Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޫލް އޮފް މެޑިސިން ހުސްކުރުން

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި 5 އަހަރު އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2024 | ބުރާސްފަތި 14:17
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކެއް

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކެއް

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ސްކޫލް އޮފް މެޑިސިން ކުއްލިގޮތަކަށް ހުސްކުރަން އައިޖީއެމްއެޗްއިން އަންގާފައިވަނީ ކުރިން ދުވަހަކުއެވެ. ސްކޫލް އޮފް މެޑިސިންގެ ބޭނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލައެއް އަންނަނީ ބޭނުންކުރަމުންނެވެ.

Advertisement - newsAdvertisement

އެތަނުގައި މިހާރުވެސް 200ށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއްފަހަރު އަންނަނީ ލޮބީތަކުގައި ވެސް ކިޔަވަދެމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާގައި ލެބްތަކާ އެކު ހުންނަ 8 ކިލާސްރޫމް ހުރެއެވެ. މިތަން ބޭނުންކުރަނީ ސްކޫލް އޮފް މެޑިސިންގެ އައު އިމާރާތް އަޅާ ނިމެންދެންނެވެ. އަދި އެ އިމާރާތުގެ މަސައްކަތް ވެސް ނުފެށެއެވެ.

ކޮންޓްރެކްޓުގައި ވާގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ މި ދެ ފަންގިފިލާގެ އެއްބަސްވުން ހަމަވާން އަދި 5 އަހަރު އެބައޮތެވެ. ނަމަވެސް ކުއްލި ގޮތަކަށް އެތަން ހުސްކުރުމަށް ވަނީ އަންގާފައެވެ.

ސްކޫލް އޮފް މެޑިސިންގައި މިވަގުތު ޖުމްލަ 7 ބެޗް ކިޔަވަމުން އަންނައިރު، މީގެން ފުރަތަމަ ބެޗް ދަސްވެނިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި 7 ބެޗުގެ ތެރެއިން ކޯހުގެ 3 ވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ މި ކޯސް އެކުލެވާލެވިފައިވާ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރަމުން، ކިލާސްތަކަށްވެސް ހާޒިރުވަމުންދާ ދަރިވަރުންނަށް ވެފައި، ތަޖުރިބާ ހޯދުމުގެ ތެރެއިން ދުވާލާ ރޭގަނޑުގެ ގިނަ ވަގުތުތަކެއް، ދަރިވަރުން ހަސްފަތާލުގައި ހޭދަކުރަންޖެހޭއިރު، ހޮސްޕިޓަލުގައި ދަރިވަރުންނަށް މަޑުކޮށްލެވޭނެ ޖާގައެއް ނުވަތަ ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތުމަކީ ދަރިވަރުންގެ ފަރާތުން މިކަމުގައި ނުހަނު ކަންބޮޑުވުން އޮތްކަމެކެވެ.

ނަމަވެސް އައިޖީއެމްއެޗްއަށް އެނދު އިތުރުކުރުމަށް ކަމަށް ބުނެ އެތަން ހުސްކުރުމަށް އަންގާފައިވާއިރު، މިކަމާއި ގުޅިގެން ގައުމީ ޔުނިވަރސިޓީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީގޮތުން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުުރު ޖާގަ ބޭނުންވާތީވެ، މެޑިކަލް ސްކޫލުގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައިކެމްޕަސްއަށް ބަދަލުކުރަން ނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އަދި މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް މި ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ޔުނިވަރސިޓީން ބުނެއެވެ.

މީގެއިތުރުން، ދަރިވަރުންނަށް ހޮސްޕިޓަލުން ލިބިދޭންޖެހޭ ޢަމަލީ ތަޖުރިބާތަށް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިަޓަލުން ފޯރޮކޮށްދޭނެ ކަމަށް ވެސް ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރުވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ އެމްއެންޔޫ ސެންޓްރަލްގައި އެކަން ކުރެވޭނެ ގޮތަކާއި މެދު ދަރިވަރުން އަންނަނީ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސްކޫލް އޮފް މެޑިސިންއައިޖީއެމްއެޗްމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ދަރުމަވަންތަ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު