Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބ. ކިހާދޫ ޓިވެކް ސެންޓަރ

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

ބ. ކިހާދޫގައި 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ގާއިމުކުރި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު މިހާރު ވީރާނާވާން ފަށައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 އޯގަސްޓު 2025 | ހޯމަ 13:50
ކިހާދޫގައި އިމާރާތް ކޮށްފައިވާ ޓިވެކް ސެންޓަރު ގިނަ ދުވަހު ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ވީރާނާ ވާން ފަށާފަ

ކިހާދޫގައި އިމާރާތް ކޮށްފައިވާ ޓިވެކް ސެންޓަރު ގިނަ ދުވަހު ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ވީރާނާ ވާން ފަށާފަ

މިސަރުކާރުގެ އިހުމާލުން ރާއްޖޭގައި ގާއިމު ކޮށްފައިވާ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރ މިހާރު ވީރާނާ ވާން ފަށައިފި ކަމަށް ބ. ކިހާދޫ ކައުންސިލް ގެ ރައީސް ހުސައިން ޝާފިއު ވިދާޅުވެއްޖެ އެވެ.

ބ. ކިހާދޫގައި (23500) ތޭވީސް ހާސް އަކަފޫޓްއަށްވުރެ ބޮޑު ބިމުގައި ޤާއިމްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އަކީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.

Advertisement - newsAdvertisement

2018 ވަނަ އަހަރު ހުޅުވައިގެން އަމިއްލަ ފަރާތަކުން ހިންގަންފެށި މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގެ ހިންގުން 2024 ވަނަ އަހަރު ވަނީ، އެ ކުންފުންޏަށް ދިމާވި މާލީ ދަތި ތަކަކާއި ހުރެ ހުއްޓާލަފައި ކަމަށް ކައުންސިލްގެ ރައީސް ޝާފިއު ވިދާޅުވެފައި ވެއެވެ. އޭގެ ފަހުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައި ވީނަމަވެސް، އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް ޝާފިއު ފާހަގަ ކުރެއްވި އެވެ.

އިމާރާތުގެ ބޭނުމެއް ނުހިފި ގިނަދުވަސް ވުމުގެ ސަބަބުން މި އަގުބޮޑު އިމާރާތް މިހާރު ވަނީ ވީރާނާ ވާން ފަށާފައެވެ. އެހެން ކަމުން މި ސެންޓަރާ ދޭތެރޭ ގޮތެއް ނިންމުން އަވަސް ކުރުމަށް އަދި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް މުއިއްޒަށް ފެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެެވެ. ނަމަވެސް މިކަމަށް އަދި އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް ޝާފިއު ވިދާޅުވި އެވެ.

ކިހާދޫގައި އިމާރާތް ކޮށްފައިވާ މި ސެންޓަރަކީ ރަށުގެ ތަރައްގީ އާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. މި ސެންޓަރުގައި ވަނީ މީގެ ކުރިން އެކި ކަހަލަ ކޯސްތައް ހިންގާފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުން މިކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށްވެސް ޝާފިއު ފާހަގަ ކުރެއްވި އެވެ.

އަދި މި ސެންޓަރު ހިންގަމުން ދިޔައިރު ރަށުގެ 40 ރައްޔިތަކު އެތަނުގައި ވަޒީފާ އަދާކުރަމުން ދިޔަކަމަށާއި، ތަން ބަންދު ކުރުމުގެ ސަބަބުން މި ހުރިހާ ފަރާތެއްގެ ވަޒީފާ މިހާރު ގެއްލިފައިވާ ކަމުގެ ކަންބޮޑުވުން ޝާފިއު ފާޅުކުރެއްވި އެވެ.

މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަަރަކީ ކިހާދޫގެ އިގްތިސާދީ ކުރިއެރުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތަކަށް ވުމުން، ކިހާދޫ ކައުންސިލާ މި އިމާރާތް ހަވާލު ކުރުމަށް މިހާރު ސަރުކާރުގައި އެދިފައިވާނެ ކަމަށް ކަައުންސިލް ރައީސް ވިދާޅުވި އެވެ. މިހާރުވެސް މިތަން ހިންގަން ބައެއް އަމިއްލަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، ކައުންސިލްގެ ވިސްނުމަކީ ކައުންސިލަށް ވެސް އާމްދަނީ އެއް ލިބޭ ގޮތަށް، އަލުން މި އިމާރާތުގެ ފައިދާ ރަށަށް ލިބިގެންދާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމެވެ.

މި ސެންޓަރަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަމްރީނު ހިލޭ ފޯރުކޮށްދޭ ސެންޓަރެކެވެ. މި ސެންޓަރުން ކޯސްތައް ހިންގަނީ 6 މަސްދުހަށެވެ. މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ ކޯސްފީއާއި ހުރުމާއި ކެއުމަށް އެއްވެސް އެއްޗެއް ދައްކާކަަށްނުޖެހެއެވެ.

ބ. ކިހާދޫހުސެއިން ޝާފިއުވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުއެޑިއުކޭޝަން މިނިސްޓްރީކިހާދޫ ކައުންސިލްޓިވެކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު