Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭ ހަދިޔާކުރުން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަރިވަރުން އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ ސަގާފަތް އަށަގެންނެވުމަށް އަތުކުރި އޮޅާލަމާ ކެމްޕެއިން ސޯޝަލް މީޑިއާގައި ފެށިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ނޮވެމްބަރު 2025 | ބުރާސްފަތި 14:28
'އަތުކުރި އޮޅާލަމާ' ކެމްޕެއިން

'އަތުކުރި އޮޅާލަމާ' ކެމްޕެއިން

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ދަރިވަރުން އިސްނަގައިގެން، ލޭ ހަދިޔާ ކުރުމާމެދު އާންމުން ހޭލުންތެރިކޮށް، އަމިއްލަ އިސްނެގުމަށް ލޭ ހަދިޔާ ކުރާ މީހުން އިތުރު ކުރުމަށް ކެމްޕެއިން އެއް ފަށައިފިއެވެ. 

"އަތުކުރި އޮޅާލަމާ" ނަމުގައި ކުރިއަށްދާ ކެމްޕެއިނަކީ ވޮލެންޓިއަރކޮށް ލޭ ހަދިޔާ ކުރާ މީހުން މަދުވުމު ގެ ސަބަބުން، ދިމާވާ ދަތިތައް ހައްލުކޮށް، ދިވެހިން ގެ މެދުގައި ލޭ ހަދިޔާ ކުރުމު ގެ ސަގާފަތް އަށަގެންނެވުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، މި ކެމްޕެއިން މިހާރު ވަނީ ސޯޝަލް މީޑިއާގައި ފަށާފައެވެ. ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭ ގޮތުން އެކި އުމުރުފުރާ ގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

ދިވެހިރާއްޖޭގައި އާންމުކޮށް ލޭ ބޭނުންވަނީ ދިމާވާ ކުއްލި ހާދިސާތަކުގައި ޒަހަމްވެގެން ފަރުވާ ހޯދާ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން ވިހެއުމު ގެ ތެރޭގައި ދިމާވާ ކަންކަމާ ގުޅިގެންނާއި ތެލެސީމިއާ އަދި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. ރާއްޖެއަކީ އެކިއެކި ސަބަބުތަކާ ހުރެ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން އިސްނަގައިގެން ފެށި މި ކެމްޕެއިން ގެ ސަބަބުން، ދިވެހިންގެ ތެރޭގައި ލޭ ހަދިޔާ ކުރުމު ގެ ސަގާފަތް އާންމުވެ، ލެއަށް ބޭނުންވާ އެތައް ބަޔަކު ނުރައްކަލުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެއެވެ.

'އަތުކުރި އޮޅާލަމާ' ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރި ވަނީ ދިވެހިރާއްޖޭ ގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުންނެވެ.

އެ ކެމްޕެއިން ގެ ލީޑަރު ޝަފްރާޒު އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ "އަތުކުރި އޮޅާލަމާ" އެ ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްގައި ކަމަށާއި އޭގެ މާނައަކީ ލޭ ހަދިޔާކުރުމަށް އެންމެންނަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އަތުކުރި އޮޅާލަމާތެލަސީމިއާ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ

05 ނޮވެމްބަރު 2025
ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
09 މެއި 2024

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

09 މެއި 2024
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު