Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަނޑުހައި ހޫނުކަން

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

ދުނިޔޭގެ އާބާދީގެ 763 މިލިއަން މީހުން ކޮންމެ އަހަރަކު ހިޖުރަކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 18:28
ކެއުމަށް ތައްޔާރުކޮށްފައިވާ މޭޒުމަތި

ކެއުމަށް ތައްޔާރުކޮށްފައިވާ މޭޒުމަތި

މިއަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ "ޗޭންޖް ދަ ފިއުޗާ އޮފް މައިގްރޭޝަން. އިންވެސްޓް އިން ފުޑް ސެކިއުރިޓީ އެންޑް ރޫރަލް ޑިވެލޮޕްމެންޓް" އެވެ. ދުނިޔޭގައި ދިރިއުޅޭ ކޮންމެ މީހަކީ އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ކަށަވަރު ވެފައިވާ މީހަކަށް ހެދުމަށް ދުނިޔޭގެ ތަފާތު ޖަމިއްޔާތަކުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ދުނިޔޭގައި ބަނޑުހައި ހޫނު ކަމަށާއި ފަގީރުކަން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

ދުނިޔޭގައި އެކި ސަރަހައްދުތަކަށް މީހުން ދަތުރުކުރަމުންދާ އިރު މިއީ ދެވަނަ ބޮޑު ހަނގުރާމަ ދުވަސްވަރަށް ފަހު އެންމެ ގިނަ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުންދާ ދުވަސްވަރެވެ. ދުނިޔޭގެ އާބާދީގެ 763 މިލިއަން މީހުން ހިޖުރަކޮށްފައިވާ އިރު މީގެ ތެރެއިން ބޮޑު އާބާދީއަކީ އަމާން ދިރުއުޅުމެއް ހޯދުމަށާއި ބަނޑުހައި ހޫނުކަމާ ގުޅިގެން ހިޖުރަކޮށްފައިވާ މީހުންނެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، 2016 ވަނަ އަހަރު ގާތްގަނޑަކަށް 815 މިލިއަން މީހުން ދުވަސް ނިންމާލާފައި ވަނީ ބަނޑުހައިހޫންކަންމަތީގައެވެ.

ޒަމާނީ ތަރައްގީ ގާއިމްކުރެވިފައިނުވާ ސަރަހައްދުތަކުން ތަރައްގީ ވެފައިވާ ސަރަހައްދުތަކަށް މީހުން ހިޖުރަކުރުމުގެ ސަބަބުން، ތަކެތި އުފެއްދުމާއި، ދަނޑުވެރިކަން އިތުރު ކުރުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ދަނޑުވެރިކަމާއި އުފައްދާ ތަކެތީގެ މިންވަރު ވަނީ އިންތިހާއަށް މަދުވެފައެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ވަނީ މިިދިޔަ އަހަރުގެ ޖޫން މަހު، ކާބޯތަކެތި ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

އިރާގުގެ ރެފިއުޖީ ކޭމްޕެއްގައި ކާބޯތަކެތި ބަހަނީ

އޭޑީބީ އިން ވަނީ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ހަރަދު ކުރުމަށް ނިންމާފައެވެ.

ކާބޯތަކެތި ހޯދުމުގައި އެއް ދުވަހުން އަނެއް ދުވަހަށް ތަދިތަކާ ކުރިމަތިވާ އިރު ދުނިޔޭގައި ކާބޯތަކެތި އިސްރާފު ކުރާ މިންވަރު ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގައި ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 8.5 މިލިއަން މީހުން އަފްޣާނިސްތާނުގައި ކާބޯތަކެތި އެކަށީގެންވާ މިންވަރަށް ނުލިބޭ އިރު އިތިއޯޕިއާގައި އެކަށީގެންވާ މިންވަރަށް ނުލިބޭ 9.7 މިލިއަން މީހުން ދިރިއުޅެމުންދެއެވެ. މީގެ އިތުރުން ނައިޖީރިއާގައި ބަނޑުހައިހޫނުކަން ފިލުވާލެވޭ މިންވަރަށް ކާބޯތަކެތި ނުލިބޭ އާބާދީ އުޅޭނީ 8.1 މިލިއަންގައެވެ. ސީރިއާގައި ކާބޯތަކެތި ނުލިބޭ ހަތް މިލިއަން މީހުން ދިރިއުޅޭ އިރު ސޫދާނާއި ޒިންބާބްވޭ ފަދަ ގައުމުގައި އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބޭ މީހުންގެ އާބާދީ އުޅެނީ 4 މިލިއަނަށް ވުރެ މަތީގައެވެ.

ދުނިޔޭގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާ އިރު 108 މިލިއަން މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުފުރާނަ މުއްތިކޮށްލާނެ މިންވަރަށް ވެސް ކާބޯތަކެތި ނުލިބި ދިރިއުޅެމުންދެއެވެ.

ކާބޯތަކެތި ލިބުމުގައި އެންމެ ބޮޑަށް ދަތިވާ ނުވަތަ، ފަގީރުންގެ އާބާދީ އިންތިހާއަށް އިތުރުވާ ސަބަބަކީ ކާބޯތަކެތީގެ އަގުތައް ބޮޑުވުމާއި ގުދުރަކީ ކާރިސާތަކުގެ ސަބަބުންނެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި އުފައްދާ ކާބޯތަކެޓީގެ ތިން ބައިކުޅަ އެއްބައި ކޮންމެ އަހަރަކު ވެސް އިސްރާފްވެގެންދެއެވެ.

އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުން ގާތްގަނޑަކަށް 680 ބިލިއަން ޑޮލަރުގެ ކާބޯތަކެތި އިސްރާވެގެންދާ އިރު، ތަރައްގީވަމުން އަންނަ ގައުމުތަކުން ގާތްގަނޑަކަށް 310 ބިލިއަން ޑޮލަރުގެ ކާބޯތަކެތި އިސްރާފުވެގެންދެއެވެ.

އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުންނާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ޖުމްލަ އެއް ބިލިއަން ޓަނުގެ ކާބޯތަކެތި ކޮންމެ އަހަރަކު އުކާލަންޖެހެއެވެ. އެންމެ ގިނަ އިން އިސްރާފުވެގެންދަނީ މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ. އުފައްދާ ކާބޯތަކެތީގެ ތެރެއިން ގޮވާމުގެ ބާވަތްތަކުން 30 ޕަސެންޓް އިސްރާފުވެގެންދާ އިރު ކާޑުގެ ބާވަތްތަކުން ގާތްގަނޑަކަށް 50 ޕަސެންޓް އިސްރާފުވެެގެންދެއެވެ. މީގެ އިތުރުން އެއްގަމުމަހާއި ކިރުގެ ބާވަތްތަކުން ކޮންމެ އަހަރު 35 ޕަސެންޓް އިސްރާފުވެެންދެއެވެ.

ދުނިޔޭގެ އެންމެ މުއްދަނސި ގައުމުތަކުން ގާތްގަނޑަކަށް އަހަރަކު 222 މިލިއަން ޓަނުގެ ކާބޯތަކެތި އުކާލަންޖެހޭ އިރު މިއީ ސަބް ސަހާރަން އެފްރިކާގެ ގައުމުތަކުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް އުފައްދާ ކާނާގެ ބާވަތުގެ މިންވަރެވެ.

ޔޫރަޕްގައި އިސްރާފުކުރާ ކާބޯތަކެތީގެ ހިސާބުތަކަށް ބަލާ އިރު މީހެއްގެ ބޮލަށް ގާތްގަނޑަކަށް އިސްރާފުކުރާ ކާބޯތެކެތިން 95 ކިލޯ އާއި 115 ކިލޯގެ އަދަދަކަށް ޖެހެއެވެ. އޭޝިއާ ސަރަައްދުގައި އިސްރާފުކުރާ ކާބޯތަކެތި މީހެއްގެ ބޮކަލަށް ޖެހޭ މިންވަރު އުޅެނީ 6 ކިލޯ އާއި 11 ކިލޯ ދެމެދުގެ އަދަދެއްގައެވެ.

ދުނިޔޭގައި ކާބޯތަކެތި ހޭދަކުރުމުގައި ރަގަޅު ނިޒާމެއް ބޭނުންވާ އިރު، ގާތްގަނޑަކަށް 21000 މީހުން ބަނޑުހައިހޫނުކަމާއި މަލްނިއުޓްރިޝަންގެ ސަބަބުން ކޮންމެ ދުވަހަކު މަރުވެއެވެ. މިކަމަކީ އަވަސް ހައްލުތަކެއް ހޯދަންޖެހިފައިވާ މައްސަލައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު