Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

ގައުމީ ޔުނިވަރސިޓީގެ ސެންޓްރަލްއަށް ދަރިވަރުންގެ ކިޔެވުން ބަދަލުކުރާ ވާހަކަ ދައްކައިރު އެތަނަކީ މިހާރު ވެސް ޖާގައިގެ ދަތިކަން އޮތްތަނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2024 | ބުރާސްފަތި 14:22
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކެއް

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކެއް

ރާއްޖެއަށް ދިމާވެފައިވާ ދިވެހި ޑޮކްޓަރުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ތިބެގެން ޑޮކްޓަރީކަން ކިޔެވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސްކޫލް އޮފް މެޑިސިން 2018 ވަނަ އަހަރު ގާއިމުކޮށް، ދަރުމަވަންތަ ހަސްފަތާލުގެ ދެ ފަންގިފިލާއެއް އެތަން ހިންގުމަށް އެމް.އެން.ޔޫއަށް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށެވެ. މިތަން ޔުނިވާސިޓީއަށް ދޫކޮށްފައިވަނީ ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އެޅެންދެންނެވެ. މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ނަމަވެސް ދެން އަޑު އިވިގެން ދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ 200 އަށްވުރެ ގިނަ ދަރިވަރުން، ދަރުމަވަންތަ ހަސްފަތާލުގެ 8 އަދި 14 ވަނަ ފަންގިފިލާއިން ނިކުންނަން އެންގި ވާހަކައެވެ. މިފަދައިން ދަރިވަރުން ނެރެން އަންގާފައިވަނީ އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައި ބާކީ 5 އަހަރު އޮއްވައެވެ.

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަނުން ނުކުންނަން އަންގާފައިވާކަން ދަރިވަރުންނަށް އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ ތަނުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. އަދި އަންނަ ހަފްތާއިން ފެށިގެންވެސް ތަން ހުސްކުރުމުގެ މަސައްކަތް ފަށަން ޖެހިދާނެ ކަމަށް އައިޖީއެމްއެޗްއިން އަންގާފައިވާ ކަމަށް ވެސް ދަރިވަރުން ވަނީ ބުނެފައެވެ.

ކުއްލި ގޮތަކަށް މިކަން މިހެން ވެގެން ދިޔައިރު، ގައުމީ ޔުނިވަރސިޓީން މި ދަރިވަރުންނާ މެދު އަދި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ދަރިވަރުން މަގުމަތިވާ ވާހަކަ މީޑިއާތަކުގެ ޖަހަން ފެށުމުން ގައުމީ ޔުނިވަރސިޓީން ދިފާއަށް ކުޅެ ނެރުނީ ކުރު ބަޔާނެކެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީގޮތުން ކަމަށެވެ.

އަދި އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުުރު ޖާގަ ބޭނުންވާތީވެ، މެޑިކަލް ސްކޫލުގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައިކެމްޕަސްއަށް ބަދަލުކުރަންނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. އަދި މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މީގެއިތުރުން ޔުނިވަރސިޓީން ބުނެފައިވަނީ ދަރިވަރުންނަށް ހޮސްޕިޓަލުން ލިބިދޭންޖެހޭ ޢަމަލީ ތަޖުރިބާތަށް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިަޓަލުން ފޯރޮކޮށްދޭނެ ކަމަށެވެ. އަދި ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ގެންދަނީ ޢަމަލީ ގޮތުން މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ބުނީ ގައުީ ޔުނިވަރސިޓީގައި މިވަގުތުވެސް ޖާގައިގެ ދަތިކަން އިންތިހާއަށް ހުރި އިރު، އެ ޔުނިވަރސިޓީގެ އެއްވެސް ކެމްޕަހެއްގައި ދަރިވަރުންގެ ލެބްތައް ގާއިމްކޮށް އަމަލީ މަސައްކަތްތައް ކުރެވޭނެ އަދި ކިޔެވޭނެހާ ތަނަވަސްކަން ހުރިތަނެއް ނެތް ކަމަށެވެ.

ޔުނިވަރސިޓީން މި މައްސަލައިގައި މަތިއަޅާ ފޮރުވަން އުޅުނު ނަމަވެސް މިހާތަނަށްވެސް ދަރިވަރުންނަށް ވެސް އަދި ދަރިވަރުންގެ ބެލެބިވެރިންނަށްވެސް މިކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ. 200 އެތައް ދަރިވަރުންގެ މުސްތަގުބަލާމެދު ސުވާލު އުފެދުނު އިރު، ގައުމީ ޔުނިވަރސިޓީންވެސް ކުޅެނީ ދިފާއަށެވެ.

ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުން ބުނެފައިވަނީ ދަރުވަމަންތައިގެ ދެފަންގިފިލާގައި ލެބްތަކާ އެކު ހުންނަ 8 ކްލާސްރޫމްވެސް ބައެއް ފަހަރު ފުރިގެން ލޮބީތަކުގައި ވެސް އަންނަނީ ކިޔަވަދެމުން ކަމަށެވެ. އަދި ކަންމިހެން އޮއްވާ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތަށް ކިލާސްތައް ބަދަލުކުރަން ބުނިއިރު، އެތަނަކީ މިހާރުވެސް ތަން ފުރިގެން ގޮސް، ކިލާސްތައް ފުށުއަރަމުން އަންނަ ތަނެއް ކަމަށެވެ.

ސްކޫލް އޮފް މެޑިސިންގައި މިވަގުތު ޖުމްލަ 7 ބެޗް ކިޔަވަމުން އަންނައިރު، މީގެން ފުރަތަމަ ބެޗް ދަސްވެނިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި 7 ބެޗުގެ ތެރެއިން ކޯހުގެ 3 ވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ މި ކޯސް އެކުލެވާލެވިފައިވާ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރަމުން، ކިލާސްތަކަށްވެސް ހާޒިރުވަމުންދާ ދަރިވަރުންނަށް ވެފައި، ތަޖުރިބާ ހޯދުމުގެ ތެރެއިން ދުވާލާ ރޭގަނޑުގެ ގިނަ ވަގުތުތަކެއް، ދަރިވަރުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭއިރު، ހޮސްޕިޓަލުގައި ދަރިވަރުންނަށް މަޑުކޮށްލެވޭނެ ޖާގައެއް ނުވަތަ ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތުމަކީ ދަރިވަރުންގެ ފަރާތުން މިކަމުގައި ނުހަނު ކަންބޮޑުވުން އޮތްކަމެކެވެ.

އަދި މިއިން ބައެއް ދަރިވަރުން 24 ގަޑިއިރަށްވުރެން ގިނަ ވަގުތު ހޮސްޕިތަލުގައި އުޅެން ޖެހޭ ފަހަރުވެސް އާދެއެވެ. އަދި ކިލާސްތައް ނަގައިދޭނެ އެހެން ތަނެއްވެސް ނުދައްކާ މިގޮތަށް ނެރެން ނިންމި ނިންމާއި ގުޅިގެން ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިދަރިވަރުންގެ ކުލާސްތައް ނަގަނީވެސް ޑިއުޓީގައި އުޅުއްވާ، އައި.ޖީ.އެމް.އެޗްގެ ސީނިއަރ ޑޮކްޓަރުންނަށް ވެފައި، މި ނިންމުމަކީ ކިޔަވާދެއްވާ ޑޮކްޓަރުންނާއި ދަރިވަރުންނަށްވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާނެ ނިންމުމެއް ކަމުގައި ދަރިވަރުން ފާހަގަކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޫލް އޮފް މެޑިސިން އަދި ޑަކްޓަރީކަން ކިޔަވާ ދަރިވަރުންނަކީ ހޮސްޕިޓަލެއްގައި ގާއިމްވެ ތިބެ އެކަން ކުރާ ބައެކެވެ. އަދި ހޮސްޕިޓަލުގައި ފެކަލްޓީ ހުންނަނީ ސަބަބުތަކެއްވެސް ހުރެގެންނެވެ. އެއިން ބައެއް ސަބަބުތައް މި ފާހަގަކޮށްލީއެވެ. ނަމަވެސް ސަރުކާރުން ނިންމީ 200 އެތައް ދަރިވަރުންގެ މުސްތަގުބަލުގެ ބަދަލުގައި އެތަނަށް އެނދު އިތުރު ކުރުމަށެވެ. ދަރިވަރުންގެ ފަރާތުން މިކަމުގައި ވަކާލާތުކުރަން އޮތް މުއައްސާސަކަމުގައިވާ ގައުމީ ޔުނިވަރސިޓީން ވެސް ދަރިވަރުންގެ ހައްގަށް ވަކާލާތުކުރުމުގެ ބަދަލުގައި ފެނިގެންދަނީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ރޯމަހެއް ތެޅެމުންދާގޮތަށް ތެޅެމުންދާތަނެވެ.

ސްކޫލް އޮފް މެޑިސިންމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ދަރުމަވަންތަ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

16 އޮކްޓޯބަރު 2025
ޝާހު މާހިރު ސަރުކާރުގެ ބޭސް ކުންފުނީގެ އެމްޑީއަކަށް އައްޔަން ކޮށްފި

ޝާހު މާހިރު ސަރުކާރުގެ ބޭސް ކުންފުނީގެ އެމްޑީއަކަށް އައްޔަން ކޮށްފި

14 ސެޕްޓެމްބަރު 2025
ރާއްޖޭގައި ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތް: އައިޖީއެމްއެޗްގެ ސީއީއޯ

ރާއްޖޭގައި ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތް: އައިޖީއެމްއެޗްގެ ސީއީއޯ

12 ސެޕްޓެމްބަރު 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު