Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ސާފިން މުބާރާތް

ބޭނުމަކީ ސާފިން ކަހަލަ ކުޅިވަރު މެދުވެރިކޮށް ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން: މަޚްލޫފް

މިހާރު ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ހަމައެކަނި ފުޓުބޯޅަ ކުރިއެރުވުން ނޫން ކަމަށް ސާފިން ކޮމިއުނިޓީ އަށް ޔަގީންކޮށްދީފައިވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މެއި 2023 | އަންގާރަ 02:53
އޭޝިއަން ސާފިން މުބާރާތް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް

އޭޝިއަން ސާފިން މުބާރާތް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް

ބޭނުމަކީ ސާފިން ކަހަލަ ކުޅިވަރު މެދުވެރިކޮށް، ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދުނިޔެ އަށް އިޝްތިހާރު ކުރުން ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ މިއަހަރު ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. މަޚްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި ވެސް، ރާއްޖޭގައި ސާފިން މުބާރާތެއް ބާއްވާނެ ވާހަކަ ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް މަޝްވަރާތަކަށްފަހު މިހާރު އޭޝިއަން ސާފިން މުބާރާތް ބޭއްވުމަށް ނިންމާފައިވާނެ ކަމެވެ. ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ޤައުމީ ޓީމުގެ އެތުލީޓުންނަށް އަމިއްލަ ފަސްގަނޑުގައި، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވާދަކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. ގިނަ މުބާރާތްތަކުގައި ވާދަކުރުމަކީ ދިވެހި އެތުލީޓުން ކުރި އަރައިގެން ދިޔުމަށް މަގު ފަހިވާ ސަބަބެއް ކަމަށް ވެސް މަޚްލޫފް ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން ޚާއްސަކޮށް ސާފިން ކަހަލަ ކުޅިވަރުތަކުން ރާއްޖެ ބައިނަލްއަޤުވާމީ ދުނިޔެ އަށް ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ބޭނުންވާ ކަމަށް މަޚްލޫފް ވިދާޅުވި އެވެ. މަޚްލޫފް ވިދާޅުވީ މީގެ ކުރިން އަމާޒުވާ އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ، އަބަދު ވެސް މަސައްކަތް ކުރަނީ ހަމައެކަނި ފުޓުބޯޅަ ކުރިއެރުވުމަށް ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ހަމައެކަނި ފުޓުބޯޅަ ކުރިއެރުވުން ނޫން ކަމަށް ސާފިން ކޮމިއުނިޓީ އަށް ޔަގީންކޮށްދީފައިވާނެ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ. ހަމައެއާއެކު ސާފިން އެތުލީޓުންގެ އިތުރުން، މުޅި ސާފިން އާއިލާ އަށް ވެސް އެކަމުގެ އުންމީދާއި ޔަގީންކަން ލިބިފައިވާނެ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ އޭޝިއަން ސާފިން މުބާރާތް ރާއްޖޭގައި ބޭއްވުމަށް އިއުލާން ކުރެވިގެން ދިޔުމަކީ، ސާފިން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. ހަމައެއާއެކު ސާފިން އެސޯސިއޭޝަނާއި، ސާފިން އެތުލީޓުންނަށް އެކި އެކި އެއްބާރުލުން ދެމުން އަންނަކަން ފާހަގަކުރައްވައި މަޚްލޫފް ވިދާޅުވީ، ސާފިން ޓީމުގައި ވެސް މިހާރު ބިދޭސީ ކޯޗެއް ހުންނާނެ ކަމަށެވެ. އޭގެ ބޭނުމަކީ ސާފިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި މުބާރާތާއެކު ރާއްޖޭގެ އެތުލީޓުންނަަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި، ރާއްޖެ އިޝްތިހާރު ވުމަށް މަގު ފަހިވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް މަޚްލޫފް ވިދާޅުވި އެވެ. ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އަދި އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އެސޯސިއޭޝަނަަކަށް ސާފިން އެސޯސިއޭޝަން ވާނެ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.

މިއީ ރާއްޖެ އިން މިއަހަރު ބާއްވާ ބައިނަލްއަޤުވާމީ ތިން ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ރާއްޖެ އިން މިއަހަރު ބޭއްވީ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތެވެ. އެއަށްފަހު މިދިޔަ އޭޕްރީލް މަހު ވަނީ ބިލިއާޑުގެ ބައިނަލްއަޤުވާމީ މުބާރާތެއް ވެސް ބާއްވައިފަ އެވެ. ރާއްޖޭގައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ފާއިތުވި 2022 ވަނަ އަހަރު އެކަނި ވެސް ރާއްޖެ އިން ވަނީ ބައިނަލްއަޤުވާމީ ނުވަ މުބާރާތެއް ބާއްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަންނަ މަހު ފަށަނީ!

މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަންނަ މަހު ފަށަނީ!

29 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު