Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް ކޮލެޖް

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި ކޮލެޖުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޑިސެމްބަރު 2023 | ބުދަ 17:18
ފިޝަރީޒް ކޮލެޖް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ފިޝަރީޒް ކޮލެޖް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މަސްވެރިކަމާބެހޭ ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމްކުރާ ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، އަހުމަދު ޝިޔާމްއެވެ. އަދި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ގިނަ ވަޒީފާތަކެއް ހުރިނަމަވެސް ނިޒާމުގެ ތެރެއިން ވަޒީފާތަކަށް ތައްޔާރުކުރެވިފައި ތިބި ދިވެހިން މަދުކަމަށެވެ. އަދި މަސްވެރިކަމުގެ ބާވަތްތައް އުފައްދާ ފެކްޓްރީތަކުގައި ވެސް ފެންނަނީ ވަރަށް ބޮޑަށް ދިވެހިންނަށް އަދާކުރެވޭ ވަޒީފާތައް ބިދޭސީން އަދާކުރާތަން ކަމަށެވެ. ޚާއްސަކޮށް، ޓެކްނިކަލް ވަޒީފާތަކުގައި ތިބި ބިދޭސީންގެ ބަދަލުގައި ރާއްޖޭގެ ޒުވާނުން ފެންނާނެކަން ޔަގީންކުރެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ފިޝަރީޒް ޓްރެއިނިންގ އިންސްޓިޓިއުޓް، އެމްއެންޔޫގެ އާއިލާއާ ގުޅިގެން ދާއިރު، ކަނޑުގެ ވަސީލަތްތަކުގެ އިލްމީ ދިރާސާކުރާ ސެންޓަރެއް އެ ޔުނިވަރސިޓީގައި އުފެދުމަކީ މުހިންމު ކަމެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ ޔުނިވަރސިޓީގައި ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި އެ ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އައިސް، މަސްވެރިކަމާބެހޭ ތަމްރީން ހޯދާ ތަނަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް ކޮލެޖްފިޝަރީސް މިނިސްޓްރީމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު