Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ދިވެހިރާއްޖޭގައި މެޑިސިން ރަސްމީކޮށް ކިޔަވައިދޭން ފެށީ 2020 ވަނަ އަހަރުގައި

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 09:45
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ގްރެޖުއޭޝަންގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ގްރެޖުއޭޝަންގެ ތެރެއިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްއެންޔޫގައި ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ކޯހުން ފުރިހަމައަށް ފާސްވެ ސްކޫލް އޮފް މެޑިސިންގެ 21 ދަރިވަރުން ވަނީ މެޑިކަލް ޑޮކްޓަރުކަން ހާސިލް ކޮށްފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި މެޑިކަލް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި، 2017 ވަނަ އަހަރު އެމްއެންޔޫގައި ސްކޫލް އޮފް މެޑިސިން ޤާއިމުކުރުމުގެ ހުއްދަ ޔުނިވަރސިޓީގެ ކައުންސިލުން ދީފައިވެއެވެ.

ސްކޫލް އޮފް މެޑިސިން އުފެއްދީ 2019 ވަނަ އަހަރުގައެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔަވަން ފެށީވެސް އެ އަހަރުގައެވެ. މަންހަޖު އެކުލަވާލެވިފައި ވަނީ މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީ، ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިއާ (ޔޫކޭއެމް) އާ އެއްގޮތަށް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. 

ސްކޫލް އޮފް މެޑިސިންގެ ކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައެވެ. ނަމަވެސް، ސްކޫލް އޮފް މެޑިސިންގެ ކަންކަން މުޅިން ފުރިހަމަ ކުރެވެންދެން، ފުރަތަމަ ބެޗުގެ ދަރިވަރުން ދެ މޮޑިއުލެއް މެލޭޝިއާގެ ޔުނިވަރސިޓީގައި ފުރިހަމަ ކުރަން ޖެހުނެވެ. ދިވެހިރާއްޖޭގައި މެޑިސިން ރަސްމީކޮށް ކިޔަވައިދޭން ފެށީ 2020 ވަނަ އަހަރުގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނަށް ސަނަދު ހަވާލުކޮށް ދެއްވީ އެމްއެންޔޫގެ ޗަންސެލަރު ޑރ. މަހުމޫދު ޝައުގީއެވެ.

ދިވެހިރާއްޖޭގައި މެޑިކަލް ސްކޫލް ފުރިހަމަކުރި ފުރަތަމަ ބެޗުގެ ދަރިވަރުން ގްރެޖުއޭޓްވުމަކީ ޤައުމުގެ ޞިއްޙީ ދާއިރާގައި ވަރަށް މުހިންމު މަރުޙަލާއެއް ކަމުގައި އެމްއެންޔޫ އިން ފާހަގަކުރެއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ޑޮކްޓަރުންނަށް ވުމަށްޓަކައި ގްރެޖުއޭޓްވި ފަރާތްތަކުން އިތުރު އެއް އަހަރު އިންޓަރންޝިޕް ފުރިހަމަކުރަންޖެހެއެވެ. ގްރެޖުއޭޓުވި ދަރިވަރުން މިހާރު ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގައި އިންޓަރންޝިޕް ފުރިހަމަކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.                                        

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު