Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުން

ފުވައްމުލައް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފި

އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 100 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2023 | ހޯމަ 05:23
އެއްބަސްވުމުގައި ސޮއިކުރައްވަނީ

އެއްބަސްވުމުގައި ސޮއިކުރައްވަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ އިމާރާތުގެ މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ އަބްދުލް ހަންނާނު ހުސައިން އެވެ. އަދި އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުކުރެއްވީ މެނޭޖިން ޑައިރެކްޓަރ ހުސައިން އަންވަރެވެ.

ހެލެތް މިނިސްޓްރީން މި މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 100 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މިޝްރޫއުގެ އަގަކީ 2,955,230.78ރ (ދެމިލިއަން ނުވަލައްކަ ފަންސާސްފަސްހާސް ދުއިސައްތަ ތިރީސް ރުފިޔާ ހަތްދިހަ އަށްލާރި) އެވެ.

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސިއްހީ ޚިދުމަތް މާލެއާ އެއްފެންވަރަށް އަތޮޅުތެރޭގައި ގާއިމްކުރެވޭ ހޮސްޕިޓަލްތައް ތަރައްގީކުރުން ކަމަށާއި، މިހާރު ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތައާރަފް ކުރެވެމުންދާކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ޕްރައިމަރީ ހެލްތު ކެއަރ ރަޖިސްޓްރީ މެއި މަހުގެ 05 ދުވަހު ވަނީ އިފްތިތާހް ކޮށްފައިފައެވެ. އަދި މި ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ސެނެހިޔާ ހޮސްޕިޓަލުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

26 އޯގަސްޓު 2017
ސެނެހިޔާ ހޮސްޕިޓަލުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި
24 އޯގަސްޓު 2017

ގާސިމް ހޮސްޕިޓަލުގައި އޮއްވާ ކުރި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފު ކުރާނަން: ވަކީލުން

24 އޯގަސްޓު 2017
ގާސިމް ހޮސްޕިޓަލުގައި އޮއްވާ ކުރި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފު ކުރާނަން: ވަކީލުން
01 އޯގަސްޓު 2017

މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!

01 އޯގަސްޓު 2017
 މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!
22 ޖުލައި 2017

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި

22 ޖުލައި 2017
ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި
19 ޖުލައި 2017

ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި

19 ޖުލައި 2017
ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި
16 ޖުލައި 2017

ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

16 ޖުލައި 2017
ގާސިމް  މެޑިކާ ހޮސްޕިޓަލުގައި  އެޑްމިޓްކޮށްފި
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
30 މެއި 2017

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

30 މެއި 2017
ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
11 މެއި 2017

ތިނަދޫ ހޮސްޕިޓަލުގައި ރާއްޖެޓީވީ އެޅުވުން އަދި ބެލުން ވެސް މަނާކޮށްފި

11 މެއި 2017
ތިނަދޫ ހޮސްޕިޓަލުގައި ރާއްޖެޓީވީ އެޅުވުން އަދި ބެލުން ވެސް މަނާކޮށްފި
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު