Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޑި ޔޯންގެ އެއްބަސްވުން އައު ކުރުމަށް ބާސެލޯނާ އިން މަޝްވަރާ ކުރަނީ

ޑި ޔޯން އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2023 | އާދީއްތަ 16:28
ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޯން

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޯން

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފެށުމަށް އެ ކުލަބުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަޔެކްސް ދޫކޮށް 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވުމަށް ފަހު އޭނާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޑި ޔޯން ހިމެނުން ކަމަށާއި، އޭނާ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރި ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ޑި ޔޯން އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔެއް ނޫނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑި ޔޯން ބުނީ މިދިޔަ ސީޒަނުގައި ކުލަބުން އޭނާ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ދެެކެވުނު ނަމަވެސް، ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަަށް ނޭނގޭނެ ކަމަށެވެ. އޭނާ ބުނީ، މި ކުރީ ސީޒަނަށްވުރެ މި ސީޒަނުގައި ކަންތައް ވެދާނެ ގޮތް ވެސް ތަފާތު ވާނެ ކަމަށެވެ. އެކަން ފާހަގަކޮށް ޑި ޔޯން ބުނީ ބާސެލޯނާގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. ހަމައެއާއެކު ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ނުވަތަ ކުލަބުގެ އެހެން އެއްވެސް ފަރާތަކާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާނެކަން އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ.

ބާސެލޯނާ އިން ބައެއް ކުޅުންތެރިން ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޑި ޔޯން އަކީ ދޫނުކުރާނެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ ނިންމާފައިވާ ކުޅުންތެރިޔެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަނެއްކޮޅުން އަންނަ އަަހަރަށް އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ކުރިއަށް އިތް ދުވަސްތަކުގައި ބާސެލޯނާ އިން އޭނާއާއެކު އައު އެއްބަސްވުމުގެ ވާހަކަތައް ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑި ޔޯން ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް 40 މެޗު ކުޅެދީ، ދެ ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެ ކުލަބާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

ބާސެލޯނާފްރެންކީ ޑި ޔޮން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު