Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންކަރިން ޖަލްސާ

ބަންކަރިން ޖަލްސާ އަށް ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅި އެމްޓީސީސީ މުވައްޒަފުން ލައްވާ ހަލާކު ކޮށްލައިފި

ހޭޅި އާލާކުރުމުގެ ގޮތުން އިންދާފާއިވާ ފިތުރޯނު ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ ގައި ވަނީ އާންމުވެފަ

ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 11:50
 ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅި ހަލާކުވެފައި

ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅި ހަލާކުވެފައި

މޯލްޑިވްސް އިކޮނިމިކް ގޭޓްވޭ މަޝްރޫއުގައި ހިމެނޭ އިންޓަނޭޝަނަލް ބަންކަރިން ގެ ޚިދުމަތް އިފްތިތާހް ކުރުމުގެ ޖަލްސާ ބާއްވަން ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅީގައި ހުރި ފިތުރޯނު ގަސްތަކަށް އެމްޓީސީސީ މުވައްޒަފުން ނެރެގެން ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ހޯރަފުށިން ވާހަކަ ދެއްކި ފަރާތަކުން ބުނީ، ރީތީ ކޮށް ހެދެމުން އައި ފިތޯރު ހޭޅި އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އިރުވައި މޫސުމުގައި އަންނަ ގަދަވައިން ރަށަށް ހިމާޔާތް ކުރުމަށް އެ ސަރަހައްދުގައި ހައްދަމުން ދިޔަ ހޭޅި ހަލާކުކޮށްލީ ކުއްލި ގޮތަކަށް ކަމަށާއި އެކަން ސަރުކާރުން ކުރީ އެމްޓީސީސީގެ މުވައްޒަފުންނާއި މެޝިނަރީ ބޭނުން ކޮށްގެން ބުރާސްފަތި ދުވަހުއެވެ.

ހޭޅި އާލާކުރުމުގެ ގޮތުން އިންދާފާއިވާ ފިތުރޯނު ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ ގައި ވަނީ އާންމުވެފައެވެ.

ހޯރަފުށިން މި ނޫހާ ވާހަކަ ދެއްކި ކަންސިލް މެމްބަރަކު ވިދާޅުވީ، ހޭޅީގައި ހުރި ފިތުރޯނު ގަސްތައް ކޮށާއި، ބައެއް ގަސްތައް ކަނޑާފައިވަނީ ކައުންސިލްގައި މަޝްވަރާ ކުރެވިގެން ނޫން ކަމަށާއި، އިވޭ ވާހަކަތަކުން އެކަން ސަރުކާރުން ކުރީ ޖަލްސާ އޮންނަ ސަރަހައްދުގައި ތިބޭއިރު މޫދު ނުފެންނާތީ ކަމަށް ބުނެއެވެ.

"އެ ސަރަހައްދުގައި ތިބޭއިރު ރައްޔިތުންނަށް ދައްކަން ގެނެސް އޮތް ކޮންޓޭނަރު ބޯޓެއް ނުދެއްކޭތީ ހޭޅީގެ ދުވަސް ދުއްވާލީ،" ހޯރަފުށީ މީހަކު މި ނޫހަށް ވާހަކަ ދައްކަމުން ބުންޏެވެ.

'އެކަމަކު މިދިނީ ވަރަށް ބޮޑު ގެއްލުމެއް، ވަގުތުކޮޅެއްގެ ބަޔެއްގެ އުފަލައް ރީތިކޮށް ހެދިފައިވާ ހޭޅި އެ ނައްތާލީ،" އޭނާ ބުންޏެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހޯރަފުށީގައި ބާއްވާއިރު، އެ އަތޮޅު އުލިގަމުގައިވެސް ހަމަ އެ މުނާސަބަތުގައި ކުލަގަދަ ޖަލްސާއެއް ބުރާސްފަތި ވިލޭރޭ ވަނީ ބާއްވާފައެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ބައިނަލް އަގްވާމީ ރޭޓިން އެޖެންސީންތަކުން ބާރު އަޅަމުންދާ މި ދަނޑިވަޅުގައި، ދެ ރަށުގައި އެއްކަމަކަށް ދެ ޖަލްސާ ބޭއްވުމުގެ އިތުރުން ހޯރަފުށީ ރަށްވެރި ބީޗް ގައި ބުރާސްފަތި ދުވަހު ހަވީރު އޮންނަ ޖަލްސާ އަށް މީހުން ގެންގޮސްފައިވަނީ ފްލައިޓް ޗާޓަރު ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. އިވެންޓު އިންތިޒާމް ކުރުމަށް ހޯރަފުއްޓަށް ދިޔަ ސަރުކާރުގެ އޮފިޝަލަކު ނަން ނެޖުހުމަށް ޝަރުތުކޮށް ބުނީ "ކުލަ ގަދަ ޖަލްސާ" އެއް ބޭއްވުން ފިޔަވާ އެއްވެސް އިތުރު ކަމެއް ހޯރަފުށީގައ ކުރުމަށް ރޭވިފައެއް މިވަގުތައް ނެތް ކަމުގައެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ފެން ބާޖު ތުރާކުނު ބަނދަރުގައި ބޭއްވުމުގެ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތުރާކުނު ކައުންސިލް އާއެކު ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮށްފައެވެ. މަޝްރޫގެ އައިއެސްޕީއެސް ގޭޓް ހުންނަނީ އުލިގަމުގައެވެ. ހޯރަފުށީގައި ޖަލްސާ އޮތަސް ކުރަން ހަމަޖެހިފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.

ހއ. ހޯރަފުށިބަންކަރިންގއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
31 އޮކްޓޯބަރު 2025

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު