Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ފިޓްނަސްގެ މައްސަލައެއް ނެތް، އުނދަގޫތަކެއް ހުރީ ޓީމު އެކުލެވުމުގައި: ނިސްތާރު

ގްރީންގައި ބިދޭސީ ކުޅުންތެރިން ނެތުމަކީ ބަހަނާއެއްގެގޮތުގައި ދައްކަން ބޭނުމެއްނުވޭ، މޮޅު ކުޅުމެއް ދެއްކޭނެ ފެންވަރުގެ ދިވެހި ކުޅުންތެރިން އެބަތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 04:51
ލީގުގައި މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ގްރީންގެ ކޯޗު ނިސްތާރު

ލީގުގައި މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ގްރީންގެ ކޯޗު ނިސްތާރު

ކުލަބު ގްރީން ސްޓްރީޓްސްގައި ފިޓްނަސްގެ މައްސަލަ އެއް ނެތްކަމަށާއި، އުނދަގޫތަކެއް ދިމާވަނީ ޓީކު އެކުލަވާލުމުގައި ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.

ލީގުގައި ގްރީން ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)އަތުން ވަނީ ބަލިވެފައެވެ. ގްރީންގެ ދެވަނަ މެޗުގައި ނިކުންނާނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ނިސްތާރު ބުނީ، ގްރީންގައި ފިޓްނަސްގެ މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް ޓީމުގައި ގިނައިން ތިބީ އައު ކުޅުންތެރިންނަށް ވުމާއެކު، ޓީމު އެކުލަވާލު ގެމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ މެޗަކަށްފަހު މެޗެއް ކުޅެމުންދާވަރަކަށް ޓީމު އެކުލެވެމުންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

ލީގަށް ގްރީންއިން ތައްޔާރުވީ ކިހާ މުއްދަތެއްގައިތޯ ސުވާލު ކުރުމުން ނިސްތާރު ބުނީ އެހާ ގިނަ ދުވަހެއް ނުލިބޭކަމަށެވެ. އޭނާ ބުނީ ގްރީންއިން ފަރިތަކުރުންތައް ފެށީ ރަމަޟާން މަހުގެ ފަހު ދެ ދުވަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އީދާ ދިމާކޮށް ކުޑަ ބްރޭކެއް ނެގުމަށްފަހު އަލުން ފެށީކަމަށެވެ. މިވަގުތު ޓީމު އެކުލެވުމުގައި އުނދަގޫތަކެއް ކުރިމަތިވިނަމަވެސް ގްރީންގެ ކުޅުންތެރިންނާމެދު އިތުބާރު އޮތްކަމަށް އޭނާ ވަނީ ބުނެފައެވެ. ލީގާ ގުޅޭގޮތުން ވާހަކަދައްކަމުން ނިސްތާރު ބުނީ، އޭނާ ދެކޭގޮތުގައި ޕްރިމިއާ ލީގުގައި އެއްވެސް މެޗެއް ފަސޭހައެއް ނުވާނެއެވެ. އެހެންނަމަވެސް މާޒިޔާއަކީ މިއަދު ދިވެހި ފުޓުބޯޅާގައި އޮތް އެންމެ ވަރުގަދަ އެއް ބާރު ކަމަށާއި، އެ މެޗަށް އެންމެ ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.

ގްރީންގެ ޓާގެޓާ ގުޅޭގޮތުން އޭނާ ބުނީ، އެ ޓީމުން ޓާގެޓުކުރަނީ އެންމެ ދަށްވެގެން ގަދަ ހަތަރަކަށް ވަނުމަށް ކަމަށެވެ. އެެހެންކަމުން އެކަން ހާސިލްކުރާނެކަމުގެ ޔަގީންކަންވެސް ނިސްތާރު ވަނީ ދީފައެވެ. ތައްޔާރުވުމާ ގުޅޭ ގޮތުން އިތުރަށް އޭނާ ބުނީ، ޕްރީ ސީޒަނެއްގެ މުއްދަތަކީ ހަ ހަފުތާ ކަމަށެވެ. އެހެންކަމުން އެ މުއްދަތު ލިބިއްޖެނަމަ، ޓީމެއް ތައްޔާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފުޓުބޯޅަ ކޯޗުންނަށް އެންމެ ބޭނުންވާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި، ކޯޗުން ޖެހޭނީ އޭރަކު އޮންނަ ހާލަތަށް ތައްޔާރުވެގެން އެންމެ ބެސްޓު ނެރެން ކަމަށެވެ.

މީގެ އިތުރުން ނިސްތާރު ބުނީ، ކޯޗެއްގެ އެންމެ މުހިންމު އެއް ކަަމަކީ ލިބިފައިވާ ރިސޯސް ބޭނުން ކޮށްގެން ކުރިއަށްދިޔުން ކަމަށެވެ. އެހެންކަމުން ގްރީންގައި ބިދޭސީ ކުޅުންތެރިން ނެތުމަކީ ބަހަނާއެއްގެ ގޮތުގައި ދައްކަން ބޭނުންނުވާކަމަށާއި، މޮޅު ކުޅުމެއް ދެއްކޭނެ ފެންވަރުގެ ދިވެހި ކުޅުންތެރިން އޭނާގެ ޓީމުގައި ތިބިކަންވެސް ނިސްތާރު ފާހަގަކުރިއެވެ. ނަމަވެސް އެ ކުޅުންތެރިން ހޭނުމަށް ވަގުތު ނަގާނެކަމަށާއި، ސީޒަން ނިމޭއިރު ގްރީންގެ ޓާގެޓު ހާސިލްވާނެކަމުގެ އިތުބާރު އޮތް ކަމަށްވެސް ބުންޏެވެ. ގްރީންއިން ބިދޭސީ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރާނެތޯ ސުވާލު ކުރުމުން ނިސްތާރު ބުނީ, އެކަމަކީ ޓީމުގެ މެނޭޖުމަންޓުގެ އަތް މަތީގައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް އޭނާ އުންމީދުކުރަނީ ޓްރާންސްފަރ މާކެޓުގައި ޓީމުން ބިދޭސީ ކުޅުންތެރިން ހޯދުންކަމަށް ނިސްތާރު ބުޏްނެވެ.

ގްރީންއިން މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު