Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކިިމިކް ދޫކޮށްލުމަށް ބަޔާނުން އެއްވެސް މަޝްވަރާއެއް ނުކުރާނެ

21 މެއި 2023 | އާދީއްތަ 16:51

ކިމިކް ދޫކޮށްލުމަށް ބަޔާނުން ބޭނުމެއްނުވޭ، އެއްވެސް ކުލަބަކާ މަޝްވަރާވެސް ނުކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2023 | އާދީއްތަ 16:51
ބަޔާނަށް ކުޅެމުން އަންނަ ޔޯސުއާ ކިމިކް

ބަޔާނަށް ކުޅެމުން އަންނަ ޔޯސުއާ ކިމިކް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންސިވް މިޑްފީލްޑަރު ޔޯސުއާ ކިމިކް ދޫކޮށްލުމަށް އެ ކުލަބުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ޖަރުމަނުގެ މީޑިއާތަކުގައި ބުނެފިއެވެ.

ކިމިކް ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ޝައުގުވެރިވާ ކަމަށާއި، އޭނާ ހޯދުމަށް ބާސެލޯނާއިން ބަޔާނާއެކު މަޝްވަރާ ކުރާނެކަމަށް މީޑިއާތަކުގައި ވަނީ އަޑު ފެތުރިފައެވެ. އެހެން ނަމަވެސް އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ދޫކޮށްލުމަށް ބަޔާނުން ބޭނުން ނުވާކަމަށާއި، އެކަމުގައި ބަޔާނުން އެއްވެސް ކުލަބަކާ މަޝްވަރާވެސް ނުކުރާނެކަމަށް ބުނެފައިވެއެވެ. ލައިޕްޒިގް ދޫކޮށް، ކިމިކް އެންމެ ފުރަތަމަ ބަޔާނަށް ބަދަލުވީ 2015 ވަނަ އަަހަރުއެވެ. އެ ކުލަބާއެކު އޭނާ ހެދި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2021 ވަނަ އަހަރެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރުގެ އޯގަސްޓު މަހު އޭނާ ވަނީ ބަޔާނާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހަތަރު އަހަރަށް އެކުލަވާލި މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ކިމިކްއަކީ ބަޔާންގެ އިސްވެރިން އެ ކުލަބުގައި ބަހައްޓަން ބޭނުންވާ ކުޅުންތެރިޔެެކެވެ. އަނެއްކޮޅުން 2025 ވަނަ އަހަރު މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަަމަވިނަަމަވެސް، ބަޔާނުން ދިގު މުއްދަތަކަށް އޭނާ ބަހައްޓަން ޝައުގުވެރިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަނެއްކޮޅުން ކިމިކްއަކީ ބަޔާންގެ އައު ކޯޗު ތޯމަސް ޓުޗެލް ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށާއި، ޓުޗެލް އިސްކަންދޭ ކުޅުންތެރިންގެ ލިސްޓުގައިވެސް ކިމިކް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

ކިމިކް ވަނީ މިހާތަނަށް ބަޔާނަށް 346 މެޗު ކުޅެދީ 40 ލަނޑު ޖަހައިފައެވެ. އޭނާ ވަނީ އެ ކުލަބާއެކު 19 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައ ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެއެވެ. ބައެއް މެޗުތަކުގައި ކިމިކް ވަނީ ބަޔާންގެ ކެޕްޓަން ބޭންޑު އަޅައިގެންވެސް ކުޅެފައެވެ.

ބަޔާން މިއުނިކްޔޯސުއާ ކިމިކްބާސެލޯނާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް