Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ ދުވަސް

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ޖަލްސާގައި 88 ފަރާތަކަށް ތަޢުލީމު، ސިއްޙަތު، ކުޅިވަރު، އިޖުތިމާޢީ ހިދުމަތް، ވިޔަފާރި އަދި ދީނީ ދާއިރާއިން އެވޯޑް ދެވޭނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 11:18
ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގަންނަވަނީ

ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގަންނަވަނީ

"ހޯރަފުށީ ދުވަސް" ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފިއެވެ.

ރައީސް ޞާލިހްގެ މި ދަތުރުފުޅަކީ ހޯރަފުށީ ކައުންސިލްްގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. ހޯރަފުށީ ދުވަހުގެ ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އެރަށަށް ޝަރަފްވެރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކާއި ރަށަށް ރީތި ނަމާއި ޝަރަފް ހޯދައިދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުން ކަމުގައި ހއ. ހޯރަފުށި ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

މި އަހަރުގެ ހޯރަފުށީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާގައި ތަފާތު 11 ދާއިރާއަކުން ހިދުމަތްތެރީންގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު 5 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި އަހަރުގެ ޖަލްސާގައި 88 ފަރާތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު، މި ފަރާތްތަކުގެ ތެރޭގައި ތަޢުލީމު، ސިއްޙަތު، ކުޅިވަރު، އިޖުތިމާޢީ ހިދުމަތް، ވިޔަފާރި އަދި ދީނީ ދާއިރާގައި ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ހިމެނެއެވެ.

މީގެ ކުރިން 2022 ވަނަ އަހަރުގައި ވެސް ހޯރަފުށީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވާފައިވެއެވެ. އެ ޖަލްސާގައި ހޯރަފުއްޓަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ 91 ފަރާތަކަށް އެވޯޑް ދެއްވާފައިވެއެވެ. މި ޙަރަކާތަކީ ރަށުގެ ތަރައްގީއަށް ކޮށްދެވޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލުން ފެށި ވަރަށް ފާހަގަކޮށްލެވޭ ޙަރަކާތެކެވެ.

ރައީސް ޞާލިހްގެ ވެރިކަމުގައި ހޯރަފުށީގައި ތަރައްގީގެ އިންގިލާބީ މަސައްކަތްތަކެއް ފައްޓަވައި ގިނަ މަސައްކަތްތައް ނިންމަވާފައިވެއެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓެއް އެޅުމަކީ އެންމެ ބޮޑު ހުވަފެނެއް ކަމުގައިވި ކަމެއް ހަގީގަތަކަށް ހަދައިދެއްވިއެވެ. މީގެ އިތުރުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފައްޓަވައި ޖުމްލަ 11 މަގެއް ނިންމަވާދެއްވިއެވެ.

ހޯރަފުށީ އެއަރޕޯޓު ބޭނުންކުރާ އެހެން ރަށްތަކުގެ މީހުންނަށް ލަފާފުރުމުގެ ފަސޭހަކޮށްދިނުމުގެ ގޮތުން އެއަރޕޯޓް ހިމެނޭ ސަރަހައްދުގައި ވަކި ޖެޓީއެއް ގާއިމްކުރައްވާފައިވެއެވެ. މިއީ އެ ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހަކަމެކެވެ.

މީގެ އިތުރުން ރައީސް ޞާލިހްގެ ވެރިކަމުގައި ހޯރަފުށީގައި އައިސް ޕްލާންޓެއް، ޖުވެނައިލް ޖަސްޓިސް ބިލްޑިންގެއް، ވޮލީ ކޯޓެއް، ފުޓުބޯޅަދަނޑެއް، ކޯޓުގެ އާ އިމާރާތެއް، ޕްރީ ސްކޫލެއް، 3 ޕާކެއް އަދި ފެރީ ޓާމިނަލް އެއް އިމާރާތްކުރައްވާފައިވެއެވެ. މި ހުރިހާ މަޝްރޫޢުތަކަކީ ހޯރަފުށީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތްތަކެކެވެ.

ނަމަވެސް އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ހޯރަފުށީގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫޢެއް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވެއެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް، ފެނަކަ އޮފީހާއި ހޯރަފުށީގައި ގާއިމްކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުތައް ހުއްޓުމަކީ ހޯރަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމުގައި ރައްޔިތުން ފާހަގަކުރެއެވެ.

ރައީސް ޞާލިހް ހޯރަފުއްޓަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގައި ކަމަށް މައުލޫމާތު ލިބެއެވެ. ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގަތުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައްޔިތުން ދެކެއެވެ.

ކުރީގެ ރައީސް ސާލިޙުހއ. ހޯރަފުށިހޯރަފުށީ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

05 ނޮވެމްބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް ޞާލިހު ރައީސް މުއިއްޒު އަށް: ރަށްރަށަށް ދަތުރުކުރަމުންދަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން، ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ؟

ރައީސް ޞާލިހު ރައީސް މުއިއްޒު އަށް: ރަށްރަށަށް ދަތުރުކުރަމުންދަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން، ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ؟

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު