Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕޮލިސް

ސަރުކާރު އިމާރާތަކުން ބައެއް ވެއްޓި އާއްމުން ނުރައްކަލަށް! ޒިންމާ ވާނީ ކާކުބާ؟

17 އޯގަސްޓު 2025 | އާދީއްތަ 14:58

މާލޭގައި ހުރި ބާ އިމާރާތުން ބައެއް ވެއްޓި އާންމުންގެ މުދަލަށް ގެއްލުންވި ނަމަވެސް، އެއްވެސް ފަރާތަކުން ޒިންމާ ނަގާތަނެއް ނުފެނެއެވެ. އާއްމުންގެ ކަންބޮޑުވުންތައް އިންތިހާއެވެ.

މާލޭގައި ހުރި ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު އިމާރާތުން ބައެއް ވެއްޓި ދެ ސައިކަލާއި ދެ ކާރަށް ގެއްލުން ވެއްޖެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޯގަސްޓު 2025 | އާދީއްތަ 14:58
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެފައި

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެފައި

މާލޭގައި ހުރި ބާ އިމާރާތަކުން ބައެއް ވެއްޓި އުޅަނދުތަކަށް ގެއްލުންވި ވާހަކަ އަކީ ހޮނިހިރު ދުވަހު ހުރިހާ މީޑިއާ އަކުން ވެސް ފަލަ ސުރުހީ އިން ފެނުނު ވާހަކައެވެ. ހޮނިހިރު ދުވަހު މާލޭގައި ހުރި ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު އިމާރާތުން ބައެއް ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުންވި ވާހަކަ އިވުމުން އެކަމާއި ކަންބޮޑުވުން ފާޅުނުކުރާ އާއްމު މީހަކު މަދެވެ.

މި ހާދިސާގައި އެތަނާ ޖެހިގެން ހުރި އިމާރާތަކަށާއި، ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ގެއްލުން ލިބިފައިވާ އިރު އެންމެން ވެސް ބުނި އެއް ވާހަކަ އެއް އޮތެވެ. އެއީ އާއްމު މީހަކަށް ގެއްލުން ނުވީ ނަސީބަކަށް ނޫންހޭ ބުނި ވާހަކައެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައިވާ އިރު ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތަކުން ބައެއް ވެއްޓުމުން ޒިންމާވާނެ ފަރާތެއް ހިލާ ނުވިއެވެ. އާއްމު މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތްވީ ކިރިޔާއެވެ. އެކަމަކު އެކަން ވެސް ވަރިހަމައެވެ.

މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އާންމުންނަށް ނުރައްކާވާ ގޮތަށް ހުންނަ އިމާރާތަކުން ބައެއް ވެއްޓިއްޖެނަމަ، އެތަނުގެ ރަޖިސްޓްރީ އޮންނަ ފަރާތުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އަދި ބާވެ ހަލާކުވާން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާނުލާ ބެހެއްޓުމަކީ، ޚާއްސަކޮށް މާލެ ފަދަ މީހުން ބޯދާ ސަރަހައްދެއްގައި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ރަޖިސްޓްރީ އޮންނަ ފަރާތަކުން އެ ތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ. ބާ އިމާރާތްތައް ތަޅާލައި، އެކަމުން އުފެދޭ ކުނިވެސް ސާފުކުރަންވާނެ. މިއީ ހަމައެކަނި ސަރުކާރުގެ އިމާރާތްތަކަށް އެކަންޏެއް ނޫން، އާންމު ފަރާތްތަކުގެ އިމާރާތްތަކަށްވެސް ހިނގާނެ ކަމެއް،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

އިމާރާތުން ބައެއް ވެއްޓުނު ތަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ. ކުރީގައި މި އިމާރާތުގައި ގައުމީ ޔުނިވަރސިޓީގެ ކްލާސްތައް ހިންގި ނަމަވެސް، އިމާރާތުގެ ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތައް ހިންގުން ވަނީ ހުއްޓާލާފައެވެ.

މި ހާދިސާއާ ގުޅިގެން އާންމުން ދަނީ ގެއްލުން ލިބުނު އުޅަނދުތަކުގެ ބަދަލު ދޭނީ ކޮން ފަރާތަކުންތޯ އާއްމުން ކުރާ ސުވާލަށް ވެސް ޖަވާބުދޭނެ މީހަކު ހަމަ ނެތީއެވެ. މިފަދަ އެހެން ނުރައްކާތެރި އިމާރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރާ ސުވާލަށް ވެސް ދެނީ ބީރު ކަންފަތެކެވެ.

އެކަމަކު މި ހާދިސާ އަށް 24 ގަޑި އިރު ފާއިތުވި އިރު ވެސް ކަމާއި ގުޅުން ހުރި އިދާރާ އަކުން ކަހާތަން ހިރުވާ ވެސް ނުލިއެވެ. އާއްމުންގެ ޝަކުވާތަކަށް ދިނީ ބީރު ކަންފަތެކެވެ. ފަރުވާ ކުޑަކަމުގެ މިފަދަ ކިތަންމެ މިސާލެއް މި ފުރަ މާލެ އިން ވެސް ފެންނަން އެބަހުއްޓެވެ. ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތް މިކަހަލަ ކިތަންމެ ތަނެއް އެބަ ހުއްޓެވެ. އަނެއްކާވެސް ތެޅިގަންނާނީ އެތަނުން މީހަކަށް ގެއްލުމެއްވުމުންބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

19 އެޕްރީލު 2017
ސޫކީގެ ނޮބެލް އިނާމުގެ  އަގުވެއްޓިފައި
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް