Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަރޗުއަލް ރިއަލިޓީގެ ދުނިޔެ

ވަރޗުއަލް ރިއަލިޓީގެ ދުނިޔެއިން ފަލަސްތީނު ދަތުރު

ފަލަސްތީނުގައި ހުރި ދީނީ އަދި ސަގާފީ ތަންތަން، ހަގީގީ ދުނިޔެއާ ދާދި އެއް ފެންވަރަކަށް ބަލައިލުމުގެ ފުރުސަތު ފަހިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 11:11
ހަމްޒާ ސައްރާޖު, ފަލަސްތީނު ޒުވާނެއް

ހަމްޒާ ސައްރާޖު, ފަލަސްތީނު ޒުވާނެއް

އުމުރުން 31 އަހަރުގެ ހަމްޒާ ސައްރާޖަކީ ފަލަސްތީނު ރައްޔިތެކެވެ. އުފަންވީ، އެކި ސަބަބުތަކާ ހެދި ފަލަސްތީނުން ބޭރުގައި ދިރިއުޅެމުންދާ މީހުންގެ އާބާދީއަކަށެވެ. ނަމަވެސް އެއީ، ހަމްޒާގެ އުފަން ވަޒަނާ ދުރުގައި އުޅެންޖެހޭ ސަބަބެއް ކަމަކަށް އޭނާ ގަބޫލެއްނުކުރެއެވެ. އެކަން އޭނާ ސާބިތުކޮށްދިނީ ވަރޗުއަލް ރިއަލިޓީ (ވީއާރް) ނުވަތަ މަސްނޫއީ ހަގީގަތުގެ ދުނިޔެއަކަށް ފަލަސްތީނު ތައާރަފުކޮށްގެންނެވެ. ހަމްޒާގެ މަސައްކަތުގެ ނަތީޖާއެއްގެގޮތުން، ފަލަސްތީނުގައި ހުރި ދީނީ އަދި ސަގާފީ ތަންތަން، ހަގީގީ ދުނިޔެއާ ދާދި އެއް ފެންވަރަކަށް ބަލައިލުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

މިއީ 1948 ވަނަ އަހަރު، ގޮށްމުށުގެ ބާރުން ޔަހޫދީ އިޒްރޭލު އުފެއްދުމާއެކު އަމިއްލަ ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ހަގީގީ އަހުލުވެރިންނަށް، އުފަން ބިމުގެ ތަރިކަ، މިހާ ގާތުން ބަލައިލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ގަލްފު ސަރަހައްދުގައި އުޅެ ބޮޑުވި ހަމްޒާ އެންމެ ފުރަތަމަވެސް ފަލަސްތީނަށް ދިޔައީ 2016 ވަނަ އަހަރުއެވެ. އޭގެ ކުރިންވެސް އޭނާއާ މުޚާތަބުކޮށް އުޅެނީ ފަލަސްތީނު ރައްޔިތެއްގެ ގޮތުގައެވެ. އަމިއްލަ ވަޒަނަށް ދެވުމާއެކު، އެ ހަނދާންތައް ރައްކާކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ. ސައޫދީ އަރަބިއްޔާގައި ތިބި އޭނާގެ އެކުވެރިންނަށް، ފަލަސްތީނުގެ ތަޖުރިބާތައް ދައްކައިލުމުގެ ބޭނުމުގައެވެ. އޭގެފަހުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅުން އާބާދުކޮށްފައިވާ ފަލަސްތީނުގެ ދަރިންނަށް، އުފަން ވަޒަނުގެ ވާހަކަތައް ކިޔައިދިނުމުގެ ބޭނުމުގައެވެ.

ހަމްޒާގެ މަސައްކަތުން، ވަރޗުއަލް ރިއަލިޓީގެ ދުނިޔެއަށް ފަލަސްތީނުގެ މުހިންމު ތަރިކަތައް ތައާރަފުކޮށްފިއެވެ. ފަލަސްތީނުން ބޭރުގައި ތިބި މީހުންނާއި، ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި މީހުންނަށްވެސް، މުޅި ފަލަސްތީނު ހުޅުވާލެވުނީއެވެ. ހަމްޒާ ފޯރުކޮށްދޭ ވަރޗުއަލް ދަތުރުތަކަކީ، ހަގީގީ ދުނިޔޭގެ ދަތުރަކާ އެންމެ ގާތް ކުރާނެ ދަތުރެވެ. އެކަމަށް ޚާއްސަކޮށްފައިވާ އައިނެއް އަޅައިގެން ފަލަސްތީނުގެ މަންޒަރުތައް ބަލަމުންދާއިރު ހީވާނީ، ހަމަ ހަގީގަތުގައިވެސް އެތަނުގައި ހުރެވޭހެންނެވެ.

ވީއާރް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން، ހަމްޒާ ދަނީ، އިރު އޮއްސޭ މަންޒަރު ފަދަ ހިތްގައިމު ގުދުރަތީ މަންޒަރުތައް ބަލައިލުމުގެ ނަސީބުން މަހްރޫމުވެފައިވާ އެތައް ބަޔަކަށް އެ ފުރުސަތުވެސް ހޯދައިދެމުންނެވެ. ހަމްޒާގެ ވަރޗުއަލް ދަތުރުގައި ފަލަސްތީނުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގެ މަންޒިލްތައް ހިމަނާފައިވާއިރު، އޭނާގެ އަމާޒަކީ މުޅި ފަލަސްތީނު އެ ދަތުރުގައި ހިމެނުމެވެ.

ޔަހޫދީ އިޒްރޭލު އުފެއްދި ކާރިސާގެ ހަނދާންތަކާ ގުޅުވައިގެން ފަލަސްތީނުގައި ފާހަގަކުރާ އައްނަކްބާ ދުވަހާ ދިމާކޮށް ހަމްޒާ ވަނީ އޭނާގެ ވަރޗުއަލް ރިއަލިޓީ ދަތުރުގައި ގުދުސްގެ ޑެމެސްކަން ގޭޓާއި އަލްއަގްސާ މިސްކިތުގެ އިތުރުން ކަނޑުގެ ސަރަހައްދުގެ މަންޒަރުތައް ހިމަނާފައެވެ.  

ފަލަސްތީނުގައި އައްނަކްބާ ދުވަހުގެ ގޮތުގައި ބަލަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހެވެ. އެއީ ޔަހޫދީ އިޒްރޭލުގެ މިނިވަން ދުވަހުގެ ގޮތުގައި ބަލާ ދުވަހުގެ، 1 ދުވަސް ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ކާޑޭޝިއަންގެ އިޒްރާއީލް ދަތުރު ކެންސަލް 

ކިމް ކާޑޭޝިއަންގެ އިޒްރާއީލް ދަތުރު ކެންސަލް 

17 މާރިޗު 2019
ފްރެންޑްސްގެ ތަރިން ޖެނިފަރ އެނިސްޓަން އާއި ކޯޓްނީ ދަތުރުކުރަމުން ދިޔަ ޖެޓަށް މައްސަލައެއް ޖެހި އެމަޖެންސީ ލޭންޑް ކޮށްފި

ފްރެންޑްސްގެ ތަރިން ޖެނިފަރ އެނިސްޓަން އާއި ކޯޓްނީ ދަތުރުކުރަމުން ދިޔަ ޖެޓަށް މައްސަލައެއް ޖެހި އެމަޖެންސީ ލޭންޑް ކޮށްފި

16 ފެބުރުއަރީ 2019
ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ

ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ

07 ޖުލައި 2018
ހަމައެނި އަންހެން ކުރޫއިންނާއެކު ދަތުރުކޮށް އިތިއޯޕިއަން އެއާލައިންސް ތާރީހުގެ ތެރެއަށް

ހަމައެނި އަންހެން ކުރޫއިންނާއެކު ދަތުރުކޮށް އިތިއޯޕިއަން އެއާލައިންސް ތާރީހުގެ ތެރެއަށް

18 ޑިސެމްބަރު 2017
ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

06 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު