Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

އީގަލްސްގައި އަދިވެސް އަނިޔާގެ މައްސަލަ އުޅޭ: މުއާވިޔަތު

އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ކުޅުންތެރިން ދައްކަމުން އަންނަ ހިތްވަރު މުއާވިޔަތު ވަނީ ފާހަގަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2023 | އާދީއްތަ 03:13
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު

ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު

ކުލަބު އީގަލްސްގައި އަދިވެސް އަނިޔާގެ މައްސަލަ އުޅޭ ކަމަށާއި، މިހާރު ވެސް އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ބަލިވެ އުޅުމުގެ ސަބަބުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވަމުން އަންނަނީ މުއާވިޔަތު އެވެ. ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މުއާވިޔަތު ބުނީ އީގަލްސް ޓީމުގައި އަދިވެސް އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށާއި، މިހާރު ވެސް ޓީމުން އަންނަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އޭނާ ބުނީ އަބަދު ވެސް އީގަލްސް ޓީމުގެ ހިތްވަރަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ހެޑު ކޯޗު ސާންތީގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންކަމުން އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ކުޅުންތެރިން ދައްކަމުން އަންނަ ހިތްވަރު މުއާވިޔަތު ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ އަބަދުވެސް އީގަލްސްގެ ޓާގެޓަކީ ކޮންމެ މެޗަކުން މޮޅުވުން ކަމަށެވެ. ސަބަބަކީ އީގަލްސް ނުކުމެ އޮތީ ލީގަށް ވާދަކުރަން ކަމުގައިވާތީ، އެކަން ހާސިލްކުރުމަށްޓަކައި އީގަލްސް އިން ނުކުންނާނީ އެ ޓީމު ކުޅޭ ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓު ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

މުއާވިޔަތު ވަނީ ތަކުރާރުކޮށް އީގަލްސްގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ދަނޑުމަތީގައި އީގަލްސްގެ ކުޅުންތެރިން ދައްކާ ކުޅުމުން، ޚާއްސަކޮށް ފަހު ހާފުގައި ދައްކާ ކުޅުމުން، ހިތްގައިމު ފުޓުބޯޅައެއް ފެންނަ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މެޗެއްގައި ވެސް އީގަލްސް ކޮޅަށް ވަރަށް އަވަހަށް ލަނޑެއް ވަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ކުރިއަށް އޮތް ވެލެންސިއާ މެޗުގައި އެކަން ބަދަލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް މުއާވިޔަތު ބުންޏެވެ.

އީގަލްސް އަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިންނާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، ރަމަޟާން މަހަށް ފަހު މިހާރު ލިބުނު ވަގުތުގައި ކުޅުންތެރިން ގޭމުގެ ތެރެއަށް އަންނަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ ކުޅުންތެރިން އިތުރަށް ރަނގަޅުވެ، އީގަލްސް އިން ހިތްހަމަޖެހޭ ވަރަކަށް ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އީގަލްސް އިން ވެލެންސިިއާއާ ދެކޮޅަށް ނުކުންނައިރު، ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އީގަލްސް އާއި ވެލެންސިއާ ބައްދަލު ކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު