Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތުރުކީ-ސޫރިޔާ ބިންހެލުން

އާއިލާ އެކީ މަރުވި 5 މަހުގެ ކާފަދަރިފުޅާއެކު ފުރަތަމަވީ ތާއްޓެވެ. ދެން ބައްދަލުވީ 3 ހަފުތާ ފަހުންނެވެ!

މިދުހަތުއަށް ޒަހްރާ ލިބުނީ، އޭނާއަކީ ޒަހްރާގެ ކާފަކަން ސާބިތުކޮށްދިނުމަށް، ޑީއެންއޭ ޓެސްޓުވެސް ހެދުމަށްފަހު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 މާރިޗު 2023 | އާދީއްތަ 05:04
މިދުހަތު މިއަދު އޭނާގެ ކާފަދަރިފުޅު ގާތު ބުނަމުންދާހާވެސް ވާހަކައަކީ، ދުވަހަކުވެސް އެ ދަރިފުޅު ދޫކޮށްނުލާނެ ކަމުގެ ވާހަކަ

މިދުހަތު މިއަދު އޭނާގެ ކާފަދަރިފުޅު ގާތު ބުނަމުންދާހާވެސް ވާހަކައަކީ، ދުވަހަކުވެސް އެ ދަރިފުޅު ދޫކޮށްނުލާނެ ކަމުގެ ވާހަކަ

ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތުގެ ބައިތަކުގެ ދަށުގައި، މިދުހަތު ކިލީއްސީއާއި އޭނާގެ 5 މަހުގެ ކާފަ ދަރިފުޅު، ޒަހްރާ ތާށިވިއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނުޓީމަށް، އެ ދެބަފައިންގެ ރުއިމުގެ އަޑު އިވުނީ އިމާރާތުގެ ބައިތަކުގެ ދަށުގައި އެ ދެބަފައިން އޮންނަތާ 2 ދުވަސްވެސް ވީ ފަހުންނެވެ. 

މިދްހަތުއާއި ޒަހްރާ ސަލާމަތްކޮށްގެން ނެގީ ވަކިވަކީންނެވެ. ޒަހްރާއަށް ފަރުވާ ދެމުން ދިޔައީ މިދުހަތު ހުރިތަނާ މާ ދުރުގައި ހުރި ހޮސްޕިޓަލެއްގައެވެ. ޒަހްރާގެ މައުސޫމު މޫނު، މިދުހަތުއަށް ފެނުނީ އެ ނާމާން ކާރިޘާ ހިނގިތާ 3 ހަފުތާ ފަހުންނެވެ. މިދިޔަ 3 ހަފުތާއަކީ މިދުހަތުގެ ހިތުގައި އިންތިހާ ވޭން އެޅި ދުވަސްތަކެކެވެ. ޒަހްރާއަކީ މިއަދު މިދުހަތުގެ ޢާއިލާގައި ހުރި ހަމައެކަނި މެންބަރެކެވެ.

ހަތޭ ޕްރޮވިންސްގައި އެމީހުން ދިރިއުޅެމުން ދިޔަ ސަރަޙައްދު ދޫކޮށް، އަންކާރާގައި އޮތް ކާފަ ދަރިފުޅާ ބައްދަލު ކުރުމަށް މިދުހަތު ކުރީ އެތައް ސަތޭކަ ކިލޯމީޓަރެއްގެ ދިގު ދަތުރެކެވެ. އަދި އެހާ ހިސާބުންވެސް ނިމުނީކީއެއް ނޫނެވެ. މިދުހަތުއަށް ޒަހްރާ ލިބުނީ، އޭނާއަކީ ޒަހްރާގެ ކާފަކަން ސާބިތުކޮށްދިނުމަށް، ޑީއެންއޭ ޓެސްޓުވެސް ހެދުމަށްފަހުގައެވެ.

ތުރުކީވިލާތުގެ ޢާއިލާތަކާ ބެހޭ ވުޒާރާއިން، ކުޑަކުދިން ބަލަން ހާއްސަކޮށްގެން ހިންގާ ސެންޓަރުގެ ތެރެއިން ޒަހްރާ ފެނުމާއެކު، މިދުހަތުގެ ލޮލުން ކަރުނަތައް އޮހިގެންދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހާލަކަށް ވަނީ ހަމަ އެފަދަ ގޮތެއް ކަމާ މެދު ޝައްކެއް ނެތެވެ. ޒަހްރާގެ ލޯބިލޯބި އަތުގައި ބޮސްދެމުން، އެއީ މިއަދު އޭނާގެ ފުރާނަ ކަމުގައި މިދުހަތު ބުންޏެވެ. ޒަހްރާ ފެނުނު ކަމަށްޓަކާ، މިދުހަތު ވަނީ ﷲ އަށް ޙަމްދާ ޝުކުރު ކޮށްފައެވެ.

މިދުހަތުގެ އަނބިމީހާއާއި، ޒަހްރާގެ މަންމަ ނުވަތަ މިދުހަތުގެ އަންހެން ދަރިފުޅާ، ޒަހްރާގެ ބައްޕައާއި 4 އަހަރުގެ ބޭބެ ޔޫސުފް މި ދުނިޔެ ދޫކުރީ ބިންހެލުމުގެ ކާރިޘާގައެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގައި ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 51000 އަށް ވުރެ މައްޗަށް، އަދި ޒަޚަމްވީ މީހުންގެ ޢަދަދު 108000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލިފައި ވާ އިރު، ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޢާއިލާ މެންބަރުންނާ ދެތަންވެފައެވެ.

ތުރުކީވިލާތުގެ ޢާއިލާތަކާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ބުނީ، ބިންހެލުމުގެ ހާދިޘާއަށް ފަހު ވީނުވީއެއް ނޭނގިގެން ރިޕޯޓް ކޮށްފައިވާ ކުދިންގެ 301 ރިޕޯޓް ލިބިފައި ވާ ކަމަށެވެ. 170 ކުއްޖެއްގެ ޢާއިލާ ދެނެގަނެވިފައި ވާ އިރު، 23 ކުއްޖެއްގެ ޢާއިލާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ގެއްލިގެން ރިޕޯޓް ކޮށްފައި ވާ ކުދިންގެ ތެރެއިން 108 ކުއްޖަކު މިހާރު މި ދުނިޔެ ދޫކޮށްފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިދުހަތު ބުނި ގޮތުގައި މިއަދު ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހަކީ ޚުދު އޭނާއެވެ.

ބިންހެލުމުގެ ކާރިޘާގެ ހަނދާންތައް ހިއްސާ ކުރަމުން މިދުހަތު ބުނީ، އޭނާއަށް ހޭލެވުނީ ބިންހެލޭތީ ކަމަށާ، އެންމެ ފުރަތަމަވެސް ހަނދާނަށް އައީ ޒަހްރާ ކަމަށެވެ. ޒަހްރާ އޮތް އެނދާ ހިސާބަށް ގޮސް، ރައްކާތެރިކަން ލިބޭނެ ކަހަލަ ތަނަކަށް ޒަހްރާ ގެންދާނެ ފުރުޞަތުވެސް މިދުހަތަށް ލިބުނެވެ. އިމާރާތުގެ ބައިތައް ވެއްޓެމުން ދިޔައިރު އެ ދެބަފައިން ތިބީ އެތަނުގައެވެ.

އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި އިން އިރު، ރެސްކިއު ޓީމުގެ ސަމާލުކަން ހޯދުމަށް މިދުހަތު ދިޔައީ އޭނާއަށް ވީ އެންމެ ބާރަކަށް، އޭނާގެ ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ދޭތެރެއަކުން ޒަހްރާވެސް ރޮއެވެ. އަދި ނިދަންވެސް ނިދައެވެ.

މިދުހަތުމެން ތިބި ހިސާބަށް ރެސްކިއު ޓީމަށް ދެވުމުން އޭނާ އެންމެ ފުރަތަމަވެސް އެދުނީ ޒަހްރާ ސަލާމަތްކޮށްދިނުމަށެވެ. އަމިއްލަ މީހާ މަރުވާން ދޫކޮށް، ޒަހްރާ ސަލާމަތް ކުރުން މުހިންމު ކަމަށް ބުންޏެވެ. މިދުހަތުގެ އެދުމާ އެއްގޮތަށް، ރެސްކިއު ޓީމުން އެންމެ ފުރަތަމަ ނެގީވެސް ޒަހްރާއެވެ.

މިދުހަތު ހީކޮށްގެން ހުރީ، އޭނާ ނެގެންދެން ޒަހްރާ ބޭރުގައި ބާއްވާނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް މީހަކު އޭރު ވަނީ، ތުރުކީވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ޒަހްރާ ހަވާލުކޮށްފައެވެ. އެމަރޖެންސީ ވޯކަރުން ޒަހްރާ އެންމެ ފުރަތަމަ ގެންދިޔައީ މަރސިންގެ ހޮސްޕިޓަލަކަށެވެ. އެއަށްފަހު އަންކާރާގެ ހޮސްޕިޓަލަކަށް ބަދަލު ކުރިއެވެ.

މިދުހަތު މިއަދު އޭނާގެ ކާފަދަރިފުޅު ގާތު ބުނަމުންދާހާވެސް ވާހަކައަކީ، ދުވަހަކުވެސް އެ ދަރިފުޅު ދޫކޮށްނުލާނެ ކަމުގެ ވާހަކައެވެ. މިދުހަތު ދުނިޔޭގައި ހުރިހާ ދުވަހަކު، އޭނާ ހުންނާނީ އެގޮތުގައި ކަމާ މެދު ޝައްކު ކުރާނެ މީހަކުވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

03 ސެޕްޓެމްބަރު 2017
ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

28 އޯގަސްޓު 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު