ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް މެންބަރު އަލީ މޫސާ ނެންގެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަމުން ގެންދަވަނިކޮށެވެ.
މެންބަރު އަލީ މޫސާ ވިދާޅުވީ މިއަދު މިއީ ހިތާމަ ކުރަންޖެހޭ ދުވަހެއް ކަމަށާއި، އެއީ ބޮޑު ސިޔާސީ ޕާޓީއަކުން ރިޕޯޓަކަށް ވާހަކަ ދައްކާއިރު، އެއްވެސް ދިރާސާއެއް ނުކޮށް އެއްވެސް ވަރަކަށް އޭނގައި އޮތް އެއްޗެއް ނުބަލައި ވާހަކަ ދައްކާކަން އެނގޭ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް ކަނޑައަޅަން އުޅޭކަން ފާހަގަކުރައްވައި ވާހަކަ ކުރިއަށް ގެންދަވަނިކޮށް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރު އަލީ މުސާގެ ވާހަކަ ދެއްކެވުން ހުއްޓުވާފައެވެ.
އަސްލު މިއަދު މިއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަންޖެހޭ ދުވަހެއް. އެއީ ބޮޑު ސިޔާސީ ޕާޓީއަކުން ރިޕޯޓަކަށް ވާހަކަ ދައްކާއިރު އެއްވެސް ދިރާސާއެއް ނުކޮށް އެއްވެސް ވަރަކަށް އޭނގައި އޮތް އެއްޗެއް ނުކިޔައި އައިސް ވާހަކަ ދައްކާކަށް އެބޭފުޅާ ދައްކާ ވާހަކައިން އަޅުގަނޑުމެންނަށް އެނބަ އެނގޭ. އަސްލު އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް މިއަދު ކަނޑައަޅަން މިއުޅެނީ އަސްލު. ރައީސްއާއި ނައިބުރައީސް ކަމަށް އެއްފަހަރު ބުނެފި. އެހެންގައުމުތަކުގައި މިކަން ކުރަން...
ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ![]()
އަބްދުއްރަހީމް ވިދާޅުވީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށާއި، އެއް މެންބަރަކު ދައްކާ ވާހަކައަކަށް ޖަވާބު ދިނުމަށް އަނެއް މެންބަރަކަށް ފުރުސަތެއް ނޭރުވޭނެ ކަމަށެވެ. އަދި ވާހަކަ ދައްކަވަމުން ގެންދަވާ މައުޟޫއަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މަސައްކަތް ކުރަނީ އިލެކްޝަން ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނޫން ކަމަށާއި، ކުރިއަށް ދަނީ އޭސީސީގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.
އިއްޒަތްތެރި މެންބަރު. މި ނިޒާމީ ނުކުތާއެއް ކަމަކަށް ބަލައެއް ނުގަންނަން. އެ މެންބަރަކު ދައްކާ ވާހަކައަކަށް ޖަވާބުދޭ ކަށް އަނެއް މެންބަރަކަށް އަޅުގަނޑަށް ފުރުސަތެއް ނޭރުވޭނެ. އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަކަށް ނޫން އޭސީސީގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރައްވަނީ
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ![]()
އެވަގުތު ކުރިއަށް ދިޔައީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި އެ ރިޕޯޓަށް ބަހުސްކުރެއްވުމުގެ މަސައްކަތެވެ.
ނަމަވެސް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ނިޒާމީ ނުކުތާއެއް ކަމަށް ވިދާޅުވެ ދެއްކި ވާހަކަތަކުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.