Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހއ. ހޯރަފުށި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

ތިން ފަހަރު މަތިން ހޯރަފުށީ ސިްހީ މަރުކަޒަށް ގެންދިއުމުންވެސް ބުނީ މައްސަލައެއް ނެތް ކަމަށެވެ. އެންމެ ފަހުން އާރުޓީއެލްގައި ދިއްދޫއަށް ގެންދިއުމުން އިމަރޖެންސީގައި އޮޕަރޭޝަން ކޮށްފައި ބުނީ އިތުރަށް ލަސްކުރިނަމަ ފުރާނައަށް ގެއްލުންވާނެ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 10:42
ހޯރަފުށީ ސިއްހީ މަރުކަޒުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހޯރަފުށީ ސިއްހީ މަރުކަޒުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

5 އަހަރުގެ ކުޑަކުއްޖަކު އިތުރު ފަރުވާއަށް ފޮނުވައިދިނުމަށް ހއ ހޯރަފުށީ ސިއްހީ މަރުކަޒުގައި އާސަންދަ އަދި ސީ އެމްބިއުލާންސް ހަމަޖައްސައިދޭން އާދޭސް ކުރުމުންވެސް އެކަށް ކޮށްނުދީ ހުއްޓާ ފުރާނަ ސަލާމަތްވީ ކިރިއާ އެވެ.

މިކަން ހިނގަައި ދިޔައީ މީގެ 3 ދުވަސް ކުރިން ހއ. ހޯރަފުށީގައެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން 5 އަހަރުގެ ކުއްޖާގެ ކާފަ އަހުމަދު ރައުފު ބުނީ އޭނާގެ ކާފަ ދަރިފުޅު ބަނޑަށް ތަދުވާތީ ހޯރަފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ހޮނިހިރު ދުވަހު ގޮވައިގެން ދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އޮބަޒަވޭޝަނަށް ބޭއްވުމަށްފަހު ބޭސް ދީފައި ގެެއަށް ފޮނުވާލި ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހު ކުއްޖާ ބަނޑަށް އިތުރަށް ތަދުވެ ކުރިމަތި ފަރާތް ދުޅަވެފައި ހުރުމުން އަނެއްކާވެސް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެއްވެސް ވަރަކަށް އިމަރޖެންސީ ނޫން ކަމަށާއި، ސީރިއަސް ނޫން ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށް ކުއްޖާގެ ކާފަ އަހުމަދު ރައުފް ބުންޏެވެ.

ރައުފު ބުނީ ކުއްޖާގެ ކުރިމަތިފަރާތް ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައި ހުރި ކަމަށާއި، ކުއްޖާ އުޅުނީ ވޭނުގައި ކަމަށެވެ. އަދި އެކަމަށް އެއްވެސް ހައްލެ ނުލިބި އާދިއްތަ ދުވަހުގެރޭ 9 ޖަހާ އެހާކަންހާއިރު އަނެއްކާވެސް ހޮސްޕިޓަލަށް ގޮސް އިމަރޖެންސީގައި ފޮނުވައިދިނުމަށް އެދުނު ކަމަށެވެ. ރައުފު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކުޑަ ލޯންޗެއްގައި ދަތުރު ނުކުރެވޭ ކަމަށާއި، ސީ އެމްބިއުލާންސްގައި ފޮނުވައިދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ.

ރައުފު ބުނީ ފުޓުބޯޅަ ކުޅެގެން ފަޔަށް ތަދުވާ ކުއްޖާވެސް ސީ އެމްބިއުލާންސްގައި އާސަންދައިގެ ދަށުން ދިއްދޫ އަދި ކުޅުދުއްފުއްޓަށް ފޮނުވާލާ ކަމަށެވެ. ނަމަވެސް އޭނާގެ ކާފަ ދަރިފުޅު ހާލަތު ސީރިއަސް ނޫން ކަމަށާއި، އާސަންދަ ނުލިބޭނެ ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށާއި، އާދީއްތަ ދުވަހުގެ ރޭގަނޑު 9 ޖެހި އިރު ގެންދިޔަ ކުއްޖާ ދޫކޮށްލީ އެރޭ ދަންވަރު 1:30 ގައި ކަމަށެވެ.

ރައުފު ބުނީ ސިއްހީ މަރުކަޒުން އެއްވެސް މަގެއް ހޯދައި ނުދިނުމުން އެރޭ އެއްކޮށް ހޭލާ ތިބެގެން ހެނދުނު އޮތް އާރުޓީއެލް ފެރީއިން ޓިކެޓް ނަގައިގެން އަމިއްލަ ގޮތުން ދިޔައީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން އެޑްމިޓް ކުރި ކަމަށާއި، އިތުރަށް ވަގުތު ހޭދަވިނަމަ ކުއްޖާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ރައުފު ބުންޏެވެ.

ރައުފު ބުނީ ދިއްދޫ ހޮސްޕިޓަލުގައި އިމަރޖެންސީގައި ވަގުތުން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށާއި، އެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުންވެސް ކުރެވޭ އޮޕަރޭޝަނެއް ނޫން ކަމަށެވެ. ނަމަވެސް ކުއްޖާގެ ހާލަތާއި ފުރާނައަށް ނުރައްކާވެދާނެތީ ހޮސްޕިޓަލުން އެކަން ކުރި ކަމަށެވެ. އަދި އިތުރު ތަނަކަށް ގެންދެވެން ނެތުމުން މަޖުބޫރު ވެގެން އޮަޕަރޭޝަން ކޮށް ފުރާނަ ސަލާމަތްކުރުމަށް ހުއްދަ ދިން ކަމަށް ރައުފު ބުންޏެވެ.

ރައުފު ބުނީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން ކުއްޖާއަށް ލިބުނީ ނިކަމެތި ކަމެއް ކަމަށާއި، އާސަންދަ ހަމަނުޖައްސާ އެހެން ތަނަކަށް ނުފޮނުވާ ލަސްކުރުމުގެ ނަތީޖާއަކަށްވީ ކުއްޖާގެ ހަށިގަނޑުން އައިބުކަމެއް ގެނެވިކަމެއް ކަމަށެވެ. ރައުފު ބުނީ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް މިއީ ބޮޑު އިހުމާލެއް ކަމަށާއި، މި މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

އާސަންދަ ހަމަޖައްސައި ނުދީ ލަސްކޮށް ސީ އެމްބިއުލާންސް ހަމަނުޖެއްސީ ކީއްވެގެންތޯ ސުވާލުކުރުމުން ރައުފު ބުނީ އެއްވެސް ގޮތަކަށް އެކަން ނުކޮށްދިން ސަބަބެއް ނޭނގޭ ކަމަށެވެ. ކުދިކުދި ކަންކަމުގައި ސީއެމްބިއުލާންސް ހަމަޖައްސާ ބަލިމީހުން ދިއްދޫ އަދި ކުޅުދުއްފުއްޓަށް ފޮނުވާލާއިރު، އޭނާގެ ކާފަ ދަރިފުޅު ނުފޮނުވީ އެމީހުންގެ ފިކުރު ތަފާތުވެގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. އަދި މަރުކަޒުގެ އިންޗާޖަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން މީގެ ކުރިންވެސް 9 މަހުގެ ކުޑަކުއްޖަކަށް 18 މަހުގައި ދޭންޖެހޭ ނުބައި ވެކްސިނެއް ދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ހއ. ހޯރަފުށިއަޙްމަދު ނާއިފްޞިއްޙީ މަރުކަޒުއާސަންދަސީ އެމްބިއުލާންސްހއ. ދިއްދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

10 ނޮވެމްބަރު 2025
ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު