Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޮއިސް ހޫނުފެނަށް

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

ޖަވާބުދާރީ ވުމަށްވަނީ އަންގާފަ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 11:21
ސަންޑަލޭންޑްގެ ކޯޗު ޑޭވިޑް މޮއިސް

ސަންޑަލޭންޑްގެ ކޯޗު ޑޭވިޑް މޮއިސް

އިނގިރޭސި ކުލަބު، ސަންޑަލޭންޑް ކޯޗު ޑޭވިޑް މޮއިސް އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބެލުމަށްޓަކައި އެކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް އޭނާއާ ސުވާލުކުރުމަށް އިނގިރޭސި އެފްއޭ ނިންމައިފިއެވެ.

އިނގިރޭސި އެފްއޭ އިން މޮއިސްއާ ދެކޮޅަށް ބަލަމުން އަންނަ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ސަންޑަލޭންޑާއި ބާންލީ ބައްދަލުކުރި މެޗަށް ފަހުގައެވެ.

މޮއިސްގެ މި އަމަލަކީ އެމެޗަށް ފަހު ބީބީސީ ރޭޑީއޯގެ އަންހެން ރިޕޯޓަރަކު ކުރި ސުވާލުތަކަކާ މެދު ހިތްހަމަ ނުޖެހިގެން ކުރިކަމެވެ.

ބީބީސީ ރޭޑިއޯގެ އަންހެން ރިޕޯޓަރެއް ކަމަށްވާ ވިކީ ސްޕާކްސްގެ ސުވާލުތަކާ މެދު ހިތްހަމަ ނުޖެހިގެން "އަންހެނެއް ކަމަކު ފަހަރެއްގައި ކަންފަތްމަތީގައި ޖަހަންޖެހިދާނެ" ކަމަށް މޮއިސް ވަނީ ބުނެފައެވެ.

އަންހެން ރިޕޯޓަރުގެ ކަންފަތްމަތީގައި ޖަހަންޖެހިދާނެ ކަމަށް ބުނުމުގެ އިތުރުން މޮއިސް ވަނީ ދެން އޭނާއާ ސުވާލުކުރަން އަންނައިރު ވަރަށް ސަމާލުވެ ހުރެގެން އައުމަށް އިންޒާރުދީފައެވެ.

މޮއިސްގެ މި އަމަލާ ގުޅިގެން އެތައް ބަޔެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒްވެފައެވެ. އަދި ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ މޮއިސްގެ މި އަމަލު ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.

އެގޮތުން ޝެޑޯ ސްޕޯޓްސް މިނިސްޓަރ ޑރ. ރޮސޭނާ އެލިންޚާން ވަނީ އެމައްސަލަ ބެލުމަށް އިނގިރޭސި އެފްއޭއަށް ގޮވަލައްވާފައެވެ. އަދި އިނގިރޭސި ގައުމީޓީމުގެ ކުރީގެ ފޯވަޑް ގެރީ ވެސް ވަނީ އެކަން ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.

ވިމެން އިން ފުޓްބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮއިސްގެ އެ އަމަލާ މެދު ކަންބޮޑުވާ ކަމަށާއި ނަމަވެސް މާފަށް އެދިފައިވުމަކީ ހިތްހަމަ ޖެހޭ ކަމަށެވެ.

މޮއިސް ވަނީ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ރިޕޯޓަރުގެ ފަރާތުން މާފަށް އެދިފައެވެ. އެގޮތަށް އަހަންނަށް ވާހަކަދެއްކުނީ އެ ހާލަތުގެ ގޮތުން ކަމަށާއި އެއީ އޭނާއަށް ހެނދުނު ވަރަށް ބޮޑު ގޯހެއް ކަމަށް މޮއިސް ވަނީ ބުނެފައެވެ.

ބީބީސީން ވެސް ކަށަވަރުކޮށްދޭ ގޮތުގައި މޮއިސް ވަނީ، ސްޕާކްސްއާ ވާހަކަ ދައްކާ މާފަށް އެދި އެދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކޮށްފައެވެ.

މޯއިސްގެ އަމަލު އިނގިރޭސި އެފްއޭއިން ތަހުގީގު ކުރަން ފަށާފައިވާއިރު، އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އެގެންޖެހޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު