Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ޕާކިސްތާން

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

އެސަރަހައްދުގައި ސްޓޭޓް ސަރުކާރަކަށް ލިބިދިން ބާރުތައް އިންޑިއާގެ މައި ސަރުކާރަށް ނެގިތާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށް އެއް އަހަރު ފުރޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 31 ޖުލައި 2020 | ހުކުރު 07:20
އިންޑިއާ- ޕާކިސްތާން

އިންޑިއާ- ޕާކިސްތާން

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި، އޮތް ކަޝްމީރަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް ހަދައި، އެސަރަހައްދުގައި ސްޓޭޓް ސަރުކާރަކަށް ލިބިދިން ބާރުތައް އިންޑިއާގެ މައި ސަރުކާރަށް ނެގިތާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށް އެއް އަހަރު ފުރޭނެއެވެ.

އޭރު ގެނައި ބަދަލުތަކުގެ ތެރޭގައި ޖައްމު ކަޝްމީރުގެ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް އެ ސަރަހައްދުން ބިން ދޫނުކުރަން ނިންމާފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ދާއިމީ ވަޒަނެއް ނެތި ކަޝްމީރުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ މީހުންނަށް ކަޝްމީރުގެ ރަށްވެހިކަން ދިނުން ހިމެނުނެވެ. އިންޑިއާގެ މައި ސަރުކާރުގެ އެ ނިންމުމަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ބީޖޭޕީ ސަރުކާރުގެ ބޭނުމަކީ ކަޝްމީރުގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކޮށް، އެތަނުގައި ތިބި މުސްލިމުންގެ ބާރު ކަނޑުވާލުންކަމަށެވެ.

މައި ސަރުކާރުގެ ނިންމުމަށް އެކި ގޮތްގޮތަށް ވާހަކަ ދެކެވުނުނަމަވެސް، އިންޑިއާ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން، އެއްވެސް ސިޔާސީ ކުލައެއް ނެތި އަދި އެފަދަ ވިސްނުމެއްވެސް ނެތި މޫނުމައްޗަށް ހިނިތުންވުން އައި ބަޔަކު އެބަ ތިއްބެވެ. އެއީ އެތައް ޒަމާންތަކެއް ވަންދެން ޖައްމު ކަޝްމީރުގައި އުޅުނުނަމަވެސް އެސަރަހައްދުގެ ދާއިމީ ރަށްވެހިކަން ނެތުމުގެ ސަބަބުން އެތައް ހައްގަކުން މަހުރޫމުވެފައި ތިބި ކަޝްމީރުގެ ރައްޔިތުންނެވެ. އިންޑިއާ އާއި ޕާކިސްތާން ބައިކޮށްލުމާއެކު ޕާކިސްތާން ދޫކޮށް އިންޑިއާ ފަޅިއަށް ހިޖުރަކޮށް، ކަޝްމީރުގައި ދިރިއުޅެމުންދާ މީހުންނެވެ. އެމީހުންނަށް ކަޝްމީރުގެ ރަށްވެހިކަން ރަސްމީކޮށް ދީފައިނުވާތީ އެތައް ހައްގަކުން އެމީހުން ވަނީ މަހުރޫމު ވެފައެވެ.

1947 ވަނަ އަހަރު ސަރަހައްދީ ރޮނގުގެ އިންޑިއާ ފަޅިއަށް އައިނަމަވެސް، ޖައްމު ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން މިއަދާ ހަމަޔަށް އައި އިރުވެސް ޕާކިސްތާނު ފަޅިން ހިޖުރަކުރި މީހުންނަށް ރަށްވެހިކަން ނުދިނުމަށްޓަކައި އެތައް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އިންޑިއާގެ ރައްޔިތުންނަށް ވީނަމަވެސް، ޖައްމު ކަޝްމީރުގެ ސްޓޭޓް ރަށްވެހިކަން ނެތުމުން އެމީހުންނެކޭ ރެފިއުޖީންނެކޭ ތަފާތެއް ނެތެވެ. ވޯޓުލުމުގެ ހައްގާއި، ސަރުކާރުގެ އެހީއަށް އެދުމާއި، ސްކޮލަރޝިޕްތައް ލިބުމާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކުން ޖާގަ ހޯދުމަކީ އެމީހުންނަށް ލިބިފައި ނެތް ހައްގުތަކެވެ. އޭރު ހިޖުރަކުރި މީހުންގެ އިތުރުން އެމީހުންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްވެސް އޮތީ ހަމަ އެ އުސޫލެވެ.

ސްޓޭޓްތަކުގެ ރަށްވެހިކަން ދިނުން ސްޓޭޓް ސަރުކާރުތަކަށް ދޫކޮށްލި ގޮތަކީވެސް އިންޑިއާގައި އެކަމާ މެދު ބަހުސް ކުރެވޭ ކަމެކެވެ. އިންޑިއާގެ ޤާނޫނުގެ ހަދާމަޖިލީހުގެ ދެ ގެ ކަމަށްވާ ލޮކް ސަބާ އަދި ރާޖަސަބާ އަށްވެސް ނޭނގި، އެ ބާރުތައް ސްޓޭޓްތަކަށް ދިނީ 1954 ވަނަ އަހަރު އިންޑިއާގެ ރައީސްގެ ރިޔާސީ ގަރާރަކުންނެވެ. އަދި އެއިސްލާހު އޮންނަނީވެސް އިންޑިއާގެ ގާނޫނު އަސާސީގެ ޖަދުވަލުތަކުގެ ތެރޭގައެވެ.

މިނިވަންކަން ލިބުމުގެ ކުރިން އެސަރަހައްދުގައި ވެރިކަން ކުރެއްވި މަހާރާޖާ ހަރީ ސިންހް 1927 ވަނަ އަހަރު ފާސްކުރެއްވި ގާނޫނުގެ ދަށުން އެސަރަހައްދުގައި 10 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް ރަށްވެހިކަން ލިބެއެވެ. އެހެންނަމަވެސް އެގާނޫނު ފަހުން 1954 ވަނަ އަހަރު ވަނީ ބަދަލުކޮށްފައެވެ. އޭރު އެގާނޫނުގެ ދަށުން ރަށްވެހިކަން ހޯދުމުގެ އުއްމީދުގައި އެތައް ބަޔަކު ތިއްބެވެ.

1957 ވަނަ އަހަރު ޖައްމު ކަޝްމީރުގެ ސަރުކާރުން ބޭނުންވެގެން ޕާކިސްތާނުގެ ޕަންޖާބުގައި ތިބި ވަލްމީކީ ދަރިކޮޅުގެ 300 އެއްހާ އާއިލާވެސް ޖައްމު ކަޝްމީރަށް ގެނެސް، އެމީހުންނަށްވެސް ރަށްވެހިކަން ނުދީ ގިނަ ހައްގުތަކަކުން މަހުރޫމުކޮށްފައިވެއެވެ. އަދި މަހާރާޖާގެ އަސްކަރިއްޔާ ބާރުގަދަކުރަން ނޭޕާލުން ގެނައި ގުރްކާއިންނަށް ވެސް ރަށްވެހިކަން ނުދީ އެމީހުންގެ އެތައް ހައްގުތަކެއް ވެސް ވަނީ ގެއްލިފައެވެ.

ހައްގުތަކުން ގެއްލި އެތައް ޖީލެއް ދިޔަފަހުން މިހާރު އިންޑިއާ ސަރުކާރުން ގެނައި ބަދަލުތަކާއެކު އެމީހުންގެ ހައްގުތައް ކަށަވަރުކުރެވެން ވަނީ ފަށާފައެވެ. ރަށްވެހިކަމުގެ ލިޔުން ނެތްކަން ފިޔަވައި ކަޝްމީރުގެ އެހެން ރައްޔިތުންނެކޭ ތަފާތެއް ނެތި ކަޝްމީރާ ގުޅިފައިވާ އެތައް ބައެއްގެ އުއްމީދުތައް މިހާރު އެވަނީ އާ ވެފައެވެ. ކަޝްމީރުގެ މައްސަލައިގައި އިންޑިއާ ސަރުކާރުގެ ނިންމި ނިންމުމަށް ބަޔަކު ދެކޮޅު ހެދިނަމަވެސް، މިއަދު ހަމަގައިމުވެސް އެ ނިންމުމުގެ ސަބަބުން ހައްގުތައް ކަށަވަރުވި ބަޔަކުވެސް އެބަތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު