Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިޔަވައިދިނުން

ކިޔަވާދޭއިރު ދަރިވަރުންގެ ޝަޢުޤުވެރިކަން ގެއްލޭ ކަމުގެ އިޙުސާސް ކުރެވޭތަ؟

30 މެއި 2023 | އަންގާރަ 09:54

ޠަލާ ބުނާ ގޮތުގައި މިވަޤުތު އޮތް އިނގިރޭސި މަންހަޖަކީ އަދުގެ ވެއްޓަށް ފުދޭ މަންހަޖެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 މެއި 2023 | އަންގާރަ 09:54
"ހާއި އިންގްލިޝް"ގެ ނަމުގައި، ޚާއްޞަ ކުލާސްތަކެއް ޠަލާ ފެށި މިދިޔަ އަހަރުގެ އޯގަސްޓް މަހު

"ހާއި އިންގްލިޝް"ގެ ނަމުގައި، ޚާއްޞަ ކުލާސްތަކެއް ޠަލާ ފެށި މިދިޔަ އަހަރުގެ އޯގަސްޓް މަހު

ކުލަކުލައިގެ ދަގަތްފާނުތަކާއި، ބޯޅަތަކެވެ. މޭވާ ވަށިގަނޑެކެވެ. އެއީ އިރުމަތީ ޤުދުސްގެ ކުލާހަކުން މީގެ ކުރިން ފެނުނު މަންޒަރުތަކެއް ނޫނެވެ. އެއީ ޠަލާ ޖަމާލް ހިންގާ އިނގިރޭސި ކުލާހުގެ މަންޒަރުތަކެވެ. ޠަލާ އަމާޒު ހިފާފައި ހުރީ، ކިޔަވައިދިނުމުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން ދިޔަ ގޮތްގަނޑު ދޫކޮށް، ވީހާވެސް މަޖާ، ބިނާ ކުރަނިވި މާޙައުލެއްގައި ޢިލްމު އުނގުނެމުގެ ފުރުޞަތު ފަހި ކޮށްދިނުމަށެވެ.

ޢުމުރުން 31 އަހަރުގެ ޒުވާނާ ތަޢުލީމު ހާސިލު ކުރީވެސް އިރުމަތީ ޤުދުސްގެ ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ. ޠަލާ ބުނާ ގޮތުގައި މިވަޤުތު އޮތް އިނގިރޭސި މަންހަޖަކީ އަދުގެ ވެއްޓަށް ފުދޭ މަންހަޖެއް ނޫނެވެ. އަދި އެއީ މަންތިޤީ ވިސްނުންތަކަށް ފުރުޞަތު ދޭ މަންހަޖެއް ނޫން ކަމުން، ކިޔަވާ ދިނުމުގެ އުކުޅުތަކަށް ބަދަލު ގެނައުމުގެ ވަރުގަދަ ޗެލެންޖް ނެގީ ކަމަށް ޠަލާ ބުނެއެވެ.

ޠަލާ ކުރިއަށް ގެންދާ އިނގިރޭސި ކުލާސް ތެރެއަށް ބަލާލުމުން، އޭނާގެ ޗެލެންޖު ކާމިޔާބު ވަމުންދާ މަންޒަރު ފެނެއެވެ. ދަރިވަރުންގެ މޫނުމަތިން ފެނިގެންދަނީ އިންތިހާ ޝަޢުޤުވެރި ކަމެވެ. ޢުމުރުން އެންމެ 6 އަހަރުގެ ދަރިންވަރުން ތިބި ކުލާސް ތެރޭގައި ހިންގާ އެކި ހަރަކާތްތަކުގައި، އެ ކުދިން ބައިވެރިވަނީ އުފަލުންނެވެ. ޝަކުވާއެއް ނެތިއެވެ.

ޠަލާ ބުނާ ގޮތުގައި، ބެލެނިވެރިންގެ ފަރާތުންވެސް އިވެމުންދަނީ އެދެވޭ ބަސްތަކެކެވެ. އޭނާގެ ކުލާހުން ޖާގައެއް ހޯދުމަށް އެދި، ޖަހާފައިވާ ވެއިޓްލިސްޓުވެސް ފިސާރި ދިގެވެ. ބެލެނިވެރިން ބުނި ގޮތުގައި، ޠަލާގެ އިނގިރޭސި ކުލާހަށް ދަރިން ފޮނުވަން ފެށިފަހުން، އެކުދިންގެ ކިބައިން އެދެވޭ ބަދަލުތަކެއް ވަނީ ފެންނަން ފަށާފައެވެ. އިނގިރޭސި ބަހުން ވާހަކަދެއްކުމުގެ ހުނަވެރިކަން އިތުރުވެ، ނަފްސަށް އޮންނަ އިތުބާރު ބޮޑުވި ކަމަށާ، ބައެއް ޠަލާގެ ކުލާސްތަކަކީ ބައެއް ދަރިވަރުން އެންމެ ގަޔާވާ ހަރަކާތަށްވެސް ވެފައި ވާ ކަމަށް ބެލެނިވެރިން ވަނީ ފާހަގަ ކޮށްފައެވެ.

"ހާއި އިންގްލިޝް"ގެ ނަމުގައި، ޚާއްޞަ ކުލާސްތަކެއް ޠަލާ ފެށި މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. މިއަދު އޭނާގެ ދަރިވަރުންގެ ޚާޒިރީގައި 100 އެއްހާ ކުދިން އެބަތިއްބެވެ. ޠަލާގެ އަމާޒަކީ އޭނާގެ ވިޔަފާރި އިތުރަށް ފުޅާކޮށް، 2025 ވަނަ އަހަރު އަންނައިރު، އިނގިރޭސި ބަހަށް ޚާއްޞަކޮށްގެން، އޭނާގެ އަމިއްލަ އެކަޑަމީއެއް ހުޅުވުމެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2018

ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި

04 އޮކްޓޯބަރު 2018
ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި
26 ޖޫން 2018

ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް

26 ޖޫން 2018
ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް
20 ޖޫން 2018

ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!

20 ޖޫން 2018
ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!
03 ޖޫން 2018

ހާވީގެ މައްޗަށް އިތުރު ތިން އަންހެނަކު ޖިންސީ ފުރައްސާރަ ކުރިކަމުގެ ދައުވާ ކޮށްފި

03 ޖޫން 2018
ހާވީގެ މައްޗަށް އިތުރު ތިން އަންހެނަކު ޖިންސީ ފުރައްސާރަ ކުރިކަމުގެ ދައުވާ ކޮށްފި
04 ޑިސެމްބަރު 2017

ކަޕިލް ޝަރުމާގެ ފިލްމް "ފިރަންގީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑު

04 ޑިސެމްބަރު 2017
ކަޕިލް ޝަރުމާގެ ފިލްމް "ފިރަންގީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑު
28 އޮކްޓޯބަރު 2017

އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

28 އޮކްޓޯބަރު 2017
އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި
24 އޮކްޓޯބަރު 2017

"ބިގް ބޮސް" ދޫކޮށްލާނެ ކަމުގެ އިންޒާރު ސަލްމާން ދީފި

24 އޮކްޓޯބަރު 2017
"ބިގް ބޮސް" ދޫކޮށްލާނެ ކަމުގެ އިންޒާރު ސަލްމާން ދީފި
17 އޮކްޓޯބަރު 2017

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!

17 އޮކްޓޯބަރު 2017
ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!
20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް