Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ - ސައުދީގެ ގުޅުން

ސައުދީ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ސޫރިއާ ގެ އައު ޚާރިޖީ ވަޒީރު އާއި ދިފާއީ ވަޒީރު ސައުދީގައި

ފާއިތުވި މަހު، ސައުދީ ވަފުދެއް ދިމިޝްޤު ގައި ސޫރިއާގެ އައު ވެރިޔާ އަޙްމަދު އަލް-ޝަރާޢު އާ ވަނީ ބައްދަލު ކުރައްވާފައި

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 18:03
ޖެނުއަރީ 2، 2025 - ސޫރިއާގެ ޚާރިޖީ ވަޒީރު ސައުދީގެ ދިފާއީ ވަޒީރު އާއި ޚާރިޖީ ވަޒީރު އާ ސައުދީގައި ބައްދަލު ކުރައްވަނީ

ޖެނުއަރީ 2، 2025 - ސޫރިއާގެ ޚާރިޖީ ވަޒީރު ސައުދީގެ ދިފާއީ ވަޒީރު އާއި ޚާރިޖީ ވަޒީރު އާ ސައުދީގައި ބައްދަލު ކުރައްވަނީ

ސޫރިއާގެ ޚާރިޖީ ވަޒީރު އަސަދް ޙަސަން އަލް-ޝިބާނީ އަދި ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ، ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްޙާން އާއި ސައުދީ ގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އާ ސައުދީ އަރަބިއްޔާގައި ބައްދަލު ކުރައްވައިފިއެވެ.

"އަޅުގަނޑުމެން ސޫރިއާގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ސޫރިއާގެ ރައްޔިތުންގެ އުއްމީދާއި އެދުން ކަމުގައިވާ ރައްކާތެރިކަމާއި، ސުލްޙަވެރިކަމާއި، އެއްބައިވަންތަކަން ހޯދުމަށްޓަކައި ވަގުތީ ސިޔާސީ މަރުޙަލާ އަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބަލައިފީމު،" ޕްރިންސް ޚާލިދު ބައްދަލުވުމަށްފަހު ވިދާޅުވިއެވެ.

އަލް-ޝިބާނީ ސައުދީ އަރަބިއްޔާއަށް ވަޑައިގަތީ ބުދަ ދުވަހު ސޫރިއާ ސަރުކާރުގެ އެހެން ބައެއް އިސް ވެރިންނާއެކުގައެވެ.

މިއީ ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރެއްވުމަށްފަހު ސޫރިއާގެ އައު ވެރިކަމުގެ ފަރާތުން ބޭރު ޤައުމަކަށް ކުރި ފުރަތަމަ ދަތުރެވެ.

"ޚާރިޖީ ވަޒީރު އަސަދް އަލް-ޝިބާނީ، ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ އަދި އާންމު އިންޓެލިޖެންސް ސަރވިސްގެ ވެރިޔާ އަނަސް ޚައްޠާބް ހިމެނޭ ސޫރިއާގެ ރަސްމީ ވަފުދެއް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ޒިޔާރަތްކުރައްވައިފި،" ކަމަށް ސޫރިއާގެ ރަސްމީ ނޫސް ސާނާ އިން ރިޕޯޓުކޮށްފައިވެއެވެ.

މި ބަޔާނުގައި މި ދަތުރުފުޅަކީ "ސައުދީ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރެއްވި ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅު" ކަމަށް ބަޔާންކޮށްފައިވެއެވެ.

ފާއިތުވި މަހު، ސައުދީ ވަފުދެއް ދިމިޝްޤުގައި ސޫރިއާގެ އައު ވެރިޔާ އަޙްމަދު އަލް-ޝަރާޢާ ބައްދަލުކުރެއްވިއެވެ.

ފާއިތުވި ހަފްތާގައި، ސައުދީ އަރަބިއްޔާގެ އަލް-ޢަރަބިއްޔާ އަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޝަރާޢު ވިދާޅުވީ "ސައުދީ އަރަބިއްޔާ ޔަޤީނުންވެސް ސޫރިއާގެ މުސްތަޤުބަލުގައި ބޮޑު ދައުރެއް އަދާކުރާނެ" ކަމަށާއި، "ހުރިހާ އަވައްޓެރި ޤައުމުތަކަށްވެސް ބޮޑެތި އިންވެސްޓްމަންޓް ތައް ކުރުމުގެ ފުރުޞަތުތައް" ސޫރިއާ ގައި އޮތް ކަމަށެވެ.

2011 ވަނަ އަހަރު ސޫރިއާ އަށް އިސްލާހް ގެނައުމަށް ގޮވާލާ ފެށި ސުލްޙަވެރި އިހުތިޖާޖުތަކެއް އަނިޔާވެރިކަމާއެކު ކޮންޓްރޯލު ކުރުމުން ފެށުނު ދާޚިލީ ހަނގުރާމަ، 13 އަހަރަށްވުރެ ދިގު ދެމިގެން ދިއުމުގެ ސަބަބުން ސޫރިއާގެ އިޤްތިޞާދާއި ޢުމްރާނީ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.                     

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު