Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

މިގްލޯބަލް އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާނޭ އެކްރެޑިޓޭޝަނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ނޮވެމްބަރު 2023 | ހޮނިހިރު 08:01
އެމްއެންޔޫއިން ހިންގި ވޯކްޝޮޕެއްގެ ތެރެއިން

އެމްއެންޔޫއިން ހިންގި ވޯކްޝޮޕެއްގެ ތެރެއިން

މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ކަށަވަރުކުރާ، އިނގިރޭސިވިލާތުގެ މިނިވަން އިދާރާއެއް ކަމަށްވާ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދެވޭ ގްލޯބަލް އެކްރެޑިޓޭޝަން، 'އިންޓަނޭޝަނަލް ކޮލިޓީ ރިވިއު'، (އައިކިއުއާރ) ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީއިން ހާސިލްކޮށްފިއެވެ.

އެމްއެންޔޫއިން މައުލޫމާތު ދޭ ގޮތުގައި މި ޝަރަފުވެރި ގްލޯބަލް އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާނޭ އެކްރެޑިޓޭޝަނެކެވެ.

މި ރިވިއު ކާމިޔާބުކަމާ އެކު ފުރިހަމަކުރުމުން ޔުނިވަރސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ބަލއިގަންނަ މުވައްސަސާއަކަށް ވުމުގެ އިތުރުން، ކިޔުއޭއޭގެ ފުލް މެމްބަރަކަށްވުމަށް ޝަރުތު ހަމަވެގެން ދެއެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިރިވިއުގެ މަރުހަލާތަކުގައި ޔުނިވަރސިޓީގެ ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގެންނައިދިނުމުގެ އުސޫލުތަކާއި، މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ސްޓޫޑެންޓް ސަޕޯޓްއަށް އަމަލުކުރާ މެކޭނިޒަމްތަކާއި، ޔުނިވަރސިޓީގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ހުރީ ރަނގަޅު ފެންވަރެއްގައިކަން އެފަރާތުން ފާހަގަކުރިއެވެ.

އަދި މިރިވިއުއަށް ޔުނިވަރސިޓީއިން ހުށައެޅި ސެލްފް އިވެލުއޭޝަން ޑޮކިޔުމަންޓަށް ބިނާކޮށް ކިއުއޭއިން އިތުރު މައުލޫމާތު ސާފުކުރުމަށްފަހު، ޔުނިވަރސިޓީގެ ކެމްޕަސްތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނާއި، ދަރިވަރުންނާއި، ޔުނިވަރސިޓީގެ މަސްލަހަތުހުރި ފަރާތްތަކާއި ބައްދަލުކޮށް ތަފާތު ހެކިތައް ހޯދާފައިވާކަމަށްވެސް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

މި މައުލޫމާތައް ބިނާކޮށް ކިއުއޭއިން އެކުލަވާލި ރިޕޯރޓުގައި ފާހަގަކޮށްފައިވަނީ، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީއަކީ އީއެސްޖީގެ 1 ވަނަ ބައިގައި ބަޔާންކޮށްފައިވާ 10 މިންގަނޑުގެ ތެރެއިން ހުރިހާ މިންގަނޑަކަށް ފުރިހަމައަށް ފެތޭ ޔުނިވަސިޓީއެއްކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު