Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޔުނައިޓެޑާއި އިންޓަ އަކީ ވަރަށް ވަރުގަދަ ދެ ޓީމު: ގާޑިއޯލާ

ގާޑިއޯލާ ބުނީ މީގެ ކުރިން އިޓާލިއަން ލީގަކީ ދުނިޔޭގެ އެއް ވަނަ ލީގުގައި ވާދަކުރަމުން އައި ލީގެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2023 | ބުރާސްފަތި 04:04
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އަދި އިޓާލިއަން ލީގުގެ އިންޓަ މިލާނަކީ ވަރަށް ވަރުގަދަ ދެ ޓީމު ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ އަށް ކުރިއަށް ދެ ފައިނަލް އެބަ އޮތެވެ. އޭގެ ތެރެއިން އެފްއޭ ކަޕްގެ ފައިނަލް ގައި އެ ޓީމު ނިކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ގައި ނިކުންނާނީ އިންޓައާ ދެކޮޅަށެވެ. އެފްއޭ ކަޕްގެ ފައިނަލްގައި ސިޓީން ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މެޗަށް އިޝާރާތްކޮށް ގާޑިއޯލާ ބުނީ، އެ މެޗަކީ ވަރަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް އިދިކޮޅަށް އޮތް ޔުނައިޓެޑު މިހާރު އޮތް ހާލަތާއި، އެ ޓީމު މިފަހުން ނެރެމުން އަންނަ ނަތީޖާތަކުން އެކަން އިނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓައާ ދެކޮޅަށް ސިޓީ ނިކުންނާނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. އެމެޗަށް އިޝާރާތްކޮށް ގާޑިއޯލާ ބުނީ އިޓާލިއަން ލީގުގައި އިންޓަ އިން ކުޅޭ މެޗުތައް އޭނާ ކޮންމެވެސް ވަރަކަށް ބެލި ކަމަށެވެ. ގާޑިއޯލާ ބުނީ އިންޓަ އިން ދައްކަމުން އަންނަނީ އޭނާ ވެސް ހައިރާންވާ ވަރުގެ ކުޅުމެއް ކަމަށާއި، އެހެންކަމުން އެ ޓީމާ ދެކޮޅަށް ކުޅެން ސިޓީން ގިނަ ކަންކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އިޓަލީގެ ޓީމުތަކަކީ ޔޫރަޕުގައި ވެސް ވަރުގަދަ ބައެއްކަން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުނ ޗެމްޕިއަންސް ލީގުގެ ފައިނަލް، ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ވެސް އޮތީ އިޓަލީގެ ތިން ޓީމު ކަމަށާއި، އެއީ އެކަމުގެ ހެއްކެއް ކަމަށް ގާޑިއޯލާ ދެކެ އެވެ.

ގާޑިއޯލާ ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ފުޓުބޯޅަ ކުޅުނުއިރު އިޓާލިއަން ލީގުގައި ވެސް ކުޅެފައިވާނެ ކަމަށާއި، އެ ލީގުގެ ޓީމުތަކުގެ މެންޓާލިޓީ ހުންނާނެ ގޮތް އޭނާ އަށް އިނގޭ ކަމަށެވެ. ގާޑިއޯލާ ބުނީ މީގެ ކުރިން އިޓާލިއަން ލީގަކީ ދުނިޔޭގެ އެއް ވަނަ ލީގުގައި ވާދަކުރަމުން އައި ލީގެއް ކަމަށެވެ. އެހެންކަމުން އޭރުގެ ކުޅުންތެރިންނާއި ކޯޗުން ވެސް ބޭނުންވަނީ އެ ލީގަށް ދާން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ އިންޓަ ފައިނަލަށް ދިޔުމާއެކު އިޓަލީގައި އުޅޭ އޭނަގެ ބައެއް ރަހުމަތްތެރިންނަށް ގުޅި ކަމަށެވެ. އޭގެން ކޮންމެ މީހަކު ވެސް އޭނާ ގާތު ބުނަނީ ސަމާލުވެގެން ހުންނަން ކަމަށް ގާޑިއޯލާ ބުންޏެވެ.

އިތުރަށް އޭނާ ބުނީ ސިޓީ މިހާރު އޮތީ ހިތްހަމަ ޖެހޭ ހިސާބެއްގައި ކަމަށާއި، ދެން ބޭނުންވަނީ ހަަމަޖެހިގެން ކުރިއަށް އޮތް ބޮޑު ދެ ފައިނަލް ކާމިޔާބު ކުރަން ކަމަށެވެ.

މެންޗެސްޓަރ ސިޓީމެންޗެސްޓަރ ޔުނައިޓެޑްއިންޓަރ މިލާންޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު