Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ މިލާން

ޕަވާޑް ހޯދުމަށް ސައުދީގެ ނިއޯމް އިން މަސައްކަތް ކުރަނީ

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނިއޯމްގެ އިތުރުން، ބައެއް އެހެން ކުލަބު ތަކުން ވެސް ވަނީ ޕަވާޑް ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކޮށްފަ އެވެ. އެގޮތުން އޭނާ ކުރިން ކުޅުނު ފްރާންސް ލީލް އާއި، ތުރުކީގެ ގަލަތަސަރާއީ އިން ވެސް ޕަވާޑް ހޯދުމުގެ ޝައުޤުވެރިކަން ގެން ގުޅޭ ކަމަށް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 04:26
އިންޓަރ މިލާން އަށް ކުޅެމުން އަންނަ ބެންޖަމިން ޕަވާޑް

އިންޓަރ މިލާން އަށް ކުޅެމުން އަންނަ ބެންޖަމިން ޕަވާޑް

އިންޓަރ މިލާން އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމަށް، ސައުދީ ޕްރޯ ލީގުގެ ނިއޯމް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު، އުމުރުން 29 އަހަރުގެ ކުުޅުންތެރިޔާ އިންޓަރ މިލާން އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ.

އިންޓަރ މިލާނާއެކު ޕަވާޑު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ނިއޯމް އިން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އެ ކުލަބުން އަންނަނީ އިންޓަރ މިލާން އާއެކު މަޝްވަރާ ކުރުމަށް ތައްޔާރު ވަމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޕަވާޑް ހޯދުމަށް ނިއޯމް އިން އިންޓަރ މިލާނާ އެކު މަޝްވަރާ ކުރި ނަމަވެސް، އެ ކުލަބަށް ބަދަލުވުމާ މެދު ގޮތެއް ނިންމާނީ ޕަވާޑް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ސައުދީ ލީގަށް ބަދަލުވުމާ މެދު މިހާތަނަށް ޕަވާޑް ވަކި ގޮތެއް ނިންމާފައި ނުވާއިރު، އޭނާގެ ނިންމުން މުހިންމު ވާނެ ކަމަށް ބުނެފައިވެ އެވެ.

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނިއޯމްގެ އިތުރުން، ބައެއް އެހެން ކުލަބު ތަކުން ވެސް ވަނީ ޕަވާޑް ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކޮށްފަ އެވެ. އެގޮތުން އޭނާ ކުރިން ކުޅުނު ފްރާންސް ލީލް އާއި، ތުރުކީގެ ގަލަތަސަރާއީ އިން ވެސް ޕަވާޑް ހޯދުމުގެ ޝައުޤުވެރިކަން ގެން ގުޅޭ ކަމަށް ބުނެފައިވެ އެވެ.

ލީލް އިން ސީނިއާ ކެރިއަރު ފެށި ޕަވާޑް ވަނީ ސްޓަޓްގާޓްގެ އިތުރުން ބަޔާން އަށް ވެސް ކުޅެފަ އެވެ. އިންޓަރ މިލާން އަށް ބަދަލުވުމުގެ ކުރިން ޕަވާޑް ވަނީ ބަޔާން އާއެކު ހޭދަ ކުރި ފަސް ސީޒަންގެ ތެރޭގައި އެ ޓީމަށް 163 މެޗު ކުޅެދީ 12 ލަނޑު ޖަހައިފަ އެވެ. އަދި ބަޔާން އާއެކު ޕަވާޑް ވަނީ 11 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ބަޔާން ދޫކޮށްލުމަށް ފަހު އިންޓަރ މިލާން އަށް ބަދަލުވުމަށް ފަހު، މިހާތަނަށް އެ ކުލަބާ އެކު ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި ޕަވާޑް ވަނީ އެ ކުލަބަށް ކުޅެދިން 69 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ. އަދި އިންޓަރ މިލާނާ އެކު އޭނާ ވަނީ އިޓާލިއަން ލީގުގެ އިތުުރުން އިޓާލިއަން ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ޕަވާޑް ވަނީ އިންޓަރ މިލާނާ އެކު ކުޅެފަ އެވެ.

ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނޭ ޕަވާޑް ވަނީ ޤައުމީ ޓީމަށް 55 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް، އަދި 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު