Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

ކަންގަނާގެ އެންމެ ފަހު ފިލްމު "ސިމްރަން" ނިކުންނާނީ ސެޕްޓެމްބަރު 15 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 އޯގަސްޓު 2017 | ހޮނިހިރު 09:34
ކަންގަނާ

ކަންގަނާ

އޭނާގެ އަމިއްލަ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނާއަތު ބުނެފިއެވެ.

ކަންގަނާ ބުނީ އޭނާގެ ހަޔާތުގައި ކޮންމެ އެއްޗެއް ވެސް ލިބުމަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވި ކަމަށާއި އެކަމަކު އޭނާއަށް އެކަންތައް ކާމިޔާބުވެފައި ވާކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ނިކުންނަ "ސިމްރަން" ގެ ތަރި ކަންގަނާ ބުނީ އޭނާއާ ދޭތެރޭ މީހުން ކޮންމެ ގޮތަކަށް ދެކުނުކަމުގައި ވިޔަސް އޭނާއަށް މުހިއްމީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އޭނާއަށް ލިބެންޖެހޭ ރަނގަޅު ކަންތައްތައް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށް ކަންގަނާ ބުންޏެވެ.

"ސިމްރަން" ގެ ޑައިރެކްޓަރ ހަންސަލް މެހްތާ ބުނެފައި ވަނީ މި ފިލްމަކީ އަސްލު ޖިނާއީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. މިއީ ނަރުހެއް އޭނާ ޖުވާކުޅުމަށް ދައްކަންޖެހޭ ލާރި ދެކުމަށްޓަކައި ބެންކެއް ފަޅާލާ ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް އޭނާ ބުނެފައި ވެއެވެ. މިކަން ފަޅާއަރައި އޭނާ 66 މަހަށް އެމެރިކާގެ ޖަލަށް ލުމަށް ހުކުމް ކުރެއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ އަޕުރުވާ އެމް.އަރްސާނީ އެވެ. ޕްރޮޑިއުސްކޮށްފައި ވަނީ ބުޝަން ކުމާރާއި، ޝައިލެޝް އާރު ސިންހް، ކްރިޝަން ކުމާރު އަދި އަމީތު އެވެ.

"ސިމްރަން" ސެޕްޓެމްބަރު 15 ގައި ނިކުންނައިރު ކަންގަނާ މިހާރު ޝޫޓް ކުރަމުން ދަނީ "މަނީކަރުނީކާ - ދަ ކުއީން އޮފް ޖާންސީ" އެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟

23 ނޮވެމްބަރު 2017
"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
19 އޯގަސްޓު 2017

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ
31 މެއި 2017

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

31 މެއި 2017
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު