Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

11 އަހަރަށް ފަހު ޖޯޑީ އަލްބާ ބާސެލޯނާ ދޫކޮށްލައިފި

24 މެއި 2023 | ބުދަ 13:12

34 އަހަރުގެ ވާތު ބެކް ދެން ގުޅޭނީ ކޮން ކުލަބަކާކަމެއް އޭނާ ނުބުނޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 24 މެއި 2023 | ބުދަ 13:12
ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ

ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ

11 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ޑިފެންޑަރު ޖޯޑީ އަލްބާ އާއި ބާސެލޯނާއިން އިއުލާނުކޮށްފި އެވެ.

ނަމަވެސް 34 އަހަރުގެ ވާތު ބެކް ދެން ގުޅޭނީ ކޮން ކުލަބަކާކަމެއް އޭނާ ނުބުނެ އެވެ. އޭނާ ހޯދުމަށް ސައޫދީ އަރަބިއާގެ ބައެއް ކުލަބުތަކާއި އިޓަލީގެ އިންޓަމިލާނުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން މިދިޔަ ސީޒަނުގައި ވެސް އިންޓައިން އޭނާ ގަތުމަށް ހުށަހެޅި އެވެ. އެކަމަކު ބާސެލޯނާއިން ނިންމީ އަލްބާގެ ނުގަބޫލުގައި އޭނާ ފޮނުވާނުލުމަށެވެ.

ބާސެލޯނާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކުލަބާއެކު 2024ގެ ނިޔަލަށް އަލްބާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އަލްބާ ދެއްކި ޕްރޮފެޝަނަލް ކަމަށްޓަކައި އޭނާ އަށް ޝުކުރު އަދާކުރާ ކަމަށާއި ބާސެލޯނާ އަކީ އަބަދުވެސް އޭނާގެ ގެ ކަމަށް ބުނެފައިވެއެވެ.

ފްރީ ކުޅުންތެރިއެއްގެ ގޮތުގައި ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު ބާސެލޯނާއިން އޭނާ އަށް ދިނީ ކޮންޓްރެކްޓް ނިމެންދެން ކުލަބުގައި ހުންނަން ބޭނުންނަމަ މުސާރައިގެ 60 ޕަސެންޓް އުނިކޮށްދިނުމަށް އެދުމަށްފަހު އެވެ. އަލްބާ އަށް މިހާރު ވެސް ބާސެލޯނާއިން ގިނަ އަދަދެއްގެ ފައިސާ މުސާރައިގެ ގޮތުގައި ދޭން ޖެހިފައިވެ އެވެ. ނަމަވެސް މިފައިސާ ދޭނެ ގޮތަކާމެދު އަމަލުކުރާނެ ގޮތެއް ދެ ފަރާތުން ވެސް ނުބުނެ އެވެ. ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނަނީ ބާސެލޯނާގެ މާލީ ހާލަތު ދަށްވެފައިވާތީވެ މުސާރައިގެ ވަރަށް ބޮޑު ބައެއް އަލްބާ ދޫކޮށްލާފައިވާ ކަމަށެވެ. ސަބަބަކީ ޔޫރަޕުގެ މުބާރާތްތަކުގައި ވާދަކުރުމަށާއި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މުސާރަ ބިލްކުޑަކޮށް، ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކަށް ފެތެން ބާސެލޯނާ އަށް މަޖުބޫރުވެފައިވާތީ އެކަމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މުސާރަ ބޮޑުވުމުގެ އިތުރުން ބާސެލޯނާއިން އަލްބާ ދޫކޮށްލަން ބޭނުންވި ދެވަނަ ސަބަބަކީ އޭނާގެ މަގާމަށް ކުޅެން ޒުވާން ކުޅުންތެރިން ތިބުމުން މިހާރު ގަވާއިދުން ފުރަތަމަ 11ގައި ކުޅެން ނުލިބޭތީ އެވެ.

އަލްބާ އަކީ ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ބާސެލޯނާގެ ސީނިއާ ޓީމަށް 2012 ވަނަ އަހަރު ގެނައީ ވެލެންސިއާގައި ހުއްޓައި 14 މިލިއަން ޔޫރޯ އަށެވެ. އެއަށް ފަހު އޭނާވަނީ މިދިޔަ 11 އަހަރު 450 މެޗު ކުޅެދީ ގިނަ ތަށިތަކެއް ހޯދައިދީފަ އެވެ.

އަލްބާ ބާސެލޯނާ ދޫކޮށްލާނެކަން އިއުލާކުރީ މި ސީޒަނަށްފަހު ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވެސް ކުލަބާ ވަކިވާނެކަން އިއުލާނުކޮށްފައިވަނިކޮށެވެ.

ބާސެލޯނާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް