Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލް

އުއްޗުގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަލް ޕްރީސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީ ދެއްވައިފި

މީގެތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި، އަދި އަނެއްބައި ތަކެތީގެ ގޮތުގައި ވަނީ ހަދިޔާކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 މެއި 2023 | އާދީއްތަ 13:32
އުއްޗުގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލަށް ދެއްވި އެހީ ހަވާލުކުރުން

އުއްޗުގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލަށް ދެއްވި އެހީ ހަވާލުކުރުން

ޗަމްޕާ ބްރަދަރސްގެ ފަރާތުުން ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ.

މިއީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި، ހޯރަފުށީ އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޗަމްޕާ ބްރަދަރސްގެ ޗެއަރމަން އުއްޗު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ހޯރަފުށީގެ ރައްޔިތުން އެމަނިކުފާނަށް ހުށަހެޅި ހުށަހެޅުންތަކެކެވެ.

Advertisement - newsAdvertisement

އަދި ރައްޔިތުން ބޭނުންވިގޮތަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އުއްޗު ވިދާޅުވިއެވެ. ވައުދުވެވަޑައިގެންނެވިގޮތަށް ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީ މީގެ ކުރިންވެސް ވަނީ ފޯރުކޮށްދެއްވާފައެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުވެސް އުއްޗުގެ ފަރާތުން ވަނީ ހޯރަފުށީ ކައުންސިލާ އިތުރު އެހީ ހަވާލުކޮށްދެއްވާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އުއްޗުގެ ފަރާތުން ހޯރަފުށީ ކައުންސިލާ މި ތަކެތި ހަވާލުކޮށްދެއްވީ، ދަރިކަނބަލުން، ސާރާ މުހައްމަދު މޫސާއެެވެ. ހޯރަފުށީ ކައުންސިލްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދެވެ.

އުއްޗުގެ ފަރާތުން ވަނީ ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލަށް 1،171،558 (އެއްމިލިއަން އެއްލައްކަ ހަތްދިހައެއްހާސް ފަސްސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެހީ ދީފައެވެ. މީގެތެރެއިން ބައެއް މާލީ އެހީގެގޮތުގައި، އަދި އަނެއްބައި ތަކެތީގެގޮތުގައި ވަނީ ހަދިޔާކުރައްވާފައެވެ. މިގޮތުން ތަކެތީގެ ގޮތުގައި ހަދިޔާކުރައްވާފައިވަނީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި، އޮފީސް އިކުއިޕްމެންޓާއި، ކުދިން ކުޅެއުޅޭ ޕްލޭގްރައުންޑަށް ބޭނުންވާ ތަކެއްޗެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވަނީ, އުއްޗުގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީސްކޫލަށް ވެދެއްވާފައިވާ އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ހޯރަފުށީ ރައްޔިތުންގެ ފަރާތުން ވަނީ ޗަމްޕާ ބްރަދަރސްގެ ޗެއަރމަން ހޯރަފުއްޓަށް ކޮށްދެއްވާ ޚިދުމަތްތަކަށްޓަކައި ޝުކުރު ދަންނަވައި ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމެވެ. މި ފިލައާ ހަވާލުވެވަޑައިގެންނެވީ އުއްޗުގެ ދަރިކަނބަލުން، ސާރާއެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ އާއްމު ޒިންމާގެ ދަށުން އަޅާ ސްކޫލެކެވެ. އެ ސްކޫލުގެ ބިންގާ އަޅާފައިވަނީ 2022 މާޗު 31 ވަނަ ދުވަހުއެވެ.

ހޯރަފުށީ އިންޓަރނޭޝަލް ޕްރީސްކޫލްހއ. ހޯރަފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު