Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

އުރަމަތީ ކެންސަރަށް ފަރުވާއެއް ފެނޭތޯ ރައްޔާނާގެ ދަތުރު، ޖައްވަށް!

22 މެއި 2023 | ހޯމަ 10:34

ދަތުރުގެ މަޤްޞަދު އަމާޒުކޮށްފައި ވަނީ އުރަމަތީގެ ކެންސަރާ ގުޅުން ހުރި ދިރާސާތައް އިތުރަށް ފުޅާ ކުރުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 މެއި 2023 | ހޯމަ 10:34
ރައްޔާނާގެ ނަން، ސަޢުދީގެ ތާރީޚުގައި ލިޔެވިގެން ދަނީ، އެ ޤައުމުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ގޮތުގައި

ރައްޔާނާގެ ނަން، ސަޢުދީގެ ތާރީޚުގައި ލިޔެވިގެން ދަނީ، އެ ޤައުމުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ގޮތުގައި

ސަޢުދީ އަރަބިއްޔާގެ ވަލީއަހުދު ގެގޮތުގައި މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ހަމަޖެހިގެން ދިއުމާއިއެކު އެންމެ ބޮޑު ބަދަލެއް ފެނިގެން ދިޔައީ އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމުގެ ރޮނގުންނެވެ. މީގެ ކުރިން ސަޢުދީގައި އަންހެނަކަށް ވީތީ ހިފަހައްޓާފައި އޮތް ކިތަންމެ ޙައްޤެއް ހޯދާ، ލިބިގަތުމުގެ މަގު ތަނަވަސްކޮށްދިން މަންޒަރު އާންމުވިއެވެ. ސަޢުދީގެ އަންހެނުންވެސް ދަނީ ލިބިފައި އޮތް ފުރުޞަތުގެ ބޭނުން، އެމީހަކަށް ވީ ގޮތަކަށް ހިފަމުންނެވެ. އެފަދަ އެކަކަކީ ސައެންސްވެރިޔާ ރައްޔާނާ ބަރްނާވީއެވެ.

ޢުމުރުން 34 އަހަރުގެ ސައެންސްވެރިޔާ، ރައްޔާނާއަކީ، ކެންސަރަށް ފަރުވާ ހޯދުމަށްޓަކާ ސްޓެމް ސެލްގެ ދިރާސާތައް ކުރަމުން އަންނަ ޒުވާނެކެވެ. އޭގެ އިތުރަށް، ރައްޔާނާގެ ނަން، ސަޢުދީގެ ތާރީޚުގައި ލިޔެވިގެން ދަނީ، އެ ޤައުމުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ނުވަތަ ޖައްވީ ފަޅުވެރިޔާގެ ގޮތުގައެވެ.

ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ރައްޔާނާ ކުރާ ދަތުރުގެ މަޤްޞަދު އަމާޒުކޮށްފައި ވަނީ އުރަމަތީގެ ކެންސަރާ ގުޅުން ހުރި ދިރާސާތައް އިތުރަށް ފުޅާ ކުރުމަށެވެ. ސަޢުދީގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓްގެ އިތުރުން، ރައްޔާނާއަކީ ސަޢުދީއިން އައިއެސްއެސްއަށް ދަތުރު ކުރާ ފުރަތަމަ ޖައްވީ ފަޅުވެރިންގެ ޕޫލުންވެސް ޖާގަ ހޯދާ ޒުވާނެކެވެ.

ވިޔަފާރި އުސޫލުން ޖައްވީ މިޝަންތައް ހިންގާ އެކްސިއޮމް ސްޕޭސްގެ އޭއެކްސް-2 މިޝަންގައި ރައްޔާނާ ބައިވެރިވާނީ، މިޝަން ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. މި މިޝަންއަކީ ޞިއްޙީ ދާއިރާއިން ގިނަ ދިރާސާތަކަކާއި ތަޖުރިބާތަކެއް ކުރިއަށް ގެންދާނެ މިޝަންއެކެވެ. 

މި ތާރީޚީ ދަތުރަށް ތައްޔާރުވަމުން ދިޔަ އިރު، ސަޢުދީގެ އާންމުން ވަނީ އެމީހުންގެ ޝުޢޫރު ފާޅުކޮށް، ސަޢުދީގެ 2 ފަޅުވެރިއަކު ޖައްވަށް ކުރާ ދަތުރާ މެދު ފަޚްރުވެރިވާކަން ހާމަކޮށްފައެވެ.

ރައްޔާނާއަކީ މިދިޔަ 10 ވަރަކަށް އަހަރު ދުވަސް، ކެންސަރ ސްޓެމްސެލްގެ ދާއިރާއިން ދިރާސާތައް ކުރުމުގައި ހޭދަކޮށްފައިވާ ސައެންސްވެރިއެކެވެ. ސެޕްޓެމްބަރު 1988ގައި، ޖިއްދާއަށް އުފަންވި ރައްޔާނާ ވަނީ ބަޔޯމެޑިކަލް ސައެންސަސްގެ ރޮނގުން ގިނަ ސަނަދުތަކެއް ހާސިލު ކޮށްފައެވެ. ސަޢުދީ އަރަބިއްޔާގެ އަލްފައިސަލް ޔުނިވަރސިޓީގެ އިތުރުން، ނިއުޒީލަންޑްގެ އޮޓާގޯ ޔުނިވަރސިޓީއިންވެސް ރައްޔާނާ ވަނީ މަތީ ތަޢުލީމު ހާސިލު ކޮށްފައެވެ.

މެއި 21 އިން ފެށިގެން 8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޖައްވީ މިޝަންގައި، ސަޢުދީގެ ޖައްވީ ފަޅުވެރިޔާ، ޢަލީ އަލް-ޤަރްނީވެސް ބައިވެރިވެއެވެ.

ސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
26 އޯގަސްޓު 2024

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް
22 ޖުލައި 2024

ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި

22 ޖުލައި 2024
ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
17 މެއި 2024

އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި

17 މެއި 2024
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
16 މެއި 2024

ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު

16 މެއި 2024
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު
13 މެއި 2024

ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި

13 މެއި 2024
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް