Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޔޫގެ އޮގަސްޓް އިންޓޭކް

އައު 3 ކޯހާއެކު ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުގެ ހުޅުވާލައިފި

އޮގަސްޓް އިންޓޭކުގައި 93 ކޯހަކަށް 5400 ޖާގަ ވަނީ ހުޅުވާލައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 މެއި 2023 | ހުކުރު 07:39
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

އައު ތިން ކޯހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޔޫއިން ވަނީ އެ ޔުނިވަރސިޓީގެ އޮގަސްޓް އިންޓޭކުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އޮގަސްޓް އިންޓޭކުގައި 93 ކޯހަކަށް 5400 ޖާގަ ހުޅުވާލާފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.

މިފަހަރުގެ އިންޓޭކުގައި 93 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވާއިރު މީގެ ތެރެއިން މުޅިން އަލަށް ތިން ކޯހެއް ވަނީ ތައާރަފު ކޮށްފައެވެ. އެއީ ބެޗްލާ އޮފް އިންޖިނިއަރިން އެންޑް އިލެކްޓްރޯނިކްސް އާއި ޑިޕްލޮމާ އިން މެކޭނިކް އިންޖިނިއަރިންގް އަދި މާސްޓާ އޮފް ސައިންސް އިން ޖިއޯ ސްޕެޝިއަލް ޓެކްނޮލޮޖީ ފޯ ޑިޒާސްޓާ މެނޭޖްމަންޓެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އަލަށް ތައާރަފު ކުރާ ތިން ކޯހުގެ އިތުރަށް، އިތުރު ތިން ކޯހެއްގެ ހުއްދައަށް މިހާރު އެމްކިޔުއޭގައި އެދިފައި ވާ ކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް އެ ކޯސްތަކަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއި ބެޗްލާސް އޮފް އަރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އާއި ބެޗްލާސް އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް އަދި ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕެވެ.

ވައިސް ޗާންސެލަރ ވިދާޅުވި ގޮތުގައި މި ކޯސްތަކުގެ ތެރެއިން ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕަކީ މިޑްލް މެނޭޖްމަންޓުގަ މަސައްކަތް ކުރާ ފަތުރުވެރިކަމުގެ ދާއިރާގަ މަސައްކަތް ކުރާ މީހުންނަށް ހުޅުވާލެވިގެން ހިންގޭ ޕްރޮގްރާމެކެވެ.

ފުވައްމުލަކުގައި އައިސީޓީ ކެމްޕަހެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ވައިސް ޗާންސެލަރ ވިދާޅުވީ މަސައްކަތް އެއްކޮށް ނުނިމުނު ކަމުގައިވީނަމަވެސް އެ ދާއިރާގެ ކޯސްތައް މިފަހަރު ފުވައްމުލަކުގައި ފަށާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން ހުޅުވާލި ފުރުސަތުގެ ދަށުން ކޯސްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެއެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ 25 ޖުލައި 2023 އާ ހަމައަށެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު