Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާ

ސުންނާފަތިކޮށްލިއަސް ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކޮށްނުލަނީ ކީއްވެ؟

5 ވަރަކަށް ދުވަހަށް ދެމިގެންދިޔަ އެންމެ ފަހުގެ ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުން 33 މީހުންގެ ފުރާނަ ވަނީ ގެއްލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 11:15
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ސުންނާފަތިކޮށްފައިވާ ގެތަކުގެ ކައިރީގައި ވަގުތީ ޖިފުޓިތައް ޖަހައިގެން ޣައްޒާގެ ރަށްވެހިން ދިރިއުޅެމުން ދަނީ، ކޮންމެހެން ދާނެ އެހެން ތަނެއް ނެތިގެންނެއް ނޫން

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ސުންނާފަތިކޮށްފައިވާ ގެތަކުގެ ކައިރީގައި ވަގުތީ ޖިފުޓިތައް ޖަހައިގެން ޣައްޒާގެ ރަށްވެހިން ދިރިއުޅެމުން ދަނީ، ކޮންމެހެން ދާނެ އެހެން ތަނެއް ނެތިގެންނެއް ނޫން

ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސީދާ އަސަރު އެންމެ ބޮޑަށް ފޯރާ ބަޔަކީ އާންމު ރައްޔިތުންނެވެ. އެތައް ދުވަހެއްގެ މަސައްކަތުން ކޮޅަށްޖެހި ދިރިއުޅުން ހަފުސްވެދަނީ ކޮންމެވެސް ދެބައެއްގެ މެދުގައި ބަދަލުކުރާ ވަރުގަދަ ހަމަލާތަކުގައެވެ. ޣައްޒާގެ ރަށްވެހިންނަށް މިއީ އާކަމެއް ނޫނެވެ. އިންތިހާ ދަތީގައި އާރާސްތުކުރި ދިރިއުޅުން، ގާކުނޑިއަށް ހަދައިލަނީ ޔަހޫދީ އިޒްރޭލުން ދޭ ހަމަލާތަކުގައެވެ. ފަލަސްތީނުގެ ބިމުން މުސްލިމުން ބާލައި، ޔަހޫދީ ވަޒަންވެރިންގެ ދަރިފަސްކޮޅު ފަތުރައިލުމަށް ފޫގަޅައިގެން އޮތް އިޒްރޭލަށް އެ ފުރުސަތު ދޭކަށް ޣައްޒާގެ ރަށްވެހިން ތައްޔާރެއް ނޫނެވެ. ތިބީ ދޫދޭ ގޮތަކަށްވެސް ނޫނެވެ. ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ކައިރީގައި ދިރިއުޅުން ބިނާކުރަމުން ދަނީވެސް އެ ސަބަބާ ހެދިއެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ސުންނާފަތިކޮށްފައިވާ ގެތަކުގެ ކައިރީގައި ވަގުތީ ޖިފުޓިތައް ޖަހައިގެން ޣައްޒާގެ ރަށްވެހިން ދިރިއުޅެމުން ދަނީ ކޮންމެހެން ދާނެ އެހެން ތަނެއް ނެތިގެންނެއްނޫނެވެ. އަމިއްލަ ވަޒަނުގައި ދިރިއުޅުން އާރާސްތުކުރުމަށް ހިތުގައި އޮތް ވަރުގަދަ އަޒުމެއްގެ ސަބަބުންނެވެ. އިޒްރޭލަށް އެކަން ސާބިތުކޮށްދިނުމުގެ ގޮތުންވެސްމެއެވެ. މި ފަހުން އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ބިމާ ހަމަވި ގެތަކުގެ އަހުލުވެރިންގެ ވާހަކަތަކުންވެސް މިކަމަކަށް ހެކި ލިބެއެވެ.

އުމުރުން 30ގެ އަހަރުތައް ގުނަމުންދާ ރާމީ އަލް-މަސްރީއަކީ ޣައްޒާގައި ބޯކޮށާ ފިހާރައެއް ހިންގާ ޒުވާނެކެވެ. ދިރިއުޅެމުން ދިޔައީ 3 ފަންގިފިލާއަށް ހުރި އިމާރާތެއްގައެވެ. މެއި 13 ވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާގައި އެ އިމާރާތް ބިމާ ހަމަވިއެވެ. އޭގެ ފަހުން ރާމީއާއި އޭނާގެ 2 ފިރިހެން ދަރިން ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ކައިރީގައެވެ. ގޭތެރެއިން ސަލާމަތްކުރެވުނު ހަމައެކަނި އެއްޗަކީ ސޯފާއަކާއި ގޮދަޑިއެކެވެ. ނަމަވެސް، ރާމީ ހުރީ އެހާލުގައިވެސް އެތަން ދޫކޮށް، އެހެން ތަނަކަށް ދިރިއުޅުން ބަދަލުނުކުރާން ނިންމައިގެންނެވެ.

ރާމީ ބުނާގޮތުގައި މިއީ، ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީނަމަވެސް، ދިރިއުޅުން ކޮޅަށް ޖަހައި އާރާސްތުކުރުމަށް ޣައްޒާގެ ރަށްވެހިންނަށް އަޒުމާއި ހިތްވަރު އާކޮށްދެނިވި ކަމަކަށް ވުމަކީ އޭނާ ކުރާ އުއްމީދެކެވެ.

5 ވަރަކަށް ދުވަހަށް ދެމިގެންދިޔަ އެންމެ ފަހުގެ ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުން 33 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 6 ކުޑަކުދިންނާއި، 3 އަންހެނުންވެސް ހިމެނެއެވެ. 150ށްވުރެ ގިނަ މީހުން ޒަޚަމްވިކަމަށް، ޣައްޒާގައި ހިންގާ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއާ ހަވާލާދީ، ރޮއިޓަރޒްއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި އިޒްރޭލުން މަރުވީ 2 މީހުންނެވެ.

އިޒްރޭލާ ޣައްޒާއާ ދެމެދު މި މަހު ބަދަލުކުރަންފެށި ހަމަލާތަކަކީ، މިދިޔަ އަހަރުގެ އޯގަސްޓް މަހަށްފަހު ދެބައި މީހުންގެ މެދުގައި ބަދަލުކުރި އެންމެ ވަރުގަދަ ހަމަލާތަކެވެ. މިދިޔަ އަހަރުގެ ހަމަލާތައް 3 ދުވަހަށް ދެމިގެން ދިޔައިރު، ފަލަސްތީނުން 50 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދުނިޔެޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު