަށް ވަނީތޯ ވެސް ސުވާލު އުފެދެއެވެ.

ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

މި ހުރަސްތައް މި ގޮތައް ހުރި ނަމަވެސް އެމްޑީޕީގެ ލީޑަރޝިޕް އޮތީ މި ފަހަރު ދޫދޭ ގޮތަކަށް ނޫނެވެ. އެތެރެއިންނާއި ބޭރުން އަންނަ ހުރިހާ ފިއްތުންތައް ގިރާކޮށް އެ ޕާޓީން އުއްމީދު ކުރަނީ މިއީ އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އަހަރީ ދުވަސް ފާހަގަ ކުރާނެ އެންމެ ފަހު އަހަރު ކަމަށެވެ. ކޯލިޝަނުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުވެ ހިޔާލު ތަފާތުވާކަންކަމުގައި މަޝްވަރަކޮށް ހިޔާލު އެއްގޮތް ކުރެވިދާނެ ކަމަށް އެމްޑީޕީން ދެކެއެވެ. އެމްޑީޕީ ރަސްމީގޮތުން ރާއްޖޭގައި ރަޖިސްޓްރީވުމުގެ ކުރިން ވެސް އެޕާޓީ ވަނީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި، އަވަށްޓެރި ލަންކާ އަދި ރަޙުމަތްތެރި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވެފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ޕާޓީގެ ހައްގުގައި ގުރުބާންވި އެތައް ބަޔަކު ކުރާ އުއްމީދަކީ ވެސް މިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު