Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕަޕަރާޒީ

ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

ތަރިންގެ ފޮޓޯއެއް ނެގުމަށް ޕަޕަރާޒީން ކޮންމެ ފަދަ ކަމެއް ކޮށްފާނެ، އެކަމަށް ގާނޫނީ ހުރަހެއް ނެތް

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 10 އެޕްރީލު 2019 | ބުދަ 17:33
ސްކާލެޓް ޖޮހާންސަން، \'ލޭޓް ނައިޓް ވިތު ޖިމީ ކިމެލް\'ގައި

ސްކާލެޓް ޖޮހާންސަން، \'ލޭޓް ނައިޓް ވިތު ޖިމީ ކިމެލް\'ގައި

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސްކާލެޓް ޖޮހާންސަން ޕަޕަރާޒީންނާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

ޕަޕަރާޒީންނަކީ މަޝްހޫރު ތަރިން ފޮލޯކޮށް، އެ މީހުންގެ ފޮޓޯ ނަގާ އުޅޭ ބައެކެވެ. ބައެއް ޕަޕަރާޒީންނަކީ ނޫސް މަޖައްލާތަކުގެ މުއައްޒަފުންނަށް ވާއިރު، އަނެއް ބައި މީހުންނަކީ ތަރިންގެ ފޮޓޯ ނެގުމަށް ފަހު އެފަދަ ފަރާތްތަކަށް ބޮޑެތި އަގުގައި ވިއްކާ ބައެކެވެ. އެހެންކަމުން، އެ ދެ ފަރާތްތައް ވެސް މި ކަންތައް ދެކެނީ ވަޒީފާއެއްގެ ގޮތުގައެވެ.

ނަމަވެސް، ޕަޕަރާޒީންގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން، އެންމެ ފާހަގަ ކޮށްލެވޭ އެފަދަ އެއް ހާދިސާއަކީ، ޕްރިންސަސް ޑަޔާނާ އަވަހާރަވި ހާދިސާ އެވެ. އެ ކަމަނާ އަވަހާރަވީ ކާރު އެކްސިޑެންޓެއްގަ އެވެ. ޑަޔާނާ ދަތުރު ކުރެއްވި ކާރު އެކްސިޑެންޓެވި އިރު، ޕަޕަރާޒީއެއް ދިޔައީ އެ ކަމަނާ ފޮލޯ ކުރަމުންނެވެ.

މި ހާދިސާއަށް ފަހު ވެސް، ޕަޕާރާޒީންގެ ފަރާތުން ހިމާޔަތް ހޯދޭނެ ފަދަ ގަވާއިދެއް ހަދާފައެއް ނުވެއެވެ. ތަރިންގެ ތުއްތު ދަރިންނާއި އާއިލާގެ މެންބަރުންނާއި ގުޅުން އޮންނަ ފަރާތްތަކުގެ ފޮޓޯތައް ވެސް ނަގައި އާންމު ކުރަނީ އެވެ. ޖެނިފަރ ގާނަރ އާއި ހެލި ބެރީ އަދި ކްރިސްޓަން ބެލް ފަދަ ތަރިން ވަނީ ޕަޕަރާޒީންގެ ފަރާތުން ދަރިންނަށް ހިމާޔަތް ހޯދައިދިނުމަށް މީގެ ކުރިން މަސައްކަތް ކޮށްފައެވެ.

ޕަޕާރާޒީންގެ އުނދަގުލާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަ ދައްކާފައި ވަނީ 'އެވެންޖަރސް' ފްރެންޗައިސްގެ ފިލްމްތަކުން ފެންނަ ސްކާލެޓް އެވެ. 'ލޭޓް ނައިޓް ވިތު ޖިމީ ކިމެލް' އަށް ދިން އިންޓަވިއުއަކަށް ފަހު، އަނބުރާ ގެއަށް ދިޔަ މަގުމަތީގައި، ބަޔަކު ފޮލޯ ކުރާތީ ބިރުން އޭނާ ވަނީ އެހީއަށް އެދި ފުލުހުންނަށް ގުޅާފައެވެ.

ސްކާލެޓް ކިޔައިދިން ގޮތުން، ކަޅު ބިއްލޫރި ޖަހާފައިވާ ފަސް ކާރު އޭނާ ފޮލޯ ކުރިއެވެ. އެ މީހުން ދިޔައީ ޓްރެފިކް ލައިޓްތަކަށް އަދި ދަތުރު ކުރަމުން ދިޔަ އެހެން މީހުންނަށް ބެލުމެއް ނެތިކަމަށް އޭނާ ބުންޏެވެ. އަދި އެއީ އޭނާ ލޮސް އެންޖެލެސްގައި ދިރިއުޅޭ ތަނެއް ބެލުމަށް ކަމަށާއި، ތަން އެނގުމުން ފަހުން "ސްޓޯކް" ކުރުމަށް ކަމަށް ވެސް ސްކާލެޓް ބުންޏެވެ. ސްކާލެޓް ދިރިއުޅެނީ ނިއު ޔޯކްގަ އެވެ.

"އެ މީހުން ބޭނުންވާ ފޮޓޯއެއް ނެގުމަށް، ޕަޕަރާޒީން ކޮންމެ ކަމެއް ވެސް ކޮށްފާނެ. ޕްރިންސަސް ޑަޔާނާ ނިޔާވުމަށް ފަހު ވެސް، ތަރިންނަށް ޕަޕަރާޒީންގެ ފަރާތުން ހިމާޔަތް ލިބޭނެ ފަދަ ގާނޫނެއް ހެދިފައެއް ނުވޭ،" އޭނާ ބުންޏެވެ.

މި ކަންކަމަކީ ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ވި ނަމަވެސް، ސްކާލެޓް ފާހަގަ ކުރި ގޮތުގައި މި ކަންތައް ކުރާ ބައެއް މީހުންނަކީ ކުށުގެ ރިކޯޑް އޮތް ބައެކެވެ. އަދި އެ މީހުން ބޭނުންވާ ފޮޓޯތައް ނެގުމަށް ކުށަކަށް އަރައިގަތުމަށް ޖެހިލުން ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ޕަޕަރާޒީންނަކީ "ކްރިމިނަލް ސްޓޯކާސް" ކަމަށާއި، އެ ކަންތައް ކުށަކަށް ނުހަދާ ނަމަ މީހަކަށް އަނިޔާވެ، ނުވަތަ ޑަޔާނާ ފަދައިން އަނެއްކާ އަނެކަކު މަރުވަންދެން މަޑުކޮށްގެން ތިބެންވީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ޕަޕަރާޒީން ފޮޓޯ ނަގަނީ ތަރިން ބޭރު ތެރޭ އުޅޭ އިރު އެކަންޏެއް ނޫނެވެ. ޒޫމް ލެންސް ބޭނުންކޮށްގެން، ގޭގައި އުޅޭ އިރު ވެސް އެ މީހުން ފޮޓޯ ނަގަން މަސައްކަތް ކުރެއެވެ. އަދި މި ފޮޓޯތައް ތަރިން އަމިއްލައަށް ސޯޝަލް މީޑިއާގައި ބޭނުން ކުރަން ބޭނުން ނަމަ، އެ މީހުން އަތުން ފޮޓޯ ގަންނަން ޖެހެ އެވެ. އެހެން ނޫނީ، ކޮޕީރައިޓްގެ ސަބަބުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔަހޫދީންނަށް ދޮވެނުލެވުނު ޣައްޒާގެ ސާބިތުކަން: ކުޑަކުދިންގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ހިތްވަރެއް!

ޔަހޫދީންނަށް ދޮވެނުލެވުނު ޣައްޒާގެ ސާބިތުކަން: ކުޑަކުދިންގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ހިތްވަރެއް!

29 ފެބުރުއަރީ 2024
ޓިއުނީޝިއާގައި އަނިޔާލިބެމުންދާ ޖަނަވާރުތަކަށް ހިމާޔަތްދިނީ އަމިއްލަ ގޭގައި

ޓިއުނީޝިއާގައި އަނިޔާލިބެމުންދާ ޖަނަވާރުތަކަށް ހިމާޔަތްދިނީ އަމިއްލަ ގޭގައި

29 އޯގަސްޓު 2022
ކަނޑުފަޅުތައް ހިމާޔަތް ކުރުމުގައި ޗައިނާގެ މަސްނޫއީ ފަރުތަކާއި ފާތައް!

ކަނޑުފަޅުތައް ހިމާޔަތް ކުރުމުގައި ޗައިނާގެ މަސްނޫއީ ފަރުތަކާއި ފާތައް!

09 ޖޫން 2022
މަސްތުވާތަކެއްޗަށް ޓެސްޓް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ކަންގަނާ އެދިއްޖެ

މަސްތުވާތަކެއްޗަށް ޓެސްޓް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ކަންގަނާ އެދިއްޖެ

08 ސެޕްޓެމްބަރު 2020
އެވޯޑް ނުލިބުމުން ފޭނުންގެ ކިބައިން ދިޕިކާ މަޢާފަށް އެދިއްޖެ

އެވޯޑް ނުލިބުމުން ފޭނުންގެ ކިބައިން ދިޕިކާ މަޢާފަށް އެދިއްޖެ

26 މާރިޗު 2019

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު