Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕްގެ ސްޓިކަރ ފޮތް ތަރުޖަމާކުރުން

މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

13 ނޮވެމްބަރު 2022 | އާދީއްތަ 18:29

އެގޮތަށް އެކަން ކުރުމުން، ލޯފަން ކުދިން އަމިއްލައަށްވެސް އަލްބަމްގައި އަތް ހިންގައިގެން، އެ ސްޓިކަރއެއް ހިއްޕަން ވީ ގޮޅިއެއް ފާހަގަ ކުރެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ނޮވެމްބަރު 2022 | އާދީއްތަ 18:29
އޭނާގެ އިންސްޓަގްރާމް އެކައުންޓުން ވަނީ ހުރިހާ އެންމެންނަށްވެސް އެ ފޯރީގައި ބައިވެރިވެވޭނެ ގޮތަށް ވޯލްޑްކަޕް ފޮތާއި ސްޓިކަރ ތައްޔާރު ކުރާނެ ގޮތް، ހިއްސާކޮށްފައި

އޭނާގެ އިންސްޓަގްރާމް އެކައުންޓުން ވަނީ ހުރިހާ އެންމެންނަށްވެސް އެ ފޯރީގައި ބައިވެރިވެވޭނެ ގޮތަށް ވޯލްޑްކަޕް ފޮތާއި ސްޓިކަރ ތައްޔާރު ކުރާނެ ގޮތް، ހިއްސާކޮށްފައި

ކޮންމެ 4 އަހަރަކުން 1 އަހަރު، ދުނިޔޭގެ ތައްޓަށް ކުޅޭ ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއެކު ވައިގައި ހިފާ އެއް ކަމަކީ ސްޓިކަރގެ ފޯރިއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުން ލިބިފައި ވާ އަދުގެ މި ޒަމާނުގައިވެސް ވޯލްޑްކަޕާއި ގުޅިގެން އުފެދޭ ސްޓިކަރގެ ފޯރިއާ ޖޯޝަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އިހުނަށް ވުރެ ވަކިން، އެ ފޯރި ގަދަ ވަނީ، އެއް ގޮތަށް ވުރެ ގިނަ ގޮތުން، މުޖުތަމަޢުގެ އެކި ގިންތިތަކަށްވެސް އެކަން ހާއްސަ ކުރެވޭނެ އިންތިޒާމްތައް މިއަދު ހަމަޖެހެމުންދާތީ ކަމުގައިވެސް ވެދާނެއެވެ. މިއީވެސް އެފަދަ ޢުއްމީދީ ވާހަކައެކެވެ. މި ފަހަރު، ވޯލްޑްކަޕް ސްޓިކަރ ފޮތް މި ހާއްސަ ވަނީ، ލޮލުގެ ފެނުމުން މަޙްރޫމުވެފައިވާ ފޭނުންނަށެވެ.

ކުރިއަށް އޮތް 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗް ކީއްކުރަން، ކިކްއޯފް މެޗާ ހިސާބަށްވެސް ނުދެވި އުޅެނިކޮށް، ގިނަ ބައެއްގެ ހިތްތަކުން ޗެމްޕިއަންގެ ލަޤަބު ދިން އެކަކީ ވެނެޒުއޭލާއަށް ނިސްބަތްވާ، ޢުމުރުން އެންމެ 12 އަހަރުގެ ސަބޭޝީއަން ފިލޮރާމޯއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަބޭޝިއަން ވަނީ 2022 ޤަތަރު ވޯލްޑްކަޕްގެ ސްޓިކަރ ފޮތް، އޭނާ ފަދަ ލޯފާން ކުދިންނަށް ފަޙުމް ވާނެހެން، ބްރަޔަލްއަށް ތަރުޖަމާ ކޮށްފައެވެ. އެކަމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ސަބޭޝިއަންގެ ބައްޕައެވެ. އޭނާ އެކަން ކުރީ، ވޯލްޑްކަޕްގެ ސްޓިކަރ ފޯރި ގަދަވެގެން އަންނައިރު، އޭނާގެ ދަރިފުޅަށްވެސް އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދާ ދިނުމުގެ މަޤްޞަދުގައެވެ.

ލޯފާން ކުދިންނަށްވެސް ފަސޭހައިން ކިޔާލެވޭ ގޮތަށް، ވޯލްޑްކަޕް ސްޓިކަރ ފޮތް ތައްޔާރު ކުރުމަށްޓަކާ، ކުޅުންތެރިންގެ ނަންތަކާއި ނަމްބަރު އަދި ޤައުމުތައް، ބްރަޔަލް ޓައިޕްރައިޓަރު ބޭނުންކޮށްގެން، ތަތްލަވާ ކަރުދާހުގައި، ސަބޭޝަން ޓައިޕްކުރިއެވެ. އެއަށްފަހު އެ ކަރުދާސްތައް، އަލްބަމްގައި ހިއްޕީއެވެ. އަލްބަމްގައިވާ ގޮޅިތައް ވަކި ކުރުމުގެ ގޮތުން، ސިލިކޯން ފްރޯމް ހިއްޕާ ދިނީ ސަބޭޝަންގެ ބައްޕައެވެ. އެގޮތަށް އެކަން ކުރުމުން، ލޮފާން ކުދިން އަމިއްލައަށްވެސް އަލްބަމްގައި އަތް ހިންގައިގެން، އެ ސްޓިކަރއެއް ހިއްޕަން ވީ ގޮޅިއެއް ފާހަގަ ކުރެވެއެވެ.

ސަބޭޝަންގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާ ވަނީ، ހުރިހާ އެންމެންނަށްވެސް އެ ފޯރީގައި ބައިވެރިވޭނެ ގޮތަށް ވޯލްޑްކަޕް ފޮތާއި ސްޓިކަރ ތައްޔާރު ކުރާނެ ގޮތް، އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ވަރަށް ތަފާސީލުކޮށް ކިޔާ ދީފައެވެ.

ރެޓިނޮޕަތީ އޮފް ޕްރީމެޗޫރިޓީއާއެކު ސަބޭޝަން އުފަންވީ އޭނާގެ މަންމަގެ ބަނޑަށް އެންމެ ހަތް މަހުގައެވެ. އެ ބަލީގެ ސަބަބުން، ސަބޭޝަންގެ ލޮލުގެ ފެނުން މުޅިން ގެއްލިދިޔައެވެ. ފެނުމުން މަހްރޫމް ވެފައިވީ ނަމަވެސް މިއަދު އޭނާއަކީ ހަޔާތް ފުރިހަމަ ގޮތުގައި ވޭތުކުރަން ނިންމައިގެން ހުރި އުންމީދީ ކުއްޖެކެވެ.

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ރަޝިއާއިން ފިއްސާލި ކުޑަކުޑަ ރޮމާން ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫން!

10 ޑިސެމްބަރު 2023
ރަޝިއާއިން ފިއްސާލި ކުޑަކުޑަ ރޮމާން ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫން!
19 ސެޕްޓެމްބަރު 2023

ލޯފަން މީހުންނަށްވެސް ބަލާލެވޭ ފަދަ ކުރެހުމެއް!

19 ސެޕްޓެމްބަރު 2023
ލޯފަން މީހުންނަށްވެސް ބަލާލެވޭ ފަދަ ކުރެހުމެއް!
05 ޖެނުއަރީ 2023

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

05 ޖެނުއަރީ 2023
މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
16 ޑިސެމްބަރު 2022

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

16 ޑިސެމްބަރު 2022
މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!
07 ސެޕްޓެމްބަރު 2022

އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް އުފެއްދުމުގެ ފަހަތުގައި ލޯފަން ފައުޖެއް

07 ސެޕްޓެމްބަރު 2022
އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް އުފެއްދުމުގެ ފަހަތުގައި ލޯފަން ފައުޖެއް
22 މެއި 2020

ކުޑަކުޑަ ބާރު: މާނަ ފުން މެސެޖަކާއެކު ސަމާލުކަމަށް

22 މެއި 2020
ކުޑަކުޑަ ބާރު: މާނަ ފުން މެސެޖަކާއެކު ސަމާލުކަމަށް
11 ޖޫން 2019

ނިކް ޖޮނަސްއަކީ ހިންދީ ލަވަތަކުގެ ފޭންއެއް!

11 ޖޫން 2019
ނިކް ޖޮނަސްއަކީ ހިންދީ ލަވަތަކުގެ ފޭންއެއް!
31 ޑިސެމްބަރު 2017

އަތްފައި ނެތް މީހުންނާއި ލޯފަން މީހުން މައުންޓް އެވަރެސްޓަށް އެރުން ނޭޕާލުން މަނާ ކޮށްފި

31 ޑިސެމްބަރު 2017
އަތްފައި ނެތް މީހުންނާއި ލޯފަން މީހުން މައުންޓް އެވަރެސްޓަށް އެރުން ނޭޕާލުން މަނާ ކޮށްފި
26 ނޮވެމްބަރު 2017

ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯ ނެގުމުން ޖޫރިމަނާޖޮށްފި

26 ނޮވެމްބަރު 2017
ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯ ނެގުމުން  ޖޫރިމަނާޖޮށްފި
16 ޖެނުއަރީ 2017

އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި

16 ޖެނުއަރީ 2017
އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް