Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ހަމަޖެހުން

ރާއްޖެއަކީ އެކުވެރިކަމާއި ހަމަޖެހުމާއެކު ތަރައްޤީގެ މިސްރާބުގައި ކުރިއަށްދާ ޤައުމެއްކަން ކަށަވަރުކޮށްދެއްވާނަން - ރައީސް

30 ޖެނުއަރީ 2025 | ބުރާސްފަތި 07:08

ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ވަށާޖެހޭ ތަރައްޤީއެއް ހޯއްދަވައިދެއްވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖެނުއަރީ 2025 | ބުރާސްފަތި 07:08
ަރައީސް މުއިއްޒު ހއ. ހޯރަފުށީގައި ސަލާންކުރަން ހުރި ކުއްޖަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ަރައީސް މުއިއްޒު ހއ. ހޯރަފުށީގައި ސަލާންކުރަން ހުރި ކުއްޖަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

މާތް ﷲގެ އިރާދަފުޅާއެކު ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެދޭ ފަދަ އެކުވެރިކަމާއި، ހަމަޖެހުމާއެކު ތަރައްޤީގެ މިސްރާބުގައި ކުރިއަށްދާ ޤައުމެއްކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މި ފަދައިން ޔަޤީންކަން ދެއްވައި، ރައީސް ވާހަކަފުޅުދައްކަވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

Advertisement - newsAdvertisement

ކޮންމެ ދިވެހި ރައްޔިތެއްގެ އަޒުމަކަށް ވާންވީ، ޤައުމުގެ ތަރައްޤީގެ ކަންކަމުގައި އެކަތިގަނޑަކަށްވުން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ޤައުމަށް އަންނަ ކޮންމެ ތަރައްޤީއަކީ ތިބާއަށް ލިބޭ އުފަލަކާއި ފަޚްރެއް ކަމުގައި ޤަބޫލުކުރެއްވުމަށް އެދިވަޑައިގެންފައެވެ. ކޮންމެ ރައްޔިތަކީވެސް ޤައުމު ދެކެ ލޯބިވާ، ޤައުމު އިސްކުރާ، ޤައުމީ މީހަކަށް ވުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ. ޙަޤީޤީ މާނައިގައި ޤައުމު ކުރިއަރައި ދާނީ، މި ފަދައިން ޤައުމީ ލޯތްބާއެކު ގުޅި، ލާމެހިގެންދާ ހިސާބުން ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ފުރިހަމަ ކާމިޔާބީތަކެއް ލިބެން އޮތީ، އެ ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުކުރެވިގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދާ ހަމައަށް އައިއިރުވެސް ޤައުމުގައި ހަމަޖެހުން އޮތްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ވަށާޖެހޭ ތަރައްޤީއެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ކަންކަމާ މެދު ވިސްނާ ވިސްނުން ތަރައްޤީވާންޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ ޒިންމާއަކަށް ހަދަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ޤައުމު ތަރައްޤީ ކުރުމުގައި އެކަތިގަނޑަކަށް ވުމަކީ، ދިވެއްސަކަށް ވީތީ، ދިވެހި ޤައުމުދެކެ ފަޚްރުވެރިވާ ހާލު ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ދެން ހުރި ޚިޔާލުތައް އަންނަންވީ އޭގެ ފަހަތަށް ކަމަށާއި، އެއީ ސިޔާސީ ގޮތުން ކަމުގައި ވިޔަސް، ނުވަތަ އެހެން މައުޟޫއަކަށް ކަމުގައި ވީ ނަމަވެސް، އަދި ޚިޔާލު ތަފާތުވުން ކަމުގައި ވީ ނަމަވެސް، އެ ކަމެއް އަންނަންވީ އެއަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޤައުމަށްޓަކައި ކޮށްދެވޭނެ ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާ، އަދުގެ ސަރުކާރުން ފުރިހަމަ ޔަޤީންކަމާއެކު އެ ޙައްޤުތައް ފޯރުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ޤާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށްވެސް ދެއްވާނެ ކަމަށާ، ޤާނޫނުގެ ބޭރުން ކަމެއް ކުރުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމުގައި އެ މަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.

ހއ. ހޯރަފުށިރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް