Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތ.ވޭމަންޑޫގެ ތިން ބުރި އިމާރާތުގެ މަސައްކަތް

ތ.ވޭމަންޑޫ ސްކޫލްގެ ތިން ބުރި އިމާރާތުގެ މަސައްކަތް: އައު ބަދަލުތައް ގެނެސް ޓެންޑަރ ކުރުމަށް ވަނީ ފޮނުވާފައި

އެ އިމާރާތުގެ މަސައްކަތަކީ 18 އޮގަސްޓް 2021 ފުރަތަމަ ހަވާލުކުރި މަސައްކަތެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 މެއި 2023 | އަންގާރަ 04:40
އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ

ތ.ވޭމަންޑޫގެ ތިން ބުރި އިމާރާތުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ މަރުހަލާގައި ކަމަށާއި ސްކޫލް އިމާރާތުގެ މަސައްކަތަށް ބައެއް ބައިތައް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. ރިޔާޒް ކުރެއްވި ސުވާލަކީ ފެބްރުއަރީ މަހު ފޮނުއްވާފައިވާ ސުވާލެކެވެ. ރިޔާޒްގެ ސުވާލުގައި ތ.ވޭމަންޑޫ ސްކޫލުގެ ތިން ބުރި ޢިމާރާތުގެ މަސައްކަތް ހުއްޓިފައިވާ އިރު، އެ މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެކަމުގެ ހަގީގަތަކީ ކޮބާތޯ އާއި އެ މަސައްކަތް އެހެން ފަރާތަކާއި ހަވާލުކޮށްގެން ފަށާނީ ކޮން އިރަކުތޯ އާއި ނިމޭނީ ކޮންއިރަކުތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ތ.ވޭމަންޑުގެ ތިން ބުރި އިމާރާތުގެ މަސައްކަތަކީ 18 އޮގަސްޓް 2021ގައި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަަމަށެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް 8 ސެޕްޓެމްބަރު 2021ގައި ފަށައިގެން ކުރިއަށް ދިޔަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި އޮތީ 3 ސެޕްޓެމްބަރު 2022ގައި ކަމަށް ވީ ނަމަވެސް އެ މަސައްކަތް ނިމިފައި ނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މަސައްކަތް ކުރިއަށް ނުގެންދާތީ އެކަންކަން ރަނގަޅުކޮށް، މަސައްކަތް އަވަސްކުރުމަށް އިރުޝާދު ދެއްވި ނަމަވެސް ކޮންޓްރެކްޓަރ އެގޮތަށް ޢަމަލުކޮށްފައި ނުވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 3 ފަހަރު އެ ކުންފުންޏަށް ނޯޓިސް ދީގެން ވެސް އެކަން ކޮށްފައި ނުވާތީ 17 ޖެނުއަރީ 2023ގައި ތ.ވޭމަންޑޫގެ ސްކޫލްގެ 3 ބުރި އިމާރާތް ކުރުމަށް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ އެއްބަސްވުން އުވާލުމަށް ފަހު 29 ޖެނުއަރީ 2023ގައި މަސައްކަތުގެ ސައިޓަށް މިނިސްޓްރީން ޒިޔާރަތްކުރޮކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ޒިޔާރަތުގައި ސްކޫލަށް އިތުރު ބައެއް ބަދަލުތައް ގެނެސްދިނުމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެގޮތުން ކަނެކްޓިން ބްރިޖަކާއި އިތުރު ޓެރަހެއް އަޅާދިނުމަށް ސްކޫލްގެ ފަރާތުން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބަދަލުގެނައުމަށް ޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފަހު ޓެންޑަރ ބޯޑަށް ފޮނުވާފައިވާ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ. ޓެންޑަރ ބޯޑުގައި މަހެއްހާ ސުވަސް ވާނެ ކަމަށާއި އެ މަސައްކަތް ނިމޭނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ތ.ވޭމަންޑޫގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށް ނުދާތީ އެ މަސައްކަތަށް ޓަކައި ވެފައިވާ އެއްބަސްވުން ވެސް އުވާލުމަށް ފަހު އެ މަޝްރޫޢު އަލުން އިޢުލާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު