Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯލީގު

ސައުދީ ޕްރޯލީގު: އަހްލީ ބަލިކޮށް އަލް ނަޞްރު ތާވަލްގެ ތިންވަނައަށް. ހީރޯ އަކީ ދުރާން

އަލް އަޙްލީ އަތުން އަލް ނަޞްރު މޮޅުވެ، ތާވަލްގެ ތިންވަނަ މަޤާމަށް ވަނީ ޖެހިލާފަ. އަލް ނަޞްރު ތިންވަނަ މަޤާމުގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 44 ޕޮއިންޓާއެކުގަ

މެޗު އަލް ނަޞްރުން ކާމިޔާބުކޮށްފައި ވަނީ ޖޯން ދުރާން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 08:51
ސައުދީ ޕްރޮލީގުގައި އަލް އަހްލީ އާއި އަލް ނަޞްްރު ބައްދަލުކުރި މެޗުގެ ތެރެއިން

ސައުދީ ޕްރޮލީގުގައި އަލް އަހްލީ އާއި އަލް ނަޞްްރު ބައްދަލުކުރި މެޗުގެ ތެރެއިން

ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެރޭ އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތާވަލްގެ ތިންވަނަ މަޤާމަށް އަލް ނަޞްރުން ޖެހިފައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗު އަލް ނަޞްރުން ކާމިޔާބުކޮށްފައި ވަނީ ޖޯން ދުރާން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ނެވެ.

މި މެޗުން އަލް ނަސްރު މޮޅުވުމާއެކު އެ ޓީމަށް ލީގުގެ ތިންވަނަ މަޤާމު ލިބުނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 44 ޕޮއިންޓު ލިބިގެންނެވެ.

އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 19 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަލް ހިލާލަށް 19 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ޖޯން ދުރާން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއިން މިދިޔަ ޖެނުއަރީ މަހު އަލް ނަސްރަށް ބަދަލުވި އުމުރުން 21 އަހަރުގެ ޖޯން ދުރާން ވަނީ މި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އަލް ނަސްރުން ނިންމާލާފައިވާއިރު، ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމުގެ މުހައްމަދު ސިމަކަންއަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެއާއި އެކު އެއް ކުޅުންތެރިއަކު މަދުކޮށް އަލް ނަސްރުން ކުޅެން ފެށިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 78 ވަނަ މިނިޓުގައި އަލް އަހްލީގެ އިވާން ޓޯނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެހެން ނަމަވެސް އޭގެ ދެ މިނިޓު ފަހުން އަލް ނަސްރުގެ އައިމަން ޔަހުޔާ ވަނީ އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ އަށް މިނިޓު ފަހުން، މެޗުގެ 88 ވަނަ މިނެޓުގައި ދުރާން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގައި އަލް އަހްލީން ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސުމެއިހަން އަލް ނަބީތުއެވެ.

އަލް ނަޞްރަށް ދެން އެންމެ އަވަހަށް އޮތީ އޭއެފްސީ ޗެމްޕިއަންސް ލީހުގައި އިރާންގެ ޕާސެޕޮލިސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު