Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ ހާފްވޭ ހައުސް

ހއ. ހޯރަފުށީގައި ހިންގަމުންދިޔަ ހާފްވޭ ހައުސް އުވާލުމަށް ފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

6 ޖޫން 2024 | ބުރާސްފަތި 18:38

ޚިދުމަތް ދޭނެ ކުދިން ނެތިގެން އެތަން އުވާލާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގައި ހުންނަ ހަމައެކަނި ހާފްވޭހައުސް، ހުޅުމާލޭގައި ހުރުމުން ގިނަ ގޮންޖެހުންތަކެއް ދިމާވާކަން ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖޫން 2024 | ބުރާސްފަތި 18:38
ހޯރަފުށީ ހާފްވޭ ހައުސް

ހޯރަފުށީ ހާފްވޭ ހައުސް

ހއ. ހޯރަފުށީގައި ހިންގަމުންދިޔަ ހާފްވޭ ހައުސް އުވާލުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

އެކަން ހާމަކޮށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު މުވައްޒަފުންނަށް ފޮނުވި ސިޓީ އެއް ރާއްޖެ އެމްވީ އަށް ވެސް ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

އެ ސިޓީގައި ބުނެފައިވަނީ ހޯރަފުށީގެ ހާފްވޭ ހައުސް އުވާލީ އެ ހިދުމަތް ދޭނެ ކުދިން ނެތުމުން ކަމަށެވެ. މީގެއިތުރުން، މީގެ ކުރިން ހާފްވޭހައުސް ހިންގި އިމާރާތް ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެތަނުގެ މުވައްޒަފުން ވަކި ކުރަނީ ސިވިލް ސަރވިސް ކޮމިޝަންގެ ލަފާގެ މަތިން ކަމަށެވެ. އެހެންކަމުން ހާފްވޭ ހައުސްގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ. ސީއެސްސީގެ ލަފަޔާއި އެކު މުވައްޒަފުން ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރަށް ވުރެ މަދުނަމަ، އެއް މަސްދުވަހުގެ ނޯޓިސް އަކާއި އެކު ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ހޯމް މިނިސްޓަރީގެ ޑިރެކްޓަރ ޖެނެރަލް (އެކްޓިން ޕާމަނަންޓު ސެކްރެޓަރީ) އަހުމަދު ޝަރީފް ނަފީސްއެވެ.

ހޯރަފުށީ ހާފްވޭހައުސްއަކީ މާލެއިން ބޭރުގައި ގާއިމުކުރި އެފަދަ ފުރަތަމަ މަރުކަޒުކަން ފާހަގަކޮށްލެވެއެވެ.

ޚިދުމަތް ދޭނެ ކުދިން ނެތިގެން އެތަން އުވާލާކަމަށް ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގައި ހުންނަ ހަމައެކަނި ހާފްވޭހައުސް، ހުޅުމާލޭގައި ހުރުމުން ގިނަ ގޮންޖެހުންތަކެއް ދިމާވެއެވެ.

ހއ. ހޯރަފުށި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި
02 ސެޕްޓެމްބަރު 2025

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި
17 ފެބުރުއަރީ 2025

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
30 ޖެނުއަރީ 2025

ރާއްޖެއަކީ އެކުވެރިކަމާއި ހަމަޖެހުމާއެކު ތަރައްޤީގެ މިސްރާބުގައި ކުރިއަށްދާ ޤައުމެއްކަން ކަށަވަރުކޮށްދެއްވާނަން - ރައީސް

30 ޖެނުއަރީ 2025
ރާއްޖެއަކީ އެކުވެރިކަމާއި ހަމަޖެހުމާއެކު ތަރައްޤީގެ މިސްރާބުގައި ކުރިއަށްދާ ޤައުމެއްކަން ކަށަވަރުކޮށްދެއްވާނަން - ރައީސް
19 ސެޕްޓެމްބަރު 2024

ބަންކަރިން ޖަލްސާ އަށް ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅި އެމްޓީސީސީ މުވައްޒަފުން ލައްވާ ހަލާކު ކޮށްލައިފި

19 ސެޕްޓެމްބަރު 2024
ބަންކަރިން ޖަލްސާ އަށް ހޯރަފުށީ އިރުމަތި ފަރާތުގެ ހޭޅި އެމްޓީސީސީ މުވައްޒަފުން ލައްވާ ހަލާކު ކޮށްލައިފި
04 ޑިސެމްބަރު 2023

ހޯރަފުށީ ބޮޓްލިންގ ޕްލާންޓްގެ ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުންދިޔަ 22 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

04 ޑިސެމްބަރު 2023
ހޯރަފުށީ ބޮޓްލިންގ ޕްލާންޓްގެ ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުންދިޔަ 22 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
04 އޯގަސްޓު 2023

ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް
04 އޯގަސްޓު 2023

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް