Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލާއި ޣައްޒާގެ ހަނގުރާމަ

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާޢަތުގެ އޮފިޝަލުން ބުނާ ގޮތުގައި، މެއި 9 ވަނަ ދުވަހު ފެށި ހަމަލާ ބަދަލު ކުރުންތަކުގައި އިޒްރޭލުން ވަނީ ޣައްޒާގެ 100 ހައުސިންގް ޔުނިޓް ސުންނާފަތި ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 09:33
މެދުއިރުމަތީގެ މަސްރަޙަށް އދއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު، ޓޯރް ވީންސްލަންޑް ވަނީ، އާންމު ރައްޔިތުން މަރުވާ ގޮތަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރި ކުރައްވާފައި

މެދުއިރުމަތީގެ މަސްރަޙަށް އދއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު، ޓޯރް ވީންސްލަންޑް ވަނީ، އާންމު ރައްޔިތުން މަރުވާ ގޮތަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރި ކުރައްވާފައި

ދޮރު ޖެހޭ އަޑު އިވޭ ކޮންމެ ފަހަރަކީ، ޢުމުރުން 10 އަހަރު ބިސާން އަލް-މަންސީ، ބިރުން ސިހޭ ފަހަރެކެވެ. މަންސީއަށް އެ އަޑު ސިފަ ކުރެވެނީ، ވެއްޓެމުން އަންނަ ބޮމަކުން ގޮވާ އަޑެއްގެ ގޮތަށެވެ. ޔަހޫދީ އިޒްރޭލާއި ޣައްޒާއާ ދެމެދު އެންމެ ފަހުން ބަދަލު ކުރި ހަމަލާތައް މަޑުޖައްސާލިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެފައި ވީ ނަމަވެސް، މަންސީ ބުނާ ގޮތުގައި އޭނާއަށް އަދިވެސް ބިރުވެރި ހުވަފެންތައް ފެނެއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ނަފްސާނީ ބަލީގެ ޑޮކްޓަރުން ފާހަގަ ކުރައްވާ ގޮތުގައި މަންސީގެ ކިބައިން ފެންނަ އަލާމާތްތަކަކީ، ޣައްޒާގައި ދިރިއުޅެމުންދާ ގިނަ ޢަދަދެއްގެ ކުޑަކުދިންގެ ކިބައިން އާންމުކޮށް ފެންނަ އަލާމާތްތަކެކެވެ. ހަމަ ނިންޖެއް ނުލިބެއެވެ. ތާ އަބަދުމެ ހާސްކަމާއި ނުތަނަވަސްކަމެވެ. ތަންމައްޗަށް ކުޑަކަމު ދެވެއެވެ. ބޭރަށް ނުކުމެ އުޅުމަށް ޖެހިލުން ވާ އިރު، ތާ އަބަދުމެހެން ހުންނަން ބޭނުންވަނީ މައިންބަފައިންގެ ގައިގައި ލައްވެގެންނެވެ.

2008 ވަނަ އަހަރުން ފެށިގެން އެކަނިވެސް، ފަލަސްޠީނުގެ ރައްޔިތުން، އެތައް ހަނގުރާމައެއް ތަޖުރިބާ ކޮށްފިއެވެ. ނަފްސާނީ ބަލިމަޑުކަމުން އަރައިގަނެ، ހަމަޖެހުމުގެ ނޭވާއެއްލާނެ އެންމެ ފުރުޞަތެއްވެސް ނުލިބެއޭ ދެންނެވިދާނެއެވެ. ޙަޤީޤީ މައްސަލައަށް އޮތީ ހައްލެއް ނުލިބިއެވެ. ދޭސީ އަދި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނަފްސާނީ އެހީ ބޭނުންވާ ކުދިންގެ ޢަދަދު އުޅެނީ، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 4 ބައިކުޅަ 1 ބައިގައެވެ. ޣައްޒާއަކީ ދުނިޔޭގައި އޮތް އަނގަމަތި ހާ، އެންމެ ބޮޑު ޖަލެވެ. އިޒްރޭލުގެ އިތުރުން، މިޞްރުންވެސް ވަނީ ޣައްޒާގެ ބޯޑަރު ފިއްތާލާފައެވެ. އޭގެ އިތުރަށް، ފަލަސްޠީނުގައި އޮތް ދާޚިލީ ދެބަސްވުންތަކަކީވެސް ޣައްޒާއަށް ކުރިމަތިލާން ޖެހިފައި އޮތް ފިއްތުމެކެވެ.

އިޒްރޭލާއި ޣައްޒާއާ ދެމެދު އެންމެ ފަހުން ބަދަލު ކުރި ހަމަލާތަކުގެ ސިލްސިލާ، 5 ދުވަހަށް ދެމިގެން ދިޔައެވެ. އެ ހަމަލާތަކަކީ، ޣައްޒާގައި ހަރަކާތްތެރިވާ ކަމަށް އިޒްރޭލުން ތުހުމަތު ކުރާ ހަނގުރާމަވެރި ކޮމާންޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކާއި، ޣައްޒާއިން ދެމުން ދިޔަ ރައްދު ހަމަލާތަކެވެ. ހަމަލާ ބަދަލު ކުރުންތަކުގައި ޣައްޒާއިން، ފަލަސްޠީނުގެ 33 މީހެއްގެ ފުރާނަ ގެއްލުނެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އިޒްރޭލާ ވީ ފަޅިންވެސް، ފަލަސްޠީނުގެ އެއިޑްވޯކަރެއްގެ ފުރާނަ ގެއްލުނު ކަމަށް މަޢުލޫމާތު ލިބެއެވެ.

ބޮމުގެ ހަމަލާއަކުން ދިފާޢުވުމަށް ވަންނާނެ ބޮމް-ޝެލްޓަރ ނުވަތަ ރައްކާތެރި ކިއްލާއެއް ނެތެވެ. ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އިންތިހާ ފަޤީރު ކަމުގެ ހާލަތުގައި ކަމަށް ވާއިރު، އަމިއްލަ ގެދޮރު ފިޔަވާ، ހިމަޔާތަށް އެދި ވަންނާނެ، އިތުރު ހިޔާވައްސެއްވެސް ނުހުރެއެވެ. އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ފަލަސްޠީނުގެ އޮފިޝަލުން ވަނީ، ޣައްޒާގެ ޞިއްޙީ ނިޒާމު މިހާރު އޮތީ، މުޅިން އިނދަޖެހުމުގެ ތުންފަތް މަތީގައި ކަމުގެ އިންޒާރު ދެއްވާފައެވެ. ޞިއްޙީ ފަރުވާ ހޯދާ، ލިބިގަތުމުގެ ފުރުޞަތު، އިންތިހާއަށް ހަނިވެފައި ދައްޗެވެ. އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވާ އިރު، ނަފްސާނީ ޒަޚަމްތަކުގެ ފާރުގަނޑުތައް ފިސާރި ފުނެވެ.

މަންސީ ދިރިއުޅޭ ގެ ހުންނަނީ ޣައްޒާގެ މަރުކަޒީ ސަރަޙައްދެއް ކަމަށް ވާ ދީރް އަލް-ބަލާހްގައެވެ. އެ ގެއަކީ އެ ސަރަޙައްދަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިކުރި ގެތަކުގެ ތެރެއިން އެއް ގެއެވެ. ގެއިން ނުކުތުމަށް، އެ ގެތަކުގެ އަހުލުވެރިންނަށް އިޒްރޭލުން ދިނީ އެންމެ 30 މިނެޓްގެ މުހުލަތެކެވެ. 5 ބެއިންގެ ތެރެއިން އެކަކު ކަމުގައި މަންސީ ބުނި ގޮތުގައި މިހާރު ބޭރުތެރެއަށް ނުކުމެ އުޅުމަށް އޭނާ ބިރުގަނެއެވެ. ރަޙުމަތްތެރިންނާއެކު ކުޅެ ހަދަން ބިރުގަނެއެވެ. ހަމަލާ ބަދަލު ކުރުންތަކުގެ ކުރިއަށް ބަލާއިރު، މަންސީއަކީ ފަތިހާ ހޭލައިގެން ސްކޫލަށް ދާ ކުއްޖެކެވެ. ޢަރަބި ބަހާއި ތާރީޚުގެ ޢިލްމަކީ، އޭނާ އެންމެ ޝަޢުޤުވެރިކަމާއެކު ކިޔަވަމުން ދިޔަ މާއްދާތަކެވެ. ހަމަލާ ބަދަލު ކުރުންތައް މެދުކަނޑާލިފަހުން، މަންސީ އަދި ސްކޫލަކަށް ނުދެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާޢަތުގެ އޮފިޝަލުން ބުނާ ގޮތުގައި، މެއި 9 ވަނަ ދުވަހު ފެށި ހަމަލާ ބަދަލު ކުރުންތަކުގައި އިޒްރޭލުން ވަނީ ޣައްޒާގެ 100 ހައުސިންގް ޔުނިޓް ސުންނާފަތި ކޮށްފައެވެ. އަދި 2000 އިމާރާތަކަށް ގެއްލުން ދީފައެވެ.

މެދުއިރުމަތީގެ މަސްރަޙަށް އދއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު، ޓޯރް ވީންސްލަންޑް ވަނީ، އާންމު ރައްޔިތުން މަރުވާ ގޮތަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. ނަމަވެސް، އިޒްރޭލުން ވަނީ، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފައެވެ. 

ހަމާސް ޖަމާޢަތާއި އިޒްރޭލާ ދެމެދު 2021 ވަނަ އަހަރު 11 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަމަލާ ބަދަލު ކުރުންތަކަށް ފަހު، ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ ދެބައިކުޅަ 1 ބައި، ނުވަތަ 5 ލައްކައެއްހާ ކުދިން ވަނީ ނަފްސާނީ އެހީތެރިކަމަށް ބޭނުން ވެފައި ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) ގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ހުރިހާ ކުޑަކުދިންގެ ދުޅަހެޔޮ ކަމާއި މުސްތަޤުބަލަށްޓަކާ ނަމަވެސް، އިޒްރޭލުގެ އަސްކަރީ އިސްތިޢުމާރަށް ނިމުން ގެނެސް، ތަކުރާރުކޮށް ކުރަމުންދާ ހަނގުރާމަތަކަށް ހުއްޓުމެއް ގެންނަން ޖެހޭ ކަމަށް އދގެ އޮފިޝަލުންނާއި، ފަލަސްޠީނުނަފްސާނީ ޞިއްޙަތާ ބެހޭ ތަޖުރިބާކާރުން ވަނީ ގޮވާލައްވާފައެވެ.

ޣައްޒާއިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު