Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން

ސާރފް ލީގުގެ ފުރަތަމަ މުބާރާތް ކެންސަލް ކުރަން އެސޯސިއޭޝަނުން ނިންމައިފި

އެ މުބާރާތުގެ ހޯސްޓިންގ ޕާޓްނަރު ކަމަށްވާ، ގދ.ގައްދޫ ކައުންސިލް އިދާރާގެ މިވަގުތުގެ ޙާލަތު ނިޔާ ކުރާ ގޮތުން، މުބާރާތަށް ކުރިން ދެމުން އައި އެހީތެރިކަން ދިނުމަށް އުޒުރުވެރިވާކަން އަންގާފައިވާ ކަމަށް ސާރފިންގ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2025 | އާދީއްތަ 03:28
މީގެ ކުރިން އޮތް ސާރފިންގެ މުބާރާތެއްގެ ތެރެއިން

މީގެ ކުރިން އޮތް ސާރފިންގެ މުބާރާތެއްގެ ތެރެއިން

މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ، ދިވެހި ސާފު ލީގުގެ ފުރަތަމަ މުބާރާތް ކެންސަލް ކުރަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ދިވެހި ސާފު ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކަޅެގަލެކޮޑާ ބާއްވަން ސާރފިންގ އެސޯސިއޭޝަނުން ނިންމާފައި އޮތީ ގދ.ގައްދޫގަ އެވެ. އެ މުބާރާތް ބޭއްވުމަށް އެސޯސިއޭޝަނުން ތާވަލުކޮށްފައި އޮތީ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް، ސާރފިންގ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެ މުބާރާތް ކެންސަލް ކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން އެ މުބާރާތުގެ ހޯސްޓިންރ ޕާޓްނަރު ކަމަށްވާ، ގދ.ގައްދޫ ކައުންސިލް އިދާރާގެ މިވަގުތުގެ ޙާލަތު ނިޔާ ކުރާ ގޮތުން، މުބާރާތަށް ކުރިން ދެމުން އައި އެހީތެރިކަން ދިނުމަށް އުޒުރުވެރިވާކަން އަންގާފައިވާ ކަމަށް ސާރފިންގ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ވަނީ ގައްދޫ ކައުންސިލަކީ ސާރފިންގ އެސޯސިއޭޝަނާ ވަރަށް ގާތް ގުޅުމެއް އޮންނަ އިދާރާއެއް ކަމަށާއި، ދިވެހި ސާރފު ލީގު ވުޖޫދަށް ގެނައުމުގައި މުހިންމު ބައިވެރިއެއް ކަމަށް ވެސް ބުނެފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ކަޅެގަލެކޮޑާ މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައި އެ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ސާރފިންގ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރު ގައްދޫ ކައުންސިލްގެ ޙާލަތު ރަނގަޅުވުމާ އެކު، ކަޅެގަލެކޮޑާ މުބާރާތަކީ ކުލަގަދަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ. ދިވެހި ސާފު ލީގުގެ ފުރަތަމަ މުބާރާތް ކެންސަލް ކުރަން ޖެހުނުއިރު، އެ މުބާރާތް އަލުން ބާއްވާނެ ތަނަކާއި، ތާރީޚެއް ފަހުން ހާމަކުރާނެ ކަމަށް ވެސް ސާރފިންގ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް